ބުމްރާގެ މޮޅު ކުޅުމާ އެކު އިންޑިއާ އިން ޕާކިސްތާން ބަލިކޮށްފި

Jun 10, 2024, 3:28 AM
ބުމްރާގެ މޮޅު ކުޅުމާ އެކު އިންޑިއާ އިން ޕާކިސްތާން ބަލިކޮށްފި

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 10) - މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގައި ކުޅަދާނަ ބޯލަރު ޖަސްޕްރީތު ބުމްރާ ދެއްކި މޮޅު ކުޅުމާ އެކު، އިންޑިއާ އިން ހަ ލަނޑުން ވާދަވެރި ޕާކިސްތާން އަތުން މޮޅުވެއްޖެ އެވެ.

އެންމެ ފަހުގެ ރަނަރަޕް ޕާކިސްތާން މި ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ. ފުރަތަމަ މެޗުން އެމެރިކާ އަތުން ބަލިވިއިރު، ރޭ ދެ ވަނަ މެޗުގައި ވަނީ، އިންޑިއާ އަތްދަށުވެފަ އެވެ.

ގްރޫޕް އޭގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް އިންޑިއާ އާއި ދެ ވަނައިގައި އޮތް އެެމެރިކާ އަށް ވަނީ ހަތަރު ޕޮއިންްޓް ލިބިފަ އެވެ. އިންޑިއާ ކުރީގައި އޮތީ ނެޓް ރަން ރޭޓުންނެވެ. ތިން ވަނައިގައި އޮތް ކެނަޑާ އަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޕާކިސްތާނާއި ފުލުގައި އޮތް އަޔަލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ފީލްޑް ކުރާށެވެ. އިންޑިއާ އިން ކުޅެން އަރައި، 19 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 119 ލަނޑެވެ. މިއީ، ޓީ20 ވޯލްޑް ކަޕް މެޗެއްގައި އިންޑިއާ އަށް ޕާކިސްތާން ކައިރީގައި މި ފަހުން ނެރެވުނު އެންމެ ދަށް ސްކޯ އެވެ.

އިންޑިއާ އަށް މެޗު ފަށައިގެން ފައިތިލަ ސާބިތުނުކުރެވުނީ، އެ ޓީމުގެ ދެ ތަރިން ކަމަށްވާ، ކެޕްޓަން ރޯހިތު ޝަރްމާ އާއި ވިރާތު ކޯލީ އަށް މާ ރަނގަޅު ސްކޯއެއް ނުހެދުމުންނެވެ. އެ ގޮތުން، ރޯހިތު 13 ލަނޑު ހެދިއިރު، ވިރާތު ނުބައިވީ ހަތަރު ލަނޑަށެެވެ. އިިންޑިއާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 31 ބޯޅައިން 42 ލަނޑު ހެދި ރިޝަބް ޕާންޓް އެވެ.

މި އިނިންސްގައި ޕާކިސްތާންގެ ހަރިސް ރައޫފް އާއި ނަސީމް ޝާހް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، ޕާކިސްތާނަށް 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ. ޕާކިސްތާން ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 44 ބޯޅައިން 31 ލަނޑު ހެދި މުހައްމަދު ރިޒްވާން އެވެ.

ޕާކިސްތާނަށް ޓީ20 ވޯލްޑް ކަޕް ތާރީހުގައި އެންމެ ދަށް ސްކޯއެއް އަނބުރައިނުލެވުނީ، ރޭގެ މެޗުގައި އިންޑިއާގެ ބޯލަރުންގެ ހުށިޔާރުކަމުންނެވެ. އެ ގޮތުން، މެޗުގެ މޮޅު ކުޅުންތެރިޔާ، ބުމްރާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ. އަދި ހާޑިކް ޕާންޑްޔާ ވެސް ވަނީ ދެ ވިކެޓް ނަގައިފަ އެެވެ.

މި މެޗުން ބަލިވުމުން ޕާކިސްތާނަށް އަމިއްލަ ބާރުގައި ނޮކައުޓަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ ޓީމުން ޖެހޭނީ ދެން ކުޅޭ ދެ މެޗުން، އަޔަލެންޑާއި ކެނަޑާ އަތުން މޮޅުވެ، ދެން މެޗުތަކުން ނުކުންނަ ނަތީޖާ އަށް އިންތިޒާރުކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox