އެމްބާޕޭ ބަދަލުވާ ކުލަބް ވަރަށް އަވަހަށް ހާމަކުރާނެ

May 30, 2024, 6:17 AM
އެމްބާޕޭ ބަދަލުވާ ކުލަބް ވަރަށް އަވަހަށް ހާމަކުރާނެ

ޕެރިސް (މެއި 30) - ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ދެން ބަދަލުވާނެ ކުލަބް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ބުނެފި އެވެ.

މި ސީޒަން ނިމުމުން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެކަން ހާމަކޮށްފައިވާއިރު, އޭނާ ދެން ބަދަލުވާނީ ރެއާލް މެޑްރިޑަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އެމްބާޕޭ ބުނީ އޭނާ ދެން ބަދަލުވާނެ ކުލަބް ހާމަކުރާނީ އެ ވަގުތު ޖެހުމުން ކަމަށެވެ.

މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ ކުރިއަށް އޮތް ހަފުތާ އެއްގެ ތެރޭގައި އޭނާ ދެން ބަދަލުވާނެ ޓީމު ހާމަކުރާނެ ކަމަށެވެ. އަދި އެ ކުލަބާއެކު އެއްބަސްވުމުގައި ޔޫރޯގެ ކުރިން ސޮއި ކުރާނެ ކަމަށް އެމްބާޕޭ ބުންޏެވެ.

"އަހަރެން ދެން ބަދަލުވާނެ ކުލަބެއް ކަނޑައަޅައިފިން. ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރާނަން. ޔޫރޯގެ ކުރިން އެކަން ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން" އެމްބާޕޭ ބުންޏެވެ.

ޔޫރަޕްގެ ބޮޑެތި ކުލަބްތަކުން އެމްބާޕޭ ހޯދަން މަސައްކަތް ކުރަމުން އަންނައިރު, އޭނާގެ އަގުބޮޑު މުސާރަ ދެވޭނެކަމަށް ބެލެވެނީ ރެއާލަށެވެ. އެކަމަކު, އެ ކުލަބުން އެމްބާޕޭ ދެން ގެންދާ ކަމަށްވަނީނަމަ, މީގެ ކުރިން އެ ކުލަބުން އެމްބާޕޭ އަށް ހުށަހެޅި މުސާރައަށްވުރެ މި ފަހަރު ހުށަހަޅާ މުސާރަ ކުޑަވާނެ ކަމަށް ބެލެވެ އެވެ.

އެމްބާޕޭ ހޯދަން ތިން ފަހަރެއްގެ މަތިން ރެއާލުން ވަނީ ބިޑްކޮށްފަ އެވެ. އެކަމަކު އެ ތިން ފަހަރު ވެސް އެމްބާޕޭ ވަނީ ރެއާލުގެ ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ.

އެމްބާޕޭ ޕީއެސްޖީ އަށް ކުޅެދިން 306 މެޗުގައި އޭނާ ވަނީ 256 ގޯލު ޖަހާ 96 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި ޕީއެސްޖީ އާއެކު ހަތް ފަހަރު ފްރެންޗް ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox