ހަފްތާ އަކު މިލިއަން ޑޮލަރު ލިބޭ ޑީލަކަށް ޑި ބްރޭނާ ބުނީ ނޫނެކޭ

Aug 1, 2024, 3:29 AM
ހަފްތާ އަކު މިލިއަން ޑޮލަރު ލިބޭ ޑީލަކަށް ޑި ބްރޭނާ ބުނީ ނޫނެކޭ

މެންޗެސްޓާ (އޮގަސްޓް 1) - ސައުދީ ޕްރޯ ލީގުގެ ކުލަބަކުން ހުށަހެޅި ހަފްތާ އަކު، އެއް މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ޑީލަކަށް ނޫނެކޭ ބުނެ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ އެ ޓީމުގައި މަޑުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކުރިން މި ޓްރާންސްފާ މާކެޓުގައި ޑި ބްރޭނާ ސިޓީ ދޫކޮށްލާނެ ކަމަށް ބެލެވުނެވެ. ޑި ބްރޭނާ ހޯދުމަށް ސައުދީގެ ކުލަބްތަކުން ވަނީ ބޮޑެތި ހުށަހެޅުންތަކެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން ގާތް ގަނޑަކަށް އެއް މިލިއަން ޑޮލަރު، ހަފުތާއަކަށް ލިބޭ ވަރުގެ ކޮންޓްރެކްޓްތައް ސައުދީގެ ކުލަބްތަކުން ޑި ބްރޭނާ އަށް ހުށަހެޅި އެވެ.

އެކަމަކު، ރިޕޯޓްތައް ބުނާ ގޮތުން މިހާރު ސިޓީން ހަފްތާ އަކަށް 420،000 ޑޮލަރު ލިބޭ، ޑި ބްރޭނާ އިތުރު ދެ އަހަރަށް ސިޓީގައި މަޑުކުރަން އެ ކުލަބުން ބޭނުންވާތީ އެ ކަމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް ދެކެވުނު ވާހަކައިން ޑި ބްރޭނާ އެ ޑީލަށް ރުހޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޖަރުމަނުގެ ކުލަބް ވުލްފްސްބާގް އިން ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގެވެ.

މީގެ ކުރިން ޑި ބްރޭނާ ވަނީ އޭނާގެ ކެރިޔަރުގެ ފަހު ދުވަސްކޮޅު ސައުދީން ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. އެ ގޮތުން ޑި ބްރޭނާ އޭރު ބުނީ، ކެރިއަރުގެ ފަހު ދުވަސްކޮޅު ފައިސާ ހޯދަން ގިނަ ކުޅުންތެރިން ބޭނުންވާނެ ކަމަށާއި، އެ ފައިސާ ލިބޭނެ މަގު ކުޅުންތެރިން ހޯދާނެ ކަމަށެވެ. އެހެންކަމުން، ސިޓީގެ ޑީލް ނިންމާލުމަށް ފަހު ވިޔަސް، ޑި ބްރޭނާ ސައުދީން ފެނުމުގެ ފުރުސަތު އެބައޮތެވެ.

ބެލްޖިއަމްގެ ކެޕްޓަން، ޑި ބްރޭނާ ހޯދަން ސައުދީ ޕްރޯ ލީގުން އެންމެ މަސައްކަތް ކުރަނީ، އަލް އިއްތިހާދާއި އަލް ހިލާލް އަދި އަލް ނަސްރް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox