އައިޕީއެލް: ޗެންނާއި ކަޓުވާލައި އާދަޔާހިލާފު ހިތްވަރަކާ އެކު ބެންގަލޫރު ޕްލޭއޮފަށް

May 19, 2024, 3:46 AM
އައިޕީއެލް: ޗެންނާއި ކަޓުވާލައި އާދަޔާހިލާފު ހިތްވަރަކާ އެކު ބެންގަލޫރު ޕްލޭއޮފަށް

ބެންގަލޫރު (މެއި 19) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި 27 ލަނޑުން ޗެންނާއި ސުޕަ ކިންގްސް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން މުބާރާތުގެ ޕްލޭއޮފަށް ދަތުރުކޮށްފި އެވެ.

ރޭގެ މެޗަށް ނުކުތްއިރު، ބެންގަލޫރަށް ޕްލޭއޮފްގެ ޖާގައެއް ލިބެން އޮތީ، ޗެންނާއި އަތުން 18 ލަނޑުގެ ތަފާތުން ނޫނީ، 18.1 އޯވަރުގެ ތެރޭގައި މޮޅުވެގެންނެވެ. ވިއްސާރަ ވެގެން މެޗު ނުކުޅެވޭ ހާލަތަށް ދިޔަނަަމަ، ދެ ޓީމަށް އެއް ޕޮއިންޓް ލިބޭ ގޮތަށް މެޗު ނިންމާލިނަމަ ވެސް ބެންގަލޫރު ކަޓާނެ އެވެ. ރޭގެ މެޗު ވިއްސާރައިގެ ސަބަބުން، 45 ވަރަކަށް މިނިޓް މެދުކަނޑާލަން ޖެހުނު ނަމަވެސް، ފަހުން މޫސުން ރަނގަޅުވުމުން މެޗު ފުރިހަމަ ކުރި އެވެ.

ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ޗެންނާއި އިން ނިންމީ ހޮވާށެވެ. ބެންގަލޫރުން ކުޅެން އަރައި، ރަނގަޅު ފޯމެއްގައި ކުޅެމުން ދަނިކޮށް، ވިއްސާރަ ވެގެން މެޗު މެދުކަނޑާލީ އެވެ. އަލުން ފަށައިގެން ރަނގަޅު ފޯމަަކަށް އެޅިގެން ކުޅެން ބެންގަލޫރަށް ވަގުތު ނެގިއިރު، ބެންގަލޫރަށް 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 218 ލަނޑެވެ.

އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 39 ބޯޅައިން 54 ލަނޑު ހެދި ފާފް ޑު ޕްލެސީސް އެވެ. އޭނާއާ އެކު ރަނގަޅު ޕާޓްނަޝިޕެއް ހެދި، ވިރާތު ކޯލީ ވަނީ 29 ބޯޅައިން 47 ލަނޑު ހަދައިފަ އެވެ. ވިރާތު އާއި ޕްލެސިސް ނުބައިވުމުން، ދެން އެރި ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ޕާޓްނާޝިޕެއް ހެދީ، ރަޖަތު ޕަތީދާރު އާއި ކެމަރަން ގްރީން އެވެ. ޕަތީދާރު 23 ބޯޅައިން 41 ލަނޑު ހެދިއިރު، ގްރީން ވަނީ ނުބައިނުވެ، 17 ބޯޅައިން 38 ލަނޑު ހަދައިފަ އެވެ.

ޗެންނާއި އިން ކުޅެން އެރިއިރު، އެ ޓީމު މި މެޗުން މޮޅުވާން ހަދަން ޖެހެނީ 219 ލަނޑު ކަމުގައި ވިޔަސް، 201 ލަނޑު ހަދައިގެން ޓާގެޓް ކަމަށްވާ ޕްލޭއޮފަށް ދެވެން އޮތެވެ. އެކަމަކު، އެ ޓީމު ފަށަން ޖެހުނީ ޕްރެޝަރުގަ އެވެ. ކުޅެން އަރައި، ފުރަތަމަ ބޯޅައިން އެ ޓީމުގެ ކެޕްޓަން، ރުތުރާޖް ގައިކްވާޑް ވަނީ ނުބައިވެފަ އެވެ. އެކަމަކު، އެ ޓީމުގެ ރަޗިން ރަވިންދުރަ، 37 ބޯޅައިން 61 ލަނޑު ހަދައި ދެއްކި ހިތްވަރުން އެ ޓީމަށް ކުރިއަށްދާން ފުރުސަތު ލިބުނެވެ.

ބެންގަލޫރު ޓީމުގެ ބޯލަރު، ޔަޝް ދަޔާލް ވިކެޓެއް ނެގުމަށް ފަހު އުފާފާޅުކުރަނީ.

މެޗުގެ ފަހު ކޮޅުގައި، ޗެންނާއި އިން ފެނުނީ ތަޖުރިބާކާރު ޕާޓްނާޝިޕް އެކެވެ. އެއީ މަހިންދުރަ ސިންގް ދޯނީ އާއި ރަވިންދުރަ ޖަދޭޖާ އެވެ. ފަހު އޯވަރުގެ ފުރަތަމަ ބޯޅައިން ދޯނީ ވަނީ ހަޔަކަށް ޖަހައިފަ އެވެ. އެކަމަކު، ޖެހިގެން އައި ބޯޅައިގައި ދޯނީ ނުބައިވިއިރު، ބެންގަލޫރަށް އުންމީދު ބޮޑުވި އެވެ. އޭގެ ކުރިން އެ ޓީމުން ކުޅުނީ ޕްރެޝަރުގަ އެވެ. އެކަމަކު، މި އޯވަރުގައި ބެންގަލޫރުން އުކި، ޔަޝް ދަޔާލްގެ މޮޅު ކުޅުމާ އެކު، އެ ޓީމު މެޗުން މޮޅުވީ އެވެ.

މި އިނިންސްގައި، ބެންގަލޫރުގެ ތަރި، ފާފް ވަނީ މޮޅު ދެ ބޯޅަ ހިފައިފަ އެވެ. އެ ގޮތުން، އެއް އަތުން، މިޓްޗެލް ސެޓްނާ ޖެހި ބޯޅަ ހިފުމަކީ، މެޗުގެ އޮއެވަރު ބަދަލުވި ހިސާބެވެ. އަނެއްކޮޅުން، މި މެޗުގައި ބެންގަލޫރު މޮޅުކޮށްދޭން އެންމެ ރަނގަޅަށް ކުޅުނު ޔަޝް ދަޔާލް ފަހު ކޮޅުގައި، ފޯމުގައި ބެހެއްޓުމުގައި ފާފްގެ ރަނގަޅު ނިންމުންތައް މުހިންމު ދައުރެއް އަދާކުރި އެވެ.

ބެންގަލޫރު ހަތަރު ވަނަ ހޯދި، ޕްލޭއޮފަށް ދިޔައީ ނެޓް ރަން ރޭޓްގެ ތަފާތުންނެވެ. ހަތަރު ވަނައިގައި އޮތް ބެންގަލޫރާއި ފަސް ވަނައިގައި އޮތް ޗެންނާއި އާއި ހަ ވަނައިގައި އޮތް ދިއްލީ ކެޕިޓަލްސް އަދި ހަތް ވަނައިގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސް އަށް ވަނީ 14 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

ނެޓް ރަން ރޭޓަށް ބަލާއިރު، ބެންގަލޫރުގެ 0.459 އޮތްއިރު، ޗެންނާއިގެ އޮތީ، 0.392 އެވެ. ދިއްލީ އާއި ލަކްނައުގެ އޮތީ މައިނަސް ނެޓް ރަން ރޭޓެކެވެ.

ބެންގަލޫރުން މި ފަހަރުގެ އައިޕީއެލް ފެށީ ވަރަށް ދަށްކޮށެވެ. ފުރަތަމަ ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ތާވަލުގެ ފުލުގައި އޮތް ބެންގަލޫރު ހަތަރަކަށް އެރީ ޖެހިޖެހިގެން ހަ މެޗުން މޮޅުވެގެންނެވެ. އައިޕީއެލް ތާރީހުގައި ނުވަ ވަނަ ފަހަރަށް ބެންގަލޫރުން ޕްލޭއޮފަށް ދަތުރުކުރިއިރު، މި ފަަހަރު އެ ޓީމުން ހާސިލްކޮށްފައި މި ވަނީ ތަފާތު ކުރިއެރުމެކެވެ.

ޕްލޭއޮފުން އެއް ވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދީ ކަލްކަތާ ނައިޓް ރައިޑާސް އެވެ. ދެ ވަނައިގައި މި ވަގުތު ރާޖަސްތާން ރޯޔަލްސް އޮތްއިރު، ތިން ވަނައިގައި އޮތީ، ސަންރައިޒާސް ހައިދަރުއާބާދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox