މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ތިލަފުށީ ބަނދަރު ހަދާ ސަރަހައްދު: ޗައިނާއަށް ޕްރޮޖެކްޓު ދިނުމުން އިންޑިއާ އާއި އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ޔޫއެސް އެމްބަސީ

ތިލަފުށީ ބަނދަރު ހަދާ ސަރަހައްދު: ޗައިނާއަށް ޕްރޮޖެކްޓު ދިނުމުން އިންޑިއާ އާއި އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ޔޫއެސް އެމްބަސީ

މާލޭ ވިޔަފާރި ބަނދަރު ތިލަފުށި އިންޑަސްޓްރިއަލް އައިލެންޑަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައި، މުދަލާއެކު ހުރިގޮތަށް ކަނޑުމަގުން ކޮންޓޭނާ ކްލިއާ ކުރުމުގެ މަސައްކަތް ތިލަފުށިން ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޕީއެލްއިން ބުނީ އެ މަސައްކަތްތައް ފަށާފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ތިލަފުށީގައި ހެދި 100 މީޓަރުގެ ކީވޯލް ސަރަހައްދުގައި ކަމަށެވެ. އެއީ، ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ ކާގޯ ޓާމިނަލް ސަރަހައްދުކަމަށް އެ ކުންފުނިން ބުންޏެވެ.

ޑައިރެކްޓު ޑެލިވަރީ ނުވަތަ ޑީއާރްގެ ގޮތުގައި ކަނޑުމަގުން ކޮންޓޭނާ ކްލިއާ ކުރުމުގެ މަސައްކަތް ތިލަފުށީގައި ފެށި ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް މާލެ އާއި ހުޅުމާލެއިން ޑީއާރްގެ ގޮތުގައި ކްލިއާ ކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

މާލެ ބަނދަރަށް ގެންނަ ކޮންޓޭނަރުތަކުގެ ބޮޑު ބަޔަކީ ޑީއާރް ކޮންޓޭނާތައް ކަމަށާއި އެ ކޮންޓޭނަރުތައް މިހާރު ކްލިއާ ކުރަނީ ހުޅުމާލެ ޓާމިނަލުން ކަމަށް އެމްޕީއެލްއިން ބުންޏެވެ. ނަމަވެސް، އެ ހިދުމަތް ތިލަފުށްޓަށް ބަދަލުކުރުމާއެކު ހުޅުމާލެ ޓާމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލުއި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިލަފުށީ ބަނދަރު ހެދުމުގެ ފުރަތަމަ ފޭސް ސަރުކާރުން ހަވާލު ކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލު ކުރީ ފެބްރުއަރީ، 2026، ގަ އެވެ.

ތިލަފުށީ ބަނދަރު ހެދުމުގެ ފުރަތަމަ ފޭސްގެ ދަށުން ޗައިނާ ކުންފުންޏާ ހަވާލު ކުރީ ބަނދަރު ހެދުމުގެ ދިރާސާ އާއި ޑިޒައިންގެ މަސައްކަތެވެ. އޭގެ އިތުރުން ބަނދަރުގެ ކީވޯލް އެޅުން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. 

ބަނދަރުގެ މަސައްކަތް ޗައިނާއާ ހަވާލު ކުރުމުން އެމެރިކާ އާއި އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ ވަކި ގައުމެއް އިސް ކުރުމުގެ ނިޔަތުގައި ނޫންކަން މި ފަހުން ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

ދީންތަކަށް ހިމާޔަތް ދޭ ބިލު އަނެއްކާ ވެސް އެޖެންޑާއިން ނަގައިފި

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ފުރަތަމަ ތާވަލު ކުރީ މިއަދަށެވެ. އެކަމަކު ރޭ ދަންވަރު އެ އައިޓަމް އެޖެންޑާއިން ނެގީ އެވެ. މިއަދު މެންދުރު ފަހު ދެ ވަނަ ފަހަރަށް އެ ބިލު އެޖެންޑާ ކުރީ މާދަމާއަށެވެ. އެކަމަކު މާދަމާގެ އެޖެންޑާއިން ވެސް އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އުނިކޮށްފަ އެވެ.

Newsletter

Get the latest news delivered straight to your inbox