އައިޕީއެލް: ރާޖަސްތާނުން ބެންގަލޫރު ކަޓުވާލައިފި

May 22, 2024, 8:12 PM
އައިޕީއެލް: ރާޖަސްތާނުން ބެންގަލޫރު ކަޓުވާލައިފި

އަހުމަދުއާބާދު، އިންޑިއާ (މެއި 23) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޕްލޭއޮފް އެލިމިނޭޓާ މެޗުގައި ހަތަރު ވިކެޓުން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކަޓުވާލައި، ރާޖަސްތާން ރޯޔަލްސް އިން މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްފި އެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ކަލްކަތާ ނައިޓް ރައިޑާސްއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ، ހުކުރު ދުވަހުގެރޭ، ސަންރައިޒާސް ހައިދަރުއާބާދާއި ރާޖަސްތާން ކުޅޭ ކޮލިފަޔާ މެޗުންނެވެ. ފުރަތަމަ ކޮލިފަޔާ މެޗުން، ކަލްކަތާ އިން ވަނީ ފަސޭހައިން ހައިދަރުއާބާދު ބަލިކޮށްފަ އެވެ.

މިރޭގެ މެޗަށް ނުކުތްއިރު، ރާޖަސްތާން އޮތީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. މެޗަށް ނުކުތްއިރު، ބެންގަލޫރު ފޭވަރިޓެއްގެ ގޮތުގައި އޮތީ، އެންމެ ފަހުން ކުޅުނު ހަ މެޗުން މޮޅުވެފައިވާތީ އެވެ. އެކަމަކު، ރާޖަސްތާނުން ވަނީ މިރޭ ޓޮސް ދިމާވުމުން، ހޮވަން އަރައި، އެ ޓީމުގެ ޕްލޭނާ އެއްގޮތަށް ކުޅެ މެޗުން މޮޅުވެފަ އެވެ.

ބެންގަލޫރުން ފުރަތަމަ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ، 172 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، 33 ލަނޑު ހެދި ވިރާތު ކޯލީ އާއި 34 ލަނޑު ހެދި ރަޖަތު ޕަތީދާރު އަދި 32 ލަނޑު ހެދި މަހިޕާލް ލޮމްރޯރް އެވެ.

މި އިނިންގްސްގައި، ރާޖަސްތާނުގެ އަވޭޝް ހާން ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނުން ވަނީ، ބާކީ ހަ ބޯޅަ އޮއްވައި، ހަ ކުޅުންތެރިން ނުބައިވެގެން، 174 ލަނޑު ހަދައި، މެޗުން މޮޅުވެފަ އެވެ.

ރާޖަސްތާން ޓީމަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިއަކީ، 45 ލަނޑު ހެދި، ޔަޝަޝްވީ ޖައިސްވާލް އާއި 36 ލަނޑު ހެދި ރިހާން ޕަރާގް އެވެ. ރާޖަސްތާން މޮޅުވުމުގައި، ފަހު ވަގުތު، ރޮވްމަން ޕަވެލް ވަނީ މުހިންމު ލަނޑުތަކެއް ހަދައިފަ އެވެ.

މި އިނިންގްސްގައި، ބެންގަލޫރުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ދެ ވިކެޓް ނެގި މުހައްމަދު ސިރާޖު އެވެ.

ބެންގަލޫރު މި މެޗުން ބަލިވެ، އައިޕީއެލް ތަށި ހޯދަން ކުރާ އިންތިޒާރުދިގުލައިދިޔައިރު، ރާޖަސްތާނުން ދެ ވަނަ ފަަހަރަށް މުބާރާތުގެ ތަށި ހޯދަން ކުރާ އުންމީދު ވަނީ އާ ވެފަ އެވެ.

އައިޕީއެލް އެންމެ ފުރަތަމަ ބޭއްވި އަހަރު، 2008 ވަނަ އަހަރުގެ ސީޒަނުގައި ތަށި އުފުލާލީ ރާޖަސްތާނުންނެވެ. އެ ފަހުން، އެ ޓީމުން 2022 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނެވެ. އެކަމަކު، ގުޖުރާތު ޓައިޓަންސް އަތުން ބަލިވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox