ލެސްޓާގެ ހަމްޒާ ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅެން ނިންމައިފި

Jun 9, 2024, 3:17 AM
ލެސްޓާގެ ހަމްޒާ ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅެން ނިންމައިފި

ލަންޑަން (ޖޫން 9) - ލެސްޓާ ސިޓީގެ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ، އެންމެ ފަހުން ބަންްގްލަދޭޝް ގައުމީ ޓީމަށް ކުޅެން ނިންމައިފި އެވެ.

މީގެ ދެ އަހަރު ކުރިން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހަމްޒާގެ އާއިލާއާ މަޝްވަރާކޮށްގެން އޭނާ ބަންގްލަދޭޝް ޓީމަށް ކުޅުވަން މަސައްކަތް ފަށައިފަ އެވެ. ގިނަ އަހަރުތަކެއްގެ މަޝްވަރާ އަށް ފަހު، ހަމްޒާ މިހާރު ވަނީ ބަންގްލަދޭޝަށް ކުޅެން ނިންމައިފަ އެެވެ.

ހަމްޒާ، 26، އަކީ ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަދި އޭނާއާ އާއިލީ ގޮތުން އެފްރިކާގެ ގްރެނާޑާއާ ވެސް ގުޅުން އެބައޮތެވެ.

ބަންގްލަދޭޝަށް ކުޅެން ހަމްޒާ ނިންމިކަން ކަށަވަރުވީ، ލަންޑަނުގައި ހުންނަ ބަންގްލަދޭޝް އެމްބަސީ އަށް ގޮސް، އެ ގައުމުގެ ޕާސްޕޯޓް ހައްދަން ހަމްޒާ ހުށަހެޅުމުންނެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އިމްރާން ހުސެއިން ތުޝާރު ވިދާޅުވީ، ހަމްޒާ ބަންގްލަދޭޝް ޓީމަށް ކުޅުވަން ކުރަން ޖެހޭ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ހަމްޒާގެ ކަންކަން ހަމަޖެހިގެން ގޮސް، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ބަންގްލަދޭޝް ޓީމަށް އޭނާ އަށް ކުޅެވޭނެ އެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ހަތް މެޗު ކުޅެފައިވާ ހަމްޒާ، ބަންގްލަދޭޝަށް ކުޅެން ނިންމީ އިނގިރޭސި ސީނިއާ ޓީމުން އޭނާ އަށް ފުރުސަތު ނުލިބޭނެކަން ޔަގީންވުމުންނެވެ.

ހަމްޒާ ކުޅެމުން އަންނަ ލެސްޓާ ވަނީ އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެފަ އެވެ. މީގެ ކުރިން ލެސްޓާ އިން ޕްރިމިއާ ލީގުގައި ކުޅުނުއިރު، ހަމްޒާ ވަނީ އެ ޓީމަށް ކުޅެފަ އެވެ.

މީގެ ކުރިން ވެސް ބަންގްލަދޭޝް އިން ވަނީ އެ ގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެ ގޮތުން މި ވަގުތު ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅެމުން އަންނަ ތޯރިގު ގާޒީ އަކީ މީގެ ކުރިން ފިންލެންޑްގެ ޔޫތު ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox