ޓެކްސް އެޕީލް ޓްރައިބިއުނަލް ވަރަށް ބަރުހެލި، މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މައްސަލަތައް ބަލާ މާލަން: މީރާގެ ޓެކްސް ނިންމުންތަކުގެ އިސްތިއުނާފު ބަލަނީ މި ޓްރައިބިއުނަލުން --- ފޮޓޯ: ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މައްސަލަތައް ބަލާ މާލަން: މީރާގެ ޓެކްސް ނިންމުންތަކުގެ އިސްތިއުނާފު ބަލަނީ މި ޓްރައިބިއުނަލުން --- ފޮޓޯ: ޓެކްސް އެޕީލް ޓްރައިބިއުނަލް

މީރާގެ ނިންމުންތައް އިސްތިއުނާފު ކުރާ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ވަރަށް ލަސް ކަމާއި، ހުށަހެޅޭ މައްސަލަތައް ނުނިމި ފުނިޖެހެމުންދާ ކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2025 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުން ދައްކާ ގޮތުގައި، ކުރީ އަހަރުތަކުން ފެށިގެން މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އަހަރު ނިމުނުއިރު ބޮޑު ބެކްލޮގެއް ވަނީ އުފެދިފަ އެވެ.

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެކެވެ. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި ކުރީގެ މައްސަލަތަކާއެކު އެ އަހަރު ބަލަން ޖެހުނު 73 މައްސަލައިގެ ތެރެއިން ނިންމުނީ އެންމެ 21.9 ޕަސެންޓު މައްސަލަ އެވެ. މިހެންކަމުން މުޅި އަހަރަށް ބަލާއިރު ޓްރައިބިއުނަލަށް ނިންމިފައި ވަނީ މަހަކު ގާތްގަނޑަކަށް މައްސަލައެކެވެ.

ޓެކްސް މައްސަލަތައް އިސްތިއުނާފު ކުރަން ބަހައްޓަން ޖެހޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރަނީ

މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދު އިސްތިއުނާފު ކުރުމަށްޓަކައި ބަހައްޓަންޖެހޭ ޑިޕޮސިޓް 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މި ބިލުގައިވާ ގޮތުން ޓެކްސްއަށް މަކަރު ހެދުން ފަދަ ހާއްސަ ހާލަތްތަކުގައި، މައްސަލަ އިސްތިއުނާފު ކުރެވޭނީ ޓެކުހުގެ 100 ޕަސެންޓު ދެއްކުމަށް ފަހުގަ.

މި ޓްރައިބިއުނަލުގައި ފަސް މެންބަރުން ތިބޭއިރު، މިދިޔަ އަހަރު ނިމުނުއިރު އެ މުއައްސަސާގެ އިދާރީ މަސައްކަތްތަކަށް 23 މުވައްޒަފުން ތިއްބެވެ. އަދި، ޓްރައިބިއުނަލް ހިންގުމަށް 12.4 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. މީގެ ތެރެއިން 6.6 މިލިއަން ރުފިޔާ ހަރަދު ކުރީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، މީރާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ޓެކްސްޕެޔަރުން ހުށަހަޅާ މައްސަލަތައް ނިންމާ ތަނެވެ. މި ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސްވުމުގެ ނޭދެވޭ އަސަރު ވިޔަފާރިތަކަށާއި އަދި ދައުލަތަށް ވެސް ކުރާނެ އެވެ.

އޮޑިޓުން މި ޓްރައިބިއުނަލުގެ ދުވެލި ލަސް ކަމަށް ދައްކާއިރު، ސަރުކާރުން ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ބަދަލުކޮށް، މި ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރުމުގެ ކުރިން ބަހައްޓަން ޖެހޭ ޑިޕޮސިޓު 50 ޕަސެންޓަށް މަތިކުރަން ނިންމާފަ އެވެ. ބައެއް ހާލަތްތަކުގައި މުޅި އަދަދު އެއްކޮށް ވެސް ދައްކަން ޖެހެ އެވެ. 

މިހާރު އެ ގާނޫނު އޮންނަ ގޮތުން މީރާގެ ނިންމުމެއް އިސްތިއުނާފުކުރާއިރު ޑިޕޮސިޓުގެ ގޮތުގައި ބަހައްޓަން ޖެހެނީ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް މީރާއިން ނިންމި އަދަދުގެ 25 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

ދީންތަކަށް ހިމާޔަތް ދޭ ބިލު އަނެއްކާ ވެސް އެޖެންޑާއިން ނަގައިފި

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ފުރަތަމަ ތާވަލު ކުރީ މިއަދަށެވެ. އެކަމަކު ރޭ ދަންވަރު އެ އައިޓަމް އެޖެންޑާއިން ނެގީ އެވެ. މިއަދު މެންދުރު ފަހު ދެ ވަނަ ފަހަރަށް އެ ބިލު އެޖެންޑާ ކުރީ މާދަމާއަށެވެ. އެކަމަކު މާދަމާގެ އެޖެންޑާއިން ވެސް އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އުނިކޮށްފަ އެވެ.

Newsletter

Get the latest news delivered straight to your inbox