ފީފާ އިން ބުނާގޮތަށް އެފްއޭއެމްގެ ކަންކަން ކުރަން ޖައުޝަން އަށް

Jul 3, 2024, 1:04 PM
ފީފާ އިން ބުނާގޮތަށް އެފްއޭއެމްގެ ކަންކަން ކުރަން ޖައުޝަން އަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެންމެ ފަހުން އޮތް އިންތިހާބީ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމާ އެކު، ފީފާ އިން އަންގާ އެންގުމާ އެއްގޮތަށް، އެފްއޭއެމް ހިންގަން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ހަވާލުކޮށްފި އެވެ.

ބައްސާމް، ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވީ، 2020 ވަނަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ، ފީފާ އާއި އޭއެފްސީން އޮބްޒާވްކުރި އިންތިހާބީ ކޮންގްރެސްއެކެވެ. އެ މުއްދަތު ވަނީ އިއްޔެގެ ނިޔަލަށް ހަމަވެފަ އެވެ. އެފްއޭއެމް އިން އާ ހިންގާ ބޯޑެއް އިންތިހާބުކުރަން، އިންތިހާބެއް ބާއްވަން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މަަސައްކަތްކުރަމުން އައި ނަމަވެސް ބޭއްވިފައިނުވަނީ އޭއެފްސީ/ފީފާގެ އެންގުންތަކާ ހެދި އެވެ.

އިންތިހާބެއް ނުބޭއްވި، އެންމެ ފަހުގެ ހިންގާ ބޯޑުގެ ދައުރު ހަމަވުމުން، މިހާރު އެފްއޭއެމްގެ ކަންކަން ކުރުމުގެ ޒިންމާ އޮތީ ޖައުޝަންއާ ހަވާލުކޮށްފަ އެވެ.

"ފީފާގެ އެންގުންތަކާ އެއްގޮތަށް ކަންކަން ކުރެވެން އޮތީ. އެ ބުނާ ގޮތަކަށް، ދެން މި ބަލަނީ ކުރިއަށް ދާނެ ގޮތުގެ ސީދާ ޖަވާބެއް ހަފްތާއެއް ނޫނީ ދެ ހަފްތާއެއް ތެރޭގައި ލިބޭނެ ކަމަށް،" ޖައުޝަން ވިދާޅުވި އެވެ.

ފީފާގެ އެންގުމެއް ނެތި، އެފްއޭއެމް އަށް މުބާރާތެއް ކުރިއަށް ގެންދިއުމުގެ ހުއްދަ ވެސް ނެތެވެ.

އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ)ގެ ލީގަލް ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ޖައުޝަން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ގިނަ އެސޯސިއޭޝަންތަކެއްގެ ގާނޫނީ މަސައްކަތަކެއް ކުރައްވާފައިވާ ޖައުޝަން، އެފްއޭއެމްގެ ކަންކަމާ ހަވާލުވާން ޖެހުނީ އެ އިދާރާ އުނދަގޫ ހާލަތެއްގައި އޮއްވަ އެވެ. އިދާރީ ގޮތުން ގިނަ ގޮންޖެހުންތަކެއް ދިމާވެ، މުބާރާތްތައް ހިންގުމަށް ވެސް އެފްއޭއެމް އަށް އަންނަނީ ހުރަސްތައް ކުރިމަތިވަމުންނެވެ. އެ ގޮތުން މުވައްޒަފުންގެ މުސާރަ ނުދެވުމާއި، ކުލަބުތަކަށް ދޭންޖެހޭ ފައިސާ ނުދެވުމާއި، ގިނަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ގިނަ ދަަރަނިތަކެއް ދައްކަން ވަނީ ޖެހިފަ އެވެ.

ގިނަ ކޯޓު ހުކުމްތަކެއް ވެސް އެފްއޭއެމްގެ މައްޗަށް އައިސްފައިވާއިރު، ޕީޖީ އޮފީހާއި ފުލުހުން ކުރަމުން އަންނަ އެފްއޭއެމާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގުގެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. އަދި ފީފާ އިން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު، ބައްސާމް، ނުވަ މަހަށް ސަސްޕެންޑްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox