އޭއެފްސީން ލިބުނު ބޮޑު ފުރުސަތު، ރިޔާޒްގެ ކެރިއަރު އާ ހަރުފަތަކަށް

އޭއެފްސީން ލިބުނު ބޮޑު ފުރުސަތު، ރިޔާޒްގެ ކެރިއަރު އާ ހަރުފަތަކަށް

އުމުރުން ޅަ ދުވަސްވަރު ގަލޮޅު ދަނޑުގެ ބޯލްބޯއީ އަކަށް އުޅުނުއިރު ފުޓްބޯޅައިގައި އިސްމާއިލް ރިޔާޒް (ރިޔާ)ގެ ހުވެފަނަކީ މޮޅު ކުޅުންތެރިއަކަށް ވުމެވެ. އެ ހުވަފެނުގައި، އެންމެ ބޭނުންވި ގޮތަށް ކުލަ ނުޖެހުނު ކަމުގައި ވިޔަސް، ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތަށް ދިއުމަށްޓަކައި، އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ރިޔާޒް ދިޔައީ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފަމުންނެވެ. އޭގެ ނަތީޖާ އަކަށްވީ، މި އަހަރުގެ ޖެނުއަރީ މަހު، ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮމްޕެޓިޝަން ކޯޑިނޭޓަރަކަށް ވުމުގެ ފުރުސަތު އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ފަރާތުން ރިޔާޒަށް ލިބިގެންދިއުމެވެ.

ފުޓްބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އާއި އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ވެސް ކުޅުމުގެ ކެރިއަރުގެ ދުވަސްތައް ހޭދަކޮށްފައިވާ ރިޔާޒް، ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ތެެރެއަށް ނުކުތީ 2012 ގަ އެވެ. އެއީ، ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ، ގައުމަށް ބޭނުންތެރި ހިދުމަތެއް ކޮށްދޭން އަބަދުވެސް ބޭނުންވާތީ އެވެ.

ކުޅުމުގެ ތެރެއިން ކާމިޔާބު ފުޓްބޯޅަ ކެރިއަރެއްގެ އުންމީދުގައި ހުރި ރިޔާޒްގެ ހުރިހާ ކަމެއް ފަހުން ބަދަލުވީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގެ ތެރެއަށް.--- އަދަދު ސްޕޯޓްސް ގްރެފިކްސް: އިސްމާއިލް އިމްދާދު

އެ ގޮތުން، އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގައި މަސައްކަތް ފަށައިގެން، ރިޔާޒް އައީ، 2015 އިން ފެށިގެން ރާއްޖޭގެ މުބާރާތްތަކުގެ މެޗު ކޮމިޝަނަރުކަން ކުރަމުންނެވެ. ޅަ އުމުރުގައި ޒިންމާ ބޮޑު އެތައް ކަމެއް ބޮލުގައި އަޅައިގެންނެވެ. އެ މަސައްކަތުގައި ކުރިއެރުން ހޯދައި، 2018 އިން ފެށިގެން ފުރަރަމަ ޑިވިޝަނުގެ މެޗުތަކުގައި ވެސް ރިޔާޒް މެޗު ކޮމިޝަނަރުކަން ކުރަން ފެށި އެވެ. ރިޔާޒަށް ލިބެމުން އައި އެންމެ ބޮޑު ހިތްވަރަކީ އެކުގައި މަސައްކަތްކުރަމުން އައި އެފްއޭއެމް ސްޓާފުންގެ އެއްބާރުލުމެވެ.

އޭއެފްސީ ޓްރެވަލް ވިކި ޕޭޖް އިނީޝިއޭޓިވް އިން ހުޅުވާލި ފުރުސަތެއްގައި ބައިވެރިވެ، ރިޔާޒް ބޭނުންވީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ތެރެއިން އިތުރު ފުރުސަތު ހޯދުމަށެވެ.

އެ ގޮތުން، އޭއެފްސީގެ މި އިނިޝިއޭޓިވްގެ ތެރެއިން ފަހިވި ފުރުސަތުގައި، އޭއެފްސީން ވަނީ ރިޔާޒަށް މި އަހަރުގެ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ކޮމްޕެޓިޝަން ކޯޑިނޭޓަރެއްގެ ޒިންމާ އުފުލައި މަސައްކަތް ކުރަން ފުރުސަތު ދީފަ އެވެ. ރިޔާޒުގެ އަތުގައި ނަސީބު ހިފީ އެތައް އަހަރެން ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހެދުމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 6-24 އަށް ކުރިއަށްދިޔަ، އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރިޔާޒް ވަނީ ޖުމްލަ 10 މެޗުގައި މަސައްކަތްކޮށްފަ އެވެ. މީގެ އިން ކޮންމެ މެޗަކީ ވެސް ބޮޑު ފިލާވަޅުތަކެއް ލިބުނު ވަގުތުތަކެކެވެ. ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން ދާއިރާއިން ކުރިއަށްދިއުމުގެ އަމާޒުގައި ހުރި ރިޔާޒަށް ބޮޑު ތަޖުރިބާ އެކެވެ.

"ހަގީގަތުގައި ވަރަށް ބޮޑު ފުރުސަތެއް މި ލިބުނީ. ވަރަށް އުންމީދުކޮށްގެން ހުރި ކަމެއް މިވީ، ވަރަށް ވަރުގަދަ މެޗުތަކުގައި މަސައްކަތްކޮށްލަން ލިބުނު، ހާއްސަކޮށް ފާހަގަކުރަން ޖަޕާނާއި ވިއެޓްނާމް ޕެނަލްޓީ އަށް ދިޔަ މެޗު، އެއީ ވަރަށް ރަނގަޅު މެޗެއް އެއީ މަސައްކަތް ކޮށްލެވުނު،" އޭޝިއާގެ އަރަމުން އަންނަ ޖީލުގެ މުބާރާތުގެ މެޗުތަކުގައި މަސައްކަތް ކުރަން ލިބުނު ތަޖުރިބާ، "އަދަދު ސްޕޯޓްސް" އަށް ހިއްސާކުރަމުން ރިޔާޒް ބުންޏެވެ.

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި އެކި ގައުމުތަކުން އައިސް މަސައްކަތްކުރި ފަރާތްތަކާ އެކު ރިޔާޒް (ވ.3) ފޮޓޯ އަކަށް ހުއްޓިލައިގެން.

ރިޔާޒް ބުނީ، އޭޝިއާގެ ވަރުގަދަ އެކި ގައުމުތަކުގެ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގައި އުޅޭ ފަރާތްތަކާ އެކު، ސައުދީ އަރަބިއްޔާގައި އެ މަސައްކަތް ކުރަން ޖެހުނު މުއްދަތުގައި، އެ ޕްރޮޖެކްޓްގެ ތެރޭގައި ގިނަ ބަޔެއްގެ އެހީތެރިކަން ލިބިގެންދިޔަ ކަމަށެވެ. އެކި ގައުމުތަކުގައި، ތަފާތު މާހައުލުތަކުގައި، އެ ފަރާތްތަކުން ކޮށްފައިވާ ތަޖުރިބާތައް ހިއްސާކުރި ކަމަށެވެ.

"އެންމެން ވެސް ވަރަށް އެހީވި ހަގީގަތުގައި. ކިޔައިދޭ ވަރަށް އެއްޗެހި، މި ކަހަލަ ފުރުސަތެއްގެ މުހިންމުކަން އަދި މީގެ ބޭނުންހިފޭނެކަން މި މުބާރާތުގެ ތެރޭގައި އެނގިގެންދިޔަ،" ރިޔާޒް ބުންޏެވެ.

މެޗު ކޮމިޝަނަރަކަށް ވުމަށްޓަކައި ނޫނީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން މަސައްކަތުގައި ރިޔާޒް އައިޑޮލައިޒްކުރާ ނޫނީ އެ ބަޔެއްގެ މަސައްކަތުން އިބުރަތް ހޯދާ ދެ ފަރާތެއް ވެ އެވެ. އެއީ، އޭއެފްސީ/ފީފާގެ ވަރުގަދަ މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ކޮށްފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ދެ ސަހުސިއްޔަތުން ކަމަށްވާ އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ) އާއި އަހުމަދު ޝާހިރު އެވެ.

މި އަހަރު ތައިލެންޑުގައި ކުރިއަށްދިޔަ، ދެކުނު އޭޝިއާގެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މެޗު ކޮމިޝަނަރެއްގެ ގޮތުގައި އަދި ކޯޑިނޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި ޝާހިރު، އެ މުބާރާތުގެ ތެރެއިން، "އަދަދު ސްޕޯޓްސް" އަށް ބުނީ، ރިޔާޒަށް އެ ލިބުނު ފުރުސަތަކީ ހަގީގަތުގައި ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގައި އުޅޭ ޒުވާނުން މަސައްކަތްކޮށްފިނަމަ ކުރިއަށްދިއުމަށް ފުރުސަތު ލިބޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

ޝާހިރުގެ އުންމީދަކީ ރިޔާޒަށް އިތުރު ފުރުސަތުތައް ލިބި ކުރިއަށްދާން މަގުކޮށިގެން ދިއުން ކަމަށް ވެސް ފާހަގަކުރި އެވެ.

ރިޔާޒް ބުނީ، ޝާހިރު އާއި އައްޑޯގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށެވެ.

"އަބަދުވެސް އެ ދެ މީހުން (އައްޑޯ އާއި ޝާހިރު)ގެ އެހީތެރިކަން ލިބޭ، ބުނެދޭ ވަރަށް އެއްޗެހި، ވަރަށް ބޭނުންހިފޭ އޭގެ،" ރިޔާޒް ބުންޏެވެ.

ގިނަ އަހަރުތަކެއް ވަންދެން، ފާހަގަކޮށްލެވޭ ބޮޑެތި ގިނަ މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ކުރައްވާފައިވާ އައްޑޯ ވަނީ އެ މަސައްކަތުން މިދިޔަ އަހަރަށް ފަހު ރިޓަޔާކުރައްވައިފަ އެވެ. އެހެންކަމުން، ރިޔާޒް ފަދަ ކުރިއަރަމުން އަންނަ ޒުވާން އެޑްމިނިސްޓްރޭޓަރުންނަކީ، ކުރިއަށް އޮތްތަނުގައި، ރާއްޖެ އަށް މި ދާއިރާގައި ކުރިއެރުން ހޯދައިދެވޭނެ ފަރާތްތަކެވެ.

"އައްޑޯ އަކީ ރޯލް މޮޑަލް. އަބަދުވެސް ވަރަށް ބޭނުންވި އެ ފަދަ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓަރަކަށް ވާން. އޭއެފްސީގެ މުބާރާތެއްގައި މަސައްކަތްކޮށްލަން. އެ ފުރުސަތު ލިބުމުން، މިހާރު ދެން، ކުރިއަށް ވިސްނުން ހުރީ،" މި ވަގުތު ވެސް އެފްއޭއެމްއާ އެކު ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގެ މަސައްކަތުގައި ބައިވެރިވަމުން އަންނަ ރިޔާޒް ބުންޏެވެ.

ސައުދީގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ތެރެއިން ރިޔާޒް ނަގާފައިވާ ފޮޓޯއެއް.--

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox