އައިޕީއެލް ފައިނަލުގެ ފަހު ޖާގަ ހައިދަރުއާބާދަށް

May 24, 2024, 10:18 PM
އައިޕީއެލް ފައިނަލުގެ ފަހު ޖާގަ ހައިދަރުއާބާދަށް

ޗެންނާއި، އިންޑިއާ (މެއި 25) - ރާޖަސްތާން ރޯޔަލްސް އަތުން 36 ލަނޑުން މޮޅުވެ، ސަންރައިޒާސް ހައިދަރުއާބާދުން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި، ހައިދަރުއާބާދުން ކުޅޭނީ، ކަލްކަތާ ނައިޓްރައިޑާސްއާ ދެކޮޅަށެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗުން، ކަލްކަތާ އިން ވަނީ، އަށް ވިކެޓުން ހައިދަރުއާބާދު ބަލިކޮށްފަ އެވެ. މި ފަހަރުގެ އައިޕީއެލްގައި ކަލްކަތާ އިން ވަނީ މީގެ ކުރިން ވެސް ހައިދަރުއާބާދު ބަލިކޮށްފަ އެވެ.

ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ރާޖަސްތާނުން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރާށެެވެ. ހައިދަރުއާބާދުން ކުޅެން އަރައި، 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 175 ލަނޑު ހަދައިފަ އެެވެ. މެޗުގައި، ހައިދަރުއާބާދަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، 34 ބޯޅައިން 50 ލަނޑު ހެދި ހެއިންރިޗް ކްލާސެން އެވެ.

މި އިނިންގްސްގައި ރާޖަސްތާނުގެ ޓްރެންޓް ބޯލްޓް އާއި އަވޭޝް ހާން، ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ރާޖަސްތާން ކުޅުންތެރިންނަށް، ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 139 ލަނޑެވެ. ރާޖަސްތާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ދްރޫވް ޖުރެލް އެވެ. އޭނާ ވަނީ، ނުބައިނުވެ، 35 ބޯޅައިން 56 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ ތަރި، ޔަޝަޝްވީ ޖޭސްވާލް ނުބައިވީ، 21 ބޯޅައިން 42 ލަނޑު ހަދައިފަ އެެވެ.

ހައިދަރުބާދަށް މި އިނިންގްސްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، ތިން ވިކެޓް ނެގި، ޝާހުބާޒް ހާން އެވެ.

މީގެ ކުރިން، 2016 ވަނަ އަހަރުގެ އައިޕީއެލްގެ ޗެމްޕިއަންކަން ހޯދި، ހައިދަރުއާބާދު ވަނީ 2018 ވަނަ އަހަރު ޗެންނާއި ސުޕަ ކިންގްސް އަތުން ފައިނަލުގައި ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox