ޝާފިއު އެކްސްގައި ކުރި ޕޯސްޓަކުން ފުލުހަށް ހާޒިރުކުރާތީ ގިނަ ބަޔަކު ފާޑުކިޔަނީ

ހުސެއިން ޝާފިއު (ތުއްތު) އެމްޑީޕީގެ މުޒާހަރާއެއްގައި: ޝާފިއު ކުރި ޓުވީޓަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުން -- ފޮޓޯ: ސޯޝަލް މީޑިއާ

ހުސެއިން ޝާފިއު (ތުއްތު) އެމްޑީޕީގެ މުޒާހަރާއެއްގައި: ޝާފިއު ކުރި ޓުވީޓަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުން -- ފޮޓޯ: ސޯޝަލް މީޑިއާ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރު ކުރަން ޗިޓު ފޮނުވުމާ ގުޅިގެން ގިނަ ބަޔަކު އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ފުލުހުން ފޮނުވި ޗިޓުގައި ބުނީ އެ މުއައްސަސާއިން ބަލަމުންދަނީ ނޮވެމްބަރު 8، ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ "އެކްސް" ގައި ޝާފިއު ކުރި ޕޯސްޓެއްގެ މައްސަލަ ކަމަށެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުންދަނީ މުޖުތަމައުގެ އަމާންކަން ނުގެއްލޭ ގޮތަށް އެކްސްގައި ޕޯސްޓުތައްކޮށް ހިޔާލުފަޅު ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އެ ގޮތުން ކުރާ ޕޯސްޓެއްގެ މައްސަލައިގައި ފުލުހަށް ހާޒިރު ކުރުމަކީ ބިރުދެއްކުންކަން ސިފަކޮށް ބައެއް މީހުން ބުނެފައި ވަނީ ކުރިން ޓުވީޓުކޮށްގެން ފުލުހަށް ހާޒިރުކޮށް ޖަލަށްލީ ދުވަސްތައް އިޔާދަވާން ފަށާފައިވާ ކަމަށެވެ.

މިކަން ކުށްވެރިކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓުގައި ފައްޔާޒު ލިޔުއްވާފައިވަނީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށެވެ.

"ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ބިރުދައްކަން ތަހުގީގަށް ގެންދިޔުމުގެ ސަގާފަތް އަލުން ފެށިއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ އަނގަމަތީ ގައި މަލަންއަޅައި ބަންދެއްނުކުރެވޭނެ ކަމަށެވެ.

"ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.

އޭގެއިތުރުން ފުލުހުން ބަލަމުންދާ ޝާފިއު އެކްސްގައި ކުރި ޕޯސްޓު، ގިނަ ބަޔަކު ދަނީ އަލުން ރިޕޯސްޓުކޮށް ޝާފިއު ލިޔުނު ގޮތަށް ލިޔަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ ހިޔާލުފާޅުކުރުން ނުހުއްޓުވޭނެ ކަމަށް ގޮވާލަމުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝާފިއު ކުރި ޕޯސްޓުގައި މީހަކަށް ނިސްބަތްކޮށް އެމީހަކު މަގުމަތިން ފެނުމުން ގެއްލުމެއް ދީފާނެ ކަމަށް ދޭހަވާ ގޮތަށް ލިޔެފައި އޮތުމުން، އެކަމުގެ ތަފްސީލު ހޯދާ ސާފުކުރުމަކީ އިދާރާތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޝާފިއު ކުރި ޕޯސްޓުގައި "ކައްޒާބު" އޭ ލިޔެފައިވާއިރު، އެ ނަން ނިސްބަތް ކުރަނީ ސީދާ ކާކަށް ކަން އެނގޭކަށް ނެތެވެ.

"ޔަގީނުން ވެސް މި ސަރުކާރުގަ އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ. ހަމައެއާއެކު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި،" އިހުސާން ވިދާޅުވި އެވެ.

ގިނަ ބަޔަކު ޝާފިއު ފުލުހަށް ހާޒިރު ކުރާތީ ނުރުހުން ފާޅުކުރުން:

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox