ބްރެޒިލަށް އެމެރިކާ ބަލިނުކުރެވުނު

Jun 13, 2024, 6:12 AM
ބްރެޒިލަށް އެމެރިކާ ބަލިނުކުރެވުނު

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 13) - ކޮޕަ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލާއި އެމެރިކާ 1-1 އިން އެއްވަރުވެއްޖެ އެވެ.

މީގެ ދެތިން ދުވަސް ކުރިން އެމެރިކާ ވަނީ އެކުވެރިކަމުގެ މެޗެއްގައި، 5-1 އިން ކޮލަމްބިއާ އަތުން ބަލިވެފަ އެެވެ. އެހެންވެ، އެ ނަތީޖާގެ ސަބަބުން މި މެޗަށް އެމެރިކާ އިން ނުކުތްއިރު، އަމިއްލަ ގައުމުގައި، މި މަހު 20 ގައި ފަށާ ކޮޕަ އެމެރިކާގެ ކުރިން އެމެރިކާ އަށް އޮތީ ނަތީޖާގެ ޕްރެޝަރު ބޮޑުވެފަ އެވެ.

ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެމެރިކާ އިން ވަނީ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލައިފަ އެެވެ. އެ ގޮތުން، މެޗުގެ ފަސް ވަނަ މިނިޓްގައި އެމެރިކާގެ މިޑްފީލްޑަރު ޔޫނުސް މޫސާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އޭގެ އިރުކޮޅެއް ފަހުން، އެމެރިކާގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިޗް ޖެހި ޝޮޓް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ބްރެޒިލުން ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައި ރޮޑްރީގޯ ޖެހި ގޯލުންނެވެ. ބްރެޒިލްގެ 10 ނަމްބަރު ޖޯޒީގައި ކުޅެން ފުރުސަތު ލިބުނު ރޮޑްރީގޯ މި ލަނޑު ޖެހީ ރަފީނިއާ ދިން ބޯޅައަކުންނެވެ. ރޮޑްރީގޯ ވަނީ ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ލީޑުގައި ބްރެޒިލަށް އޮވެވުނީ އަށް މިނިޓެވެ. މެޗުގެ 26 ވަނަ މިނިޓްގައި އެމެރިކާ އިން ވަނީ އެއްވަރުކޮށްފަ އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ހިލޭ ޖެހުމަކުން ޕުލިސިޗް އެެވެ. ޕުލިސިޗް ޖެހި ބޯޅަ ތިރިތިރިން ގޮސް އަމާޒުވީ ގޯލުގެ ކަނަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބްރެޒިލްގެ ގިނަ އެޓޭކްތަކެއް ފެނިގެންދިޔަ އެވެ. އެކަމަކު، އެމެރިކާ ބަލިވިޔަނުދިނުމުގައި އެ ޓީމުގެ ކީޕަރު މެޓް ޓާނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ރޮޑްރީގޯ ޖެހި ދެ ބޯޅައެއް ކީޕަރު ޓާނާ ވަނީ ހުއްޓުވައިފަ އެވެ.

އެެމެރިކާ އަށް މެޗުން މޮޅުވާން ލިބުނު ފުރުސަތެއްގައި އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ޕުލިސިޗް ޖެހި ޝޮޓް ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox