ގާޑިއޯލާ މަޑުކުރުމުގެ ފުރުސަތު ކުޑަ، ސިޓީން އާ ކޯޗެއް ހޯދަނީ: ރިޕޯޓް

May 27, 2024, 12:44 PM
ގާޑިއޯލާ (ކ) އާއި ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވާހަކަ ދައްކަނީ.

ގާޑިއޯލާ (ކ) އާއި ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވާހަކަ ދައްކަނީ.

މެންޗެސްޓާ (މެއި 27) - އަންނަ ސީޒަނަށް ފަހު، މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމު ދޫކޮށްލާނެކަަމަށް ބެލެވޭތީ، ސިޓީން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސިޓީއާ އެކު، ގާޑިއޯލާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެއްބަސްވުން އާ ކުރަން ސިޓީން އަންނަނީ މި އަހަރު ފެށުނުއިރުއްސުރެ މަސައްކަތް ކުރަމުންނެވެ. އެކަމަކު، މިހާތަނަށް އަދި އަލިމަގެއް ނުފެނެ އެވެ.

"ހަގީގަތަކީ އަހަރެން މަަޑުކުރުމަށް ވުރެ ގާތީ ކްލަބް ދޫކޮށްލުން، މިހާރު އަށް އަހަރު އެވީ، ދެން އެ ވަނީ ނުވަ އަހަރު، އަހަރެން މި ވަގުތު ވިސްނައިގެން މި ހުރީ އަންނަ ސީޒަނުގައި މަޑުކުރަން، ދެން، އަންނަ ސީޒަނުގެ ތެރޭގައި އަހަރެމެން ވާހަކަ ދައްކައިގެން މި ކަމަށް ގޮތެއް ނިންމުން އޮތީ،" އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުފާފާޅުކުރުމުގެ ތެރެއިން ގާޑިއޯލާ ބުންޏެވެ.

އޭގެ ފަހުން، ސިޓީން ސީޒަން ނިމުމަށް ފަހު، ބޭއްވި ޕެރޭޑުގެ ތެރެއިން އެ ކްލަބްގެ މީޑިއާ އިން ވަނީ މުޅި އުމުރަށް ސިޓީގައި މަޑުކުރެވޭނެތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ގާޑިއޯލާ ބުނެފައިވަނީ، އަންނަ އަހަރު އެފްއޭ ކަޕާ އެކު އުފާފާޅުކުރަން އަމާޒުހިފާފައިވާ ކަމަށެވެ.

މި ސީޒަނުގައި ސިޓީ ވަނީ އެފްއޭ ކަޕްގައި، މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ބަލިވެފަ އެވެ.

މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ދައްކަން ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވަނީ ގާޑިއޯލާއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ގާޑިއޯލާ ވަނީ އެ ކްލަބާ އެކު އެއްބަސްވުން އާ ކުރެވެން ނެތް ކަމަށް ބުނެފަ އެވެ. އެއާ އެކު، ސިޓީން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ބަޔާން މިއުނިކް ދޫކޮށް، 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ގާޑިއޯލާ ވަނީ މިހާތަނަށް އެ ޓީމާ އެކު، ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު، ހަަތަރު ފަހަރު ލީގު ކަޕް، އެފްއޭ ކަޕް ދެ ފަހަރު، ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox