ސިނާ ދުނިޔޭގެ އެއް ވަނަ އަށް އެރީ ގައުމީ ޝަރަފަކާ އެކު

Jun 11, 2024, 4:59 AM
ސިނާ ދުނިޔޭގެ އެއް ވަނަ އަށް އެރީ ގައުމީ ޝަރަފަކާ އެކު

ރޯމް، އިޓަލީ (ޖޫން 11) - ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިންގެ ފިިރިހެނުންގެ ރޭންކިން އެއް ވަނަ އަށް އިޓަލީގެ ޖަނިކް ސިނާ އަރައިފި އެވެ.

ސިނާ، 22 އަކީ ޓެނިހު ރޭންކިންގެ އެއް ވަނަ މަގާމަށް އެރި އިޓަލީ އަށް އުފަން ފުރަތަމަ ކުޅުންތެރިޔާ އެވެ. އެހެންކަމުން، ދުނިޔޭގެ ރޭންކިންގެ ކުރިއަށް ސިނާ މި ޖެހިލީ، ގައުމީ ޝަރަފަކާ އެކު އެވެ.

މީގެ ކުރިން އިޓަލީ ކުޅުންތެރިއަކަށް އެންމެ ކުރިއަށް ދެވިފައިވަނީ ރޭންކިންގެ ހަތަރު ވަނަ އަށެެވެ. އެއީ، 1976 ވަނަ އަހަރު ދުނިޔޭގެ ރޭންކިން ހަތަރަކަށް ޖެހިލި، އެޑްރިއާނޯ ޕަނާޓާ އެވެ. ޕަނާޓާގެ ރެކޯޑް ސިނާ މުގުރާލީ މިދިޔަ ފެބްރުއަރީ މަހު ތިން ވަނަ އަށް ޖެހިލައިގެންނެވެ.

ސިނާ އަށް އެއް ވަނަ ލިބުނީ، މި ފަހަރުގެ ފްރެންޗް އޯޕަންގައި، ނޮވަކް ޖޮކޮވިޗް، ކުއާޓާ ފައިނަލާ ހަމައިން މުބާރާތުން ވަކިވުމުންނެވެ. ޖޮކޮވިޗް، މުބާރާތުން ވަކިވީ އަނިޔާއާ ހެދި އެވެ. ޖޮކޮވިޗަށް ދުނިޔޭގެ ރޭންކިން އެއް ވަނަ މި ގެއްލުނީ، 39 ހަފްތާ އަށް ފަހު އެވެ.

ރޭންކިންގެ އެއް ވަނަ ސިނާ އަށް ލިބުމުގައި މި އަހަރު އޭނާގެ ފޯމު އިސް ރޯލެއް ކުޅުނެވެ. އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަން އާއި މިއާމީ އޯޕަން ތަށި ހޯދައިފަ އެވެ. ފްރެންޗް އޯޕަންގެ ސެމީ ފައިނަލުގައި ސިނާ ބަލިވީ މުބާރާތުގެ ތަށި ހޯދި ސްޕެއިނުގެ ކާލޮސް އަލްކަރާޒް އަތުންނެވެ.

ސިނާ ބުނީ، ދުނިޔޭގެ ރޭންކިން އެއް ވަނައިގެ ގޮތުގައި އެ ފެށެނީ އޭނާގެ ކެރިއަރުގެ އާ ޗެޕްޓަރެެއް ކަމަށެވެ.

އެ ގޮތުން، ރޭންކިން އެއް ވަނަ ދިފާއުުކުރަން ސިނާ ނުކުންނާނެ މުބާރާތަކީ، އަންނަ މަހު އެއް ވަނަ ދުވަހު ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތެވެ. މިިދިޔަ އަހަރުގެ ވިމްބަލްޑަންގައި ސިނާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ސިނާ އަކީ، 1973 ވަނަ އަހަރު ޓެނިހުގެ ރޭންކިން ނަގަން ފެށި ފަހުން، އެ މަގާމަށް ޖެހިލި 29 ވަނަ ކުޅުންތެރިޔާ އެވެ. ސިނާ ދެކޭގޮތުގައި، އޭނާ ރޭންކިން އެއް ވަނަ އަށް އެރުމަކީ، އެ މަގާމަށް ދިއުމަށް އުންމީދުކުރާ އިޓަލީ ކުޅުންތެރިންނަށް ފެށުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox