ޕާކިސްތާން ޓީމު ވެސް އިންޑިއާ ބޮއިކޮޓްކުރާނެ: ރިޕޯޓް

Jul 17, 2024, 2:19 AM
ޕާކިސްތާންގެ ތަރި ޝާހީން އަފްރީދީ މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ޕާކިސްތާންގެ ތަރި ޝާހީން އަފްރީދީ މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޖުލައި 17) - އަންނަ އަހަރު ޕާކިސްތާންގައި ހޯސްޓްކުރާ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި ކުޅެން އެ ގައުމަށް ދިއުމަށް އިންޑިއާ އިން ދެކޮޅު ހަދައިފިނަމަ، 2026 ވަނަ އަހަރު އިންޑިއާގައި ބާއްވާ ޓީ20 ވޯލްޑް ކަޕްގައި ކުޅެން ޕާކިސްތާނުން ވެސް ދެކޮޅު ހަދައި މުބާރާތް ބޮައިކޮޓްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައިސީސީ ޗެމްޕިއަންސް ޓްރޮފީ ޕާކިސްތާންގައި ފަށާ ގޮތަށް ޝެޑިއުލްކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ގަދަ އަށް ޓީމުގެ ބުރުގެ މެޗުތައް ފަށަން ތާވަލުކޮށްފައި އޮތީ، މާޗް ނުވަ ވަނަ ދުވަހުން ފެށިގެން ލާހޯރްގަ އެވެ.

އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، އެ މުބާރާތަށް އިންޑިއާ އިން ޕާކިސްތާނަށް ދަތުރުނުކޮށް، އިންޑިއާގެ މެޗުތައް، އެހެން ގައުމެއްގައި ކުޅެވޭތޯ އަންނަނީ އައިސީސީއާ ވާހަކަ ދައްކަމުންނެވެ.

ޖިއޯނިއުސްއުރްދޫ އިން ރިޕޯޓްކުރާގޮތުގައި، އިންޑިއާ އިން އަންނަ އަހަރު ޕާކިސްތާނަށް ޗެމްޕިއަންސް ޓްރޮފީ މެޗުތައް ކުޅެން ނުގޮސްފިނަމަ، އިންޑިއާ އާއި ސްރީ ލަންކާގައި، 2025 ވަނަ އަހަރު ހޯސްޓްކުރާ ޓީ20 ވޯލްޑް ކަޕް ޕާކިސްތާނުން ބޮއިކޮޓްކުރާނެ އެވެ.

ޕާކިސްތާން ކްރިކެޓް ބޯޑުން ވަނީ، އަންނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި އިންޑިއާ ކުޅެން ޖެހޭ މެޗުތައް އެ ގައުމުން ބޭރަށް ބަދަލުކުރަން ހުށަހަޅާ ޕްރޮޕޯސަލާ ދެކޮޅަށް އަޑުއުލަން ނިންމައިފަ އެެވެ.

ސިޔާސީ ހަމަނުޖެހުން ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާންގެ ކުޅިވަރުގެ ވާދަވެރިކަން ވެސް އިންތިހާ އަށް ބޮޑެވެ. އިންޑިއާ އިން އެންމެ ފަހުން ޕާކިސްތާންގައި މެޗެއް ކުޅެފައިވަނީ، 2008 ވަަނަ އަހަރުގެ އޭޝިއާ ކަޕްގަ އެވެ. މިދިޔަ 16 އަހަރު ތެރޭގައި، ޕާކިސްތާނުން ވަނީ އިންޑިއާގައި ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެއީ، 2012، 2013 ގައި ކުޅުނު ބައިލެޓްރަލް ސީރީސްގެ އިތުރުން، 2016 ވަނަ އަހަރު އިންޑިއާ އިން ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕާއި، މިދިޔަ އަހަރު އިންޑިއާ އިން ބޭއްވި ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕަށެވެ.

މިދިޔަ އަހަރު ޕާކިސްތާނުން އޭޝިއާ ކަޕް ހޯސްޓްކުރިއިރު، އިންޑިއާގެ މެޗުތައް ކުޅެފައިވަނީ ސްރީ ލަންކާގަ އެވެ. އެކަމަކު، ޕާކިސްތާނުން ވަނީ އަންނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ މެޗުތައް އިންޑިއާ ބޭނުންވާ ގޮތަކަށް ބަދަލުކުރިޔަ ނުދޭން އަމާޒުހިފައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox