ހަންޏާސް ކަޕް: ޗެމްޕިއަން ލަކުޑި މުބާރާތް ފެށީ މޮޅަކުން

ހަންޏާސް ކަޕް: ޗެމްޕިއަން ލަކުޑި މުބާރާތް ފެށީ މޮޅަކުން

މައިނާ ހަންޏާސް ކަޕް 2024 ގެ ފުރަތަމަ މެޗުގައި އެފްސީ ގޯޅި ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ލަކުޑި މޮޅަކުން މުބާރާތް ފަށައިފި އެވެ.

މިދިޔަ އަހަރުގެ މުބާރާތް ލަކުޑިން ކާމިޔާބުކުރީ ނިން އެފްސީ ބަލިކޮށެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ގޯޅީގެ މައްޗަށް ލަކުޑިން ކުރިހޯދީ 4-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗު ފަށައިގެން ލަކުޑިން ވަނީ ގޯޅީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަކުޑި އަށް ލީޑު ނަގާދިނީ އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) އެވެ.

ދެ ވަނަ ހާފުގެ ވަރަށް ކުރީކޮޅު ލަކުޑިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުން ލީޑު ފުޅާކުރީ އާދަމް ފަހުމާން ޖެހި ގޯލުންނެވެ. އެކަމަކު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ގޯޅީގެ މުހައްމަދު ހުޝާމް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.

ކައިރިކައިރީގައި ލަކުޑީގެ ސުއައިދު ސައީދު އާއި ބިޗަޑް ކާމިޔާބުކުރި ގޯލު ތަކުން އަލުން އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު، މެޗު ނިމުމުގެ ކުރިން ގޯޅީގެ އަލީ އަޒުމީ ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.

މި މުބާރާތުގައި މިރޭ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ އާރްކޭ އާއި ރައިވަލް ޔުނައިޓެޑް އެވެ. ދެވަނަ މެޗުގައި މަގުކޮޅު ސްޕޯޓްސް ކުލަބް ނުކުންނާނީ ލަކުޑި އާއި ދެކޮޅަށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އަދަދު ސްޕޯޓްސް އެވެ. މި މުބާރާތުގެ ހުރިހާ މެޗެއް އަދަދު ސްޕޯޓްސް ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox