ކޯޗުކަމުން ވަކިކުރި ސްޓިމަކް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނަށް އިންޒާރެއް ދީފި

ކޯޗުކަމުން ވަކިކުރި ސްޓިމަކް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނަށް އިންޒާރެއް ދީފި

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ވަކިކުރި ކްރޮއޭޝިއާގެ އިގޯ ސްޓިމަކް، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް އިންޒާރެއް ދިނުމަށް ފަހު، އިންޑިއާގެ ފުޓްބޯޅަ ރައީސް، ކަލްޔާން ޗޯބޭ އާއި އިންޑިއާގެ ސްޕޯޓްސް މިނިސްޓްރީ އަށް ފާޑުކިޔައިފި އެވެ.

މިދިޔަ ހޯމަ ދުވަހު، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ސްޓިމަކް، 56، އެ ޓީމުގެ ކޯޗުކަމުން ވަކިކުރީ އޭނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. ކޮންޓްރެކްޓާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަނިކޮށް، ސްޓިމަކް ވަކިކޮށް، މީޑިއާގައި އެކަން ހިއްސާކުރުމުން، އޭނާ ވަނީ އެކަމާ ހިތްހަަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ނިއުސް އެޖެންސީ، ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ސްޓިމަކް ބުނީ، އޭނާގެ ކޮންޓްރެކްޓްގެ ބާކީ މުއްދަތަށްވާ ފައިސާ 10 ދުވަސް ތެރޭ ހަމަޖައްސައިނުދީފިނަމަ ފީފާ އަށް މައްސަަލަ ހުށަހަޅާނެ ކަމަށެވެ.

"އަހަންނަށް ދޭން ޖެހޭ ފައިސާ ވާްން ޖެހޭނީ ކޮންޓްރެކްޓްގައި މި އޮތް ބާކީ މުއްދަތަށް އެއްކޮށް ދައްކަން ޖެހޭ އަދަދަށް، އެ އަށް ބަދަލެއް އައިސްގެން ނުވާނެ. އެހެން ނޫންނަމަ އަހަރެން ފީފާ ޓްރިބިއުނަލްގައި މި މައްސަލަ ކުރިއަށްގެންދާނަން،" 2019 އިން ފެށިގެން އިންޑިއާގެ ކޯޗުކަން ކުރަމުން އަންނަ ސްޓިމަކް ބުންޏެވެ.

ސްޓިމަކް، އިންޑިއާ ކޯޗުކަމުން ވަކިކުރަން ފުޓްބޯޅަ ފެޑެރޭޝަނުން ދެއްކި ސަބަބަކީ، ވޯލްޑް ކަޕް ކޮލިފައިން ތިން ވަނަ ބުރަށް ކޮލިފައިނުވުމެވެ. އަދި އިންޑިއާގެ ފުޓްބޯޅަ ރައީސް ޗޯބޭ ވަނީ، ސްޓިމަކް އަކީ ޒިންމާ ނުނެގޭ ވަރަށް ޝަކުވާ ބޮޑު ކޯޗެއް ކަމަށް ވިދާޅުވެ، އިންޓަވިއުދީފަ އެވެ.

އެ އަށް ރައްދުދީ، ސްޓިމަކް ބުނީ، ޗޯބޭ، އިންޑިއާގެ ފުޓްބޯޅަ ރައީސްކަމަށް އައި ފަހުން، އެ ގައުމުގެ ފުޓްބޯޅައިގެ ކަންކަމަށް ނުރަނގަޅު ނުފޫޒު ފޯރުވައި، ކޯޗުގެ ޒިންމާ އަދާކުރަން ބުރޫ އަރާގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

"އިންޑިއާގެ ފުޓްބޯޅަ ރައީސް ޗޯބޭ، އާއި ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އިން ވަނީ އަހަރެން އޭޝިއަން ގޭމްސް އަށް ނެގި ސްކޮޑަށް ބަދަލު ގެނެސްފައި. އަހަރެން ބޭނުންވި ސީނިއާ ތިން ކުޅުންތެރިންގެ ބަދަލުގައި އިންޑިއަން ސުޕަ ލީގުގެ ކްލަބްތަކުން ބޭނުންވާ ކުޅުންތެރިން ލައިގެން ޓީމު ހެދީ،" ސްޓިމަކް ބުންޏެވެ.

"ޓީމު ޗައިނާ އަށް ގެންދިޔަ ގޮތް އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،"

އޭޝިއަން ކަޕްގައި އިންޑިއާގެ ދަށް ނަތީޖާތަކަށް ފަހު، މީޑިއާއާ އެކު ސްޓިމަކް ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރީ ވެސް ޗޯބޭ ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.

ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅެ، ފަހުން އެ ޓީމުގެ ކޯޗަކަށް މަސައްކަތްކުރި ސްޓިމަކް ބުނީ، އިންޑިއާ ޓީމުގައި މަސައްކަތްކުރަން ޖެހުނު ގޮތުން އޭނާގެ ސިއްހަތަށް ވެސް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށެވެ. ދެން އިތުރަށް މި ކަންކަމާ ހުރެ، ހާލަތު ގޯސްކުރަން ބޭނުންނުވާ ކަމަށާއި މީގެ ފަހުން އޭނާގެ ފަރާތުން މީޑިއާ އާއި ނޫނީ އެހެން ފަރާތްތަކާ ވާހަކަދައްކާނީ ވަކީލު، ރަޑިކް މެދުވެރިކޮށް ކަމަށެވެ.

ސްޓިމަކް ވަނީ، އިންޑިއާ ފުޓްބޯޅައިގައި މައްސަލަ ހުރީ ހިންގުމުގައި ކަމަށާއި ފުޓްބޯޅަ ފެޑެރޭޝަންގައި އޮތީ މުޅިން އަމިއްލަ މަސްލަހަތު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox