މޮޓާ، ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެއްޖެ: ރިޕޯޓް

May 25, 2024, 9:00 AM
މޮޓާ، ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެއްޖެ: ރިޕޯޓް

ޓިއުރިން، އިޓަލީ (މެއި 25) - އިޓާލިއަން ލީގުގެ ކްލަބް، ބޮލޯނިއާގައި ކާމިޔާބު ސީޒަނެއް ހޭދަކުރި ކޯޗު، ތިއާގޯ މޮޓާ، އިޓަލީގެ ގަދަބާރު ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިޓާލިއަން ލީގުގެ ފަހު މެޗުން، ބޮލޯނިއާ ރޭ ވަނީ ޖެނޯއާ އަތުން 2-0 އިން ބަލިވެފަ އެެވެ. އެހެންވެ، ބޮލޯނިއާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެއީ، 38 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. މިއީ، މޮޓާ، ބޮލޯނިއާ ބެންޗުން ފެންނާނެ ފަހު މެޗު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުވެންޓަސް، ލީގުގެ ފަހު މެޗުން ބަލިވެއްޖެނަމަ، ބޮލޯނިއާ އަށް ލަނޑުގެ ތަފާތުން ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. ތިރީސް ހަތް މެޗުން 68 ޕޮއިންޓް ހޯދާފައިވާ، ޔުވެންޓަސް ފަހު މެޗުގައި، މިރޭ މޮންޒާއާ ކުޅޭނެ އެވެ.

ބޮލޯނިއާގެ ކޯޗަކަށް ހުރި މޮޓާ ވަނީ އެ ކްލަބް ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީފަ އެެވެ. މޮޓާ އަށް ޔުވެންޓަސްގެ ހުށަހެޅުން ލިބުނީ، އެ ޓީމުގެ ކޯޗަކަށް ހުރި، މަސިމޯ އަލެގްރީ، ވަކިކުރުމުންނެވެ.

މޮޓާ އަށް ޔުވެންޓަސް އިން ހުށަހެޅީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ ސީޒަނަކު މުސާރައިގެ ގޮތުގައި، ހަ މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުން، މޮޓާ ވަނީ މި ޑީލަށް އެއްބަސްވެފަ އެވެ. އަދި ވަރަށް އަވަހަށް އެ ނިންމުން، ބޮލޯނިއާގެ ވެރިންނަށް ހިއްސާކޮށް، ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކަންކަން ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބްރެޒިލަށް އުފަން ނަމަވެސް، މޮޓާ ކުޅެފައިވަނީ އިޓަލީ ގައުމީ ޓީމަށެވެ. ކްލަބް ކެރިއަރުގައި ބާސެލޯނާ އާއި އިންޓަ މިލާން އަދި ޕީއެސްޖީ އަށް ކުޅުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox