ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމެންޓް ހެޑު، ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމެންޓް ހެޑު، މަރިޔަމް ދީނާ (ވ) އަދި، ދީނާގެ ގާނޫނީ ވަކީލު (ކ) --

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމެންޓް ހެޑު، މަރިޔަމް ދީނާ (ވ) އަދި، ދީނާގެ ގާނޫނީ ވަކީލު (ކ) --

ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޑިޕާޓުމެންޓުގެ ވެރިޔަކަށް ކުރިން ހުރި މަރިޔަމް ދީނާ ސާލިހު އެއް އަހަރާއި ހަތް މަސްދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދީނާ ޖަލަށްލާން ހުކުމް ކުރީ 2018 ގައި ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން މަސައްކަތް ފުރިހަމަ ނުކުރަނީސް، މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަންއަށް ދޫކޮށް އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގަ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮކްޓޫބަރު 11، ގަ އެވެ. އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ މިއަދު އެވެ.

މަސައްކަތް ފުރިހަމަ ނުކުރަނީސް ބްލޭޒަން ކުންފުންޏަށް ދީނާ ފައިސާ ދޫކުރުމުގެ ނަތީޖާއެއްގެ ގޮތުން ފެނަކައަށް 848،000ރ. ގެ ގެއްލުމެއް ލިބުނުކަމަށް އެ މައްސަލައާ ގުޅުގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުންޏެވެ.

އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް ދީނާގެ މައްޗަށް އިއްވާފައިވާއިރު، އޭނާގެ މައްޗަށް އިތުރު ދެ މައްސަލައެއްގައި ވެސް ދައުލަތުން ވަނީ ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ ފެނަކައަށް ސީސީޓީވީތަކެއް ހޯދަން މަސައްކަތް ހަވާލުކުރި ކުންފުނިން މުދާ ހަމައަށް ނުލިބެނީސް ފައިސާ ދޫކުރި މައްސަލައެކެވެ. އެ މައްސަަލައިގައި ވެސް އޭނާގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

އަނެއް މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައިން ކުއްޔަށް ހިފި ދޯންޏެއް ދީނާގެ ގާތް މީހަކަށް ކުއްޔަށް ދިން މައްސަލަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިފައި ވަނީ އެ މައްސަލައިގައި ދީނާގެ މައްޗަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން އުޅުމުގެ ދައުވާ އެވެ.

ފެނަކައިގެ ކޮރަޕްޝަން  މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އަހްމަދު ސައީދު ވެސް އަންނަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ބްލޭޒަން އިންކްއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއް ސޮއިކުރި މައްސަލައިގަ އެވެ. 

މި ނޫނަސް އެހެން މައްސަލަތަކެއްގައި ވެސް ސައީދުގެ މައްޗަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވާފައިވާއިރު، އެހެން މައްސަލަތަކުގެ ތަހުގީގު ދަނީ ކުރިއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީންތަކަށް ހިމާޔަތް ދޭ ބިލު އަނެއްކާ ވެސް އެޖެންޑާއިން ނަގައިފި

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ފުރަތަމަ ތާވަލު ކުރީ މިއަދަށެވެ. އެކަމަކު ރޭ ދަންވަރު އެ އައިޓަމް އެޖެންޑާއިން ނެގީ އެވެ. މިއަދު މެންދުރު ފަހު ދެ ވަނަ ފަހަރަށް އެ ބިލު އެޖެންޑާ ކުރީ މާދަމާއަށެވެ. އެކަމަކު މާދަމާގެ އެޖެންޑާއިން ވެސް އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އުނިކޮށްފަ އެވެ.

Newsletter

Get the latest news delivered straight to your inbox