މާލީ ހާލަތު ގޯސްވެގެން ގައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވި ސިޓީތައް ސިއްރުކޮށްފި

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

މި އަހަރު މެދުތެރޭ ރާއްޖޭގެ މާލީ ހާލަތު އެންމެ ގޯސްވި ދަނޑިވަޅުގައި، އޭރުގެ ފޮރިން މިނިސްޓަރު އަތަށް ދެއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީތައް ސަރުކާރުން ސިއްރުކޮށްފި އެވެ.

ދިވެހި ހާރިޖިއްޔާއިން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭރު ހާރިޖީ ވަޒީރުގެ ގޮތުގައި ހުންނެވި މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަތަށް ދެއްވާ ރައީސް މުއިއްޒު ވަނީ ހަތަރު ގައުމެއްގެ ވެރިންނަށް ޖުމްލަ ފަސް ސިޓީއެއް ފޮނުވާފަ އެވެ.

މި ސިޓީތައް ފޮނުވި ދެތިން މަސް ވެގެންދިޔައީ މި ފަހުގެ ތާރީހެއްގައި މާލީ ގޮތުން ރާއްޖެއަށް ދިމާވި އެންމެ ދަތި އެއް ދުވަސްވަރަށެވެ. އެގޮތުން އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވު ރެކޯޑު އަދަދުތަކުން ދަށަށް ދިޔުމާއި ޑޮލަރުގެ ބޮޑެތި ތާށިތަކެއް ކުރިމަތިވުމާއި ކްރެޑިޓް ރޭޓިން އެޖެންސީ ރާއްޖޭގެ ރޭޓިން ދަށް ކުރީ ވެސް މި ދެތިން މަހުގެ ތެރޭގަ އެވެ.

Advertisement

ރައީސް ސިޓީ ފޮނުއްވި ވެރިން

  • ޗައިނާގެ ރައީސް ޝީ ޖިންޕިން (ޖުލައި 22، 2024)
  • ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް-ހަލީފާ (12 އޮގަސްޓު، 2024)
  • ސައުދީ ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު (އޮގަސްޓު 19، 2024)
  • ޔޫއޭއީގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔަން (ސެޕްޓެމްބަރު 4، 2024)

އޭގެތެރެއިން، ޗައިނާގެ ރައީސަށް ވަނީ ދެ ސިޓީއެއް ފޮނުއްވާފަ އެވެ. ޒަމީރު ކުރެއްވި ރަސްމީ ދަތުރުތަކުގެ ތެރެއިން ސިޓީތައް ހަވާލުކުރެއްވީ އެ ގައުމުތަކުގެ ހާރިޖީ ވަޒީރުން ނުވަތަ ސަރުކާރުގެ އިސް އެހެން އޮފިޝަލުންނާ އެވެ.

މި ސިޓީތަކުގައިވާ މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ރައީސް އޮފީހުގައި އެދުނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ.

ވަކިވަކިން ހުށަހެޅި ހަތަރު އާރުޓީއައި އަށްވެސް ރައީސް އޮފީހުން ދިން ޖަވާބަކީ، ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކާ އެކު ބަދަލުކުރާ ސިޓީތަކަކީ ގާނޫނުގެ ދަށުން ސިއްރެއް ކަމަށެވެ.

މި މައުލޫމާތު ސިއްރުކޮށް ރައީސް އޮފީހުން ރިއާޔަތް ކުރީ އާރުޓީއައި ގާނޫނުގެ 31 ވަނަ މާއްދާއަށެވެ. އެއީ ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމާއި ހިންގުމަށް ހުރަސްއެޅިފާނެ ފަދަ މައުލޫމާތު ސިއްރުކުރުމަށް އިސްތިސްނާ ހާލަތު ދޭ މާއްދާ އެވެ. ނަމަވެސް ގާނޫނުގައި ބުނާ އާންމު މަސްލަހަތު އިސްކުރުމުގެ މާއްދާއަށް ރިއާޔަތްކޮށް މި ނޫހުން މިހާރު ވާނީ ރައީސް އޮފީހުގެ ނިންމުން މުރާޖައާ ކުރުމަށް އެދިފަ އެވެ.

މި ސަރުކާރުން ހާމަކުރި ސިޓީ

ރާއްޖެއިން އެހެން ގައުމުތަކަށް ފޮނުވާ ސިޓީތަކަކީ ސިއްރެއް ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް މި ސަރުކާރުގެ ކުރީކޮޅު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭރު ގައުމެއްގެ ވެރިޔަކަށް ފޮނުއްވި ސިޓީއެއް ވަނީ ހާމަކޮށްފަ އެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ސޯލިހު ފޮނުއްވި ސިޓީގެ ކޮޕީއެއް ޑިސެމްބަރު 19، 2023 ގައި ހާމަކުރީ ރައީސް އޮފީހުން ނެރުނު ބަޔާނަކާއެކު އެވެ.

ރައީސް މުއިއްޒު ސަރުކާރުން މި ސިޓީ ހާމަކުރީ، އިދިކޮޅުގައި ތިއްބަވައިގެން މިއީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް މޮރިޝަސް އަށް 'ދިނުމަށާއި' އެކަމާ ގުޅިގެން ދެކުނުގެ ކަނޑުން ބައެއް 'ގެއްލުވާލަން' ނުވަތަ 'ވިއްކާލަން' އެއްބަސްވި ސިޓީ ކަމަށް ތަކުރާރުކޮށް ބުނުމަށްފަހު އެވެ.

ނަމަވެސް އާންމުކުރި ސިޓީގައި އެފަދަ ވާހަކައެއް ނެތެވެ. އެ ސިޓީގައި ވާގޮތުން ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން އެންމެ ކުރީއްސުރެ ގެންގުޅެފައިވާ ސްޓޭންޑު ދަމަހައްޓާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. އެގޮތުން ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox