ޑި ބްރޭނާ، ސައުދީގެ އޮފާއާ މެދު ވިސްނާކަމުގެ އިޝާރާތެއް ދީފި

Jun 4, 2024, 3:43 PM
ޑި ބްރޭނާ، ސައުދީގެ އޮފާއާ މެދު ވިސްނާކަމުގެ އިޝާރާތެއް ދީފި

މެންޗެސްޓާ (ޖޫން 4) - މުސްތަގުބަލާ މެދު ވިސްނަން އަދި ވަގުތު އެބައޮތް ކަމަށާއި, އޭނާގެ ކުރިމަގާ މެދު ވިސްނަމުން އަންނަ ކަމަށާއި, އެކަމުގެ މަޝްވަރާތައް އާއިލާއާ އެކު ކުރަމުން އަންނަ ކަމަށް މެންޗެސްޓާ ސިޓީގެ ތަރި ކެވިން ޑި ބްރޭނާ ބުނެފި އެވެ.

ސިޓީ އާއެކު ޑި ބްރޭނާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެ އެވެ. އެހެންވެ, ސިޓީ އިން މި ފަހަރުގެ ޓްރާންސްފާގައި ޑި ބްރޭނާ ވިއްކާލަން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ޓްރާންސްފާ މާކެޓުގައި ވެސް ރަނގަޅު އަގެއް ހުށަހަޅައިފިނަމަ ޑި ބްރޭނާ ވިއްކާލަން ސިޓީ އިން އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑި ބްރޭނާ ބުނީ އޭނާގެ ކެރިއަރުގެ ފަހު ދެ އަހަރު ސައުދީގައި ކުޅެން ލިބުން އެއީ ރަނގަޅު ފައިސާގެ ގޮތުން ބަލާނަމަ ކުރިއެރުން ލިބޭނެ ކަމައް ކަމަށެވެ. އަދި ސައުދީގެ ހުށަހެޅުންތަކެއް އޭނާ އަށް ލިބިފައިވާ ކަމަށް ޑި ބްރޭނާ ބުނެފައިވެ އެވެ.

"އަހަރެންގެ ކެރިޔަރުގެ ފަހު ދެ އަހަރުގައި މުސާރަ ބޮޑުވާނަމަ އެއީ ލިބޭ ކުރިއެރުމެއް. ސައުދީގެ ހުށަހެޅުންތަކެއް ވަނީ ލިބިފައި. އަހަރެން މި އަންނަނީ އާއިލާ އާއެކު, މަޝްވަރާ ކުރަމުން. އެކަމަކު އަދި ނިންމުމެއް ނިންމަން ވަގުތު އެބައޮތް. ސިޓީ އާއެކު އަހަރެން ހަދާފައިވާ އެގްރީމަންޓް ހަމަވާނީ އަންނަ އަހަރު" ޑި ބްރޭނާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑި ބްރޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަމުން އަންނަނީ ސައުދީގެ އަލް ނަސްރު އަދި އަލް ހިލާލުންނެވެ.

ސިޓީން ޑި ބްރޭނާ ގަތީ، 2015 ވަަނަ އަހަރު ވުލްފްސްބާގް އަށް 65 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު އެވެ. އޭގެ ފަހުން، އޭނާ އަންނަނީ ސިޓީން ހޯދަމުން އަންނަ ގިނަ ކާމިޔާބީތަކުގައި އިސް ރޯލެއް ކުޅެމުންނެވެ. ޑި ބްރޭނާ ވަނީ ޕްރިމިއާ ލީގުގެ ތަށި ސިޓީގައި ހުރެ ހަ ފަހަރު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox