އައިކޮމްއިން ތާވަލުކުރި ބައްދަލުވުމަކަށް ހާޒިރު ނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ހައުސިންއިން ހާޒިރުނުވީ ކޮން މައްސަލައެއްގައި ކަމެއް ނޭނގޭ -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ހައުސިންއިން ހާޒިރުނުވީ ކޮން މައްސަލައެއްގައި ކަމެއް ނޭނގޭ -- ފޮޓޯ: އަދަދު ފައިލް

މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހައުސިން މިނިސްޓްރީން ޖަވާބު ދީފައި ނުވާ މައްސަލައެއް ބެލުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތާވަލު ކުރި ބައްދަލުވުމަކަށް ކުރިން އެންގުމަކާ ނުލައި ހާޒިރު ނުވުމުން 350ރ. އިން އެ މިނިސްޓަރީ ޖޫރިމަނާކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ، އެ އޮފީހުން ބަލަމުންދިޔަ މައްސަލަ އަކާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ތާވަލުކުރި ބައްދަލުވުކަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ.

"އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވައިލެވިގެން ބޭއްވުމަށް ތާވަލުކުރެވުނު ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ވަނީ -/350 ރުފިޔާއިން ޖޫރިމަނާކުރެވިފައި،" އައިކޮމްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީ އާއެކު ބައްދަލުވުމެއް ތާވަލު ކުރީ ހައުސިން މިނިސްޓަރީން މައުލޫމާތުތަކެއް ހޯދުމަށް އެދި ބަޔަކު ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެ މިނިސްޓަރީން ޖަވާބު ނުދިނުމުން ކަމަށް އައިކޮމް އިން ބުންޏެވެ. އަދި އެ ބައްދަލުވުން ތާވަލު ކުރީ މި މަހުގެ 7، އަށް ކަމަށް ވެސް އައިކޮމް އިން ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ބުނެފައި ވާގޮތުން، ބައްދަލުވުމަކަށް ހާޒިރުވާން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި ނަމަ މަގުބޫލު ސަބަބެއް މެދުވެރިވެގެން ނޫނީ ހާޒިރު ވާން ޖެހޭނެ އެވެ. މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރު ވެވެން ނެތްނަމަ ބައްދަލުވުން ފެށުމުގެ މަދުވެގެން އެއްގަޑިއިރު ކުރިން އެކަން އަންގަންވާނެ ކަމަށް މަހޯލި ގަވާއިދުގައި އޮވެ އެވެ.

ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ އެ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތަށް އަމަލު ނުކުރުމުން ކަމަށް އައިކޮމް އިން ބުންޏެވެ.

އައިކޮމް އޮފީހުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ މި ސަރުކާރަކީ ހާމަކަންބޮޑުކޮށް ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދީގެން ހިންގާ ސަރުކާރެއް ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނިތާ ހަފުތާއެއް ވެސް ނުވަނީހެނެވެ.

މިދިޔަ އަންގާރަ ދުވަހު ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން ހުށަހަޅާ މައުލޫމާތުތައް ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ.

"ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުން ވެސް އަންނަނީ އާރްޓީއައިތަކަށް ޖަވާބުދެމުން. ފާއިތުވި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބެއް ނުދޭ. ދައުލަތުގެ ކުންފުނިތަކުން އާރްޓީއައިއަށް ޖަވާބުދޭން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ކަނޑައެޅުމުން ވެސް ޖަވާބުނުދީ ހިފަހައްޓާފައި އޮތް. އެ ސިޔާސަތު ނިމުމަކަށް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" އެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން އެހެން ބުނި ނަމަވެސް، އާރްޓީއައިތަކަށް އެކަށީގެންވާ އިޖާބައެއް ސަރުކާރުން ނުދޭތީ އެކަމާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox