ޔޫރޯ އަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރަން ކްރޫސް ނިންމައިފި

May 21, 2024, 11:45 AM
ޔޫރޯ އަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރަން ކްރޫސް ނިންމައިފި

މިއުނިކް (މެއި 21) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު، ޓޯނީ ކްރޫސް، ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.

އުމުރުން، 34 އަހަރު ކްރޫސްގެ މި ނިންމުން އޭނާ ހިއްސާކޮށްފައިވަނީ، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ކްރޫސް ވަނީ އަންނަ ސީޒަނަށް ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އަދި މީގެ ތިން މަސް ކުރިން، ކްރޫސް ވަނީ ގައުމީ ޓީމަށް ކުޅެން ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށް، މި ފަހަރުގެ ޔޫރޯ ކުޅެން އެނބުރި ޓީމާ ގުޅިފަ އެވެ. ކްރޫސް، ޖަރުމަނު ޓީމަށް ކުޅުން ހުއްޓާލީ، އެންމެ ފަހުން ޔޫރޯ އަށް ފަހު، 2021 ވަނަ އަހަރު އެވެ.

ކްރޫސް، މިއަދު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަބަދުވެސް ކުޅުން ހުއްޓާލަން ބޭނުންވީ ކެރިއަރުގެ އެންމެ ޕީކުގައި ހުރެ ކަމަށާއި އެ ގޮތަށް ވިސްނާއިރު މި ފަހަރުގެ ޔޫރޯ އަށް ފަހު ކުޅުން ހުއްޓާލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ކަަމަށެވެ.

"އަހަރެން ވަރަށް އުފަލުން މި ހުރީ މި ނިންމުން މިހާ ރަނގަޅަށް ނިންމަން ރަނގަޅު ވަގުތެއްގައި މިކަން ކުރެވުނީތީ،" ކްރޫސް ބުންޏެވެ.

ޖަރުމަނުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި، ކްރޫސް ވަނީ މިހާތަނަށް ޖަރުމަނު ޓީމަށް 106 މެޗު ކުޅެފަ އެވެ.

ކްލަބް ކެރިއަރަށް ބަލާއިރު، ބަޔާން މިއުނިކާއި ބަޔާ ލެވަކޫސަނަށް ކުޅުނު ކްރޫސް، މިހާރުގެ ކްލަބް، ރެއާލަށް ބަދަލުވީ، 2014 ވަނަ އަހަރު ޖުލައި މަހުގަ އެވެ. ބަޔާނާ އެކު، 10 ތަށި އުފުލާލި ކްރޫސް ވަނީ ރެއާލަށް ބަދަލުވުމަށް ފަހު އެ ޓީމާ އެކު، 21 ތަށި ކާމިޔާބުކޮށްފަ އެެވެ. އޭގެ ތެރޭގައި، ޗެމްޕިއަންސް ލީގު، ހަތަރު ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ.

ކްރޫސް، ރެއާލަށް ކުޅޭ ފަހު މެޗަކަށްވާނީ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox