އިންޑިއާގެ ކޯޗުކަމުން ފަސް އަހަރަށް ފަހު ސްޓިމަކް ވަކިކޮށްފި

Jun 17, 2024, 3:28 PM
އިންޑިއާގެ ކޯޗުކަމުން ފަސް އަހަރަށް ފަހު ސްޓިމަކް ވަކިކޮށްފި

އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ފަސް އަހަރަށް ފަހު، ކްރޮއޭޝިއާގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު، އީގޯ ސްޓިމަކް ވަކިކޮށްފި އެވެ.

ސްޓިމަކް، 56، އަންނަނީ މެއި، 15، 2019 އިން ފެށިގެން އިންޑިއާ އަށް ކޯޗުކޮށްދެމުންނެވެ. ސްޓިމަކް، އެންމެ ފަހުން އިންޑިއާއާ އެކު ހެދި ކޮންޓްރެކްޓް އޮތީ، 2026 ޖޫންގެ ނިޔަލަށެވެ. އެ އެއްބަސްވުމުގައި ވަނީ ސްޓިމަކް އަށް އިންޑިއާ ގޮވައިގެން، ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ދެވިއްޖެނަމަ، 2028 އަށް ކޮންޓްރެކްޓް އާ ކުރެވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ.

އެކަމަކު، އެންމެ ފަހުގެ އޭޝިއަން ކަޕާއި ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދަށް ނަތީޖާއާ އެކު، އޯލްއިންޑިއާފުޓްބޯލް ފެޑެރޭޝަން އިން ނިންމީ ސްޓިމަކް ވަކިކުރުމަށެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ފެޑެރޭޝަންގެ ނަޒަރުގައި މިހާ ހިސާބުން ދެން އެންމެ ރަނގަޅު ގޮތަކީ އާ ހެޑް ކޯޗަކާ އެކު ކުރިއަށްދިއުން ކަމަށެވެ.

އިންޑިއާގެ ސަރުކާރާ ދެމެދު ވެސް ދެބަސްވުންތަކެއްގައި ގިނަ ފަހަރުތަކެއް މަތިން މަސައްކަތްކުރި ސްޓިމަކް ވަނީ އެ ގައުމުގެ ފުޓްބޯޅަ ޓީމަށް ހަތަރު ތަށި ހޯދައިދީފަ އެވެ. އޭގެ ތެރެއިން ތިން ތަށި ހޯދީ މިދިޔަ އަހަރު އެވެ. އެއީ، ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕާއި އެ ގައުމުން ހޯސްޓްކުރި، ޓްރައި ނޭޝަން ސީރީސް އާއި އިންޓަ ކޮންޓިނެންޓަލް ކަޕް އެވެ. އޭގެ ކުރިން، ހޯދީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް އެވެ.

ކްރޮއޭޝިއާ އިން 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދިއިރު، އެ ޓީމަށް ކުޅުނު ސްޓިމަކް އަށް ވަނީ އެންމެ ފަހުން ދެ ސާފް ޗެމްޕިއަންޝިޕްގައި ހަތަރު ރަތް ކާޑު ދައްކައި، ބެންޗުން ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox