އަލަވޭސް އަތުން ރެއާލަށް ފަސޭހަ މޮޅެއް

May 15, 2024, 8:52 AM
އަލަވޭސް އަތުން ރެއާލަށް ފަސޭހަ މޮޅެއް

މެޑްރިޑް (މެއި 15) - ސްޕެނިޝް ލީގުގައި ޗެމްޕިއަން ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޑިޕާޓިވޯ އަލަވޭސް އަތުން، 5-0 އޮމް ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗުގެ ކުރިން ރެއާލުން ވަނީ އެ ޓީމުން ކާމިޔާބުކުރި 36 ސްޕެނިޝް ލީގު ތަށި ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ.

މި މެޗުގެ 10 ވަނަ މިނެޓުގައި ރެއާލުން ވަނީ ގޯލު ޖަހާ ލީޑު ނަގާދީފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ޖޫޑް ބެލިންހަމް އެވެ. ޓޯނީ ކްރޫސް ދިން ޕާސް, ބެލިންހަމް ފޮނުވާލީ ކީޕަރު ބޯމަތިން ގޯލުުގެ ތެރެއަށެވެ. މިއީ ލީގުގައި އޭނާ ޖެހި 19 ވަނަ ލަނޑެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ ބެލިންހަމް އެވެ.

ރެއާލުގެ ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިނީޝިއުސް ޖޫނިއާ އެވެ. މިއީ އެޑްވާޑޯ ކަމަވިންގާގެ އެހީތެރިކަމާއެކު, ވިނީޝިއުސް ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ވަލްވާޑޭ އެވެ. މިއީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ވަލްވާޑޭ ކާމިޔާބުކުރި ގޯލެކެވެ.

ރެއާލުން މި މެޗުގަ ޖެހި ފަހު ދެ ގޯލު ޖެހީ ދެ ވަނަ ހާފުގެ ފަހު 20 މިނެޓުގެ ތެރޭގަ އެވެ. އެ ޓީމުގެ ހަތަރުވަނަ ގޯލު ޖެހީ ވެސް ވިނީޝިއުސް އެވެ. އަދި ފަސްވަނަ ގޯލު ޖެހީ އަރްދާ ގުލެއާ އެވެ. މިއީ ގުލެއާ ރެއާލަށް ޖަހާދިން ހަތަރު ވަނަ ގޯލެވެ.

ރޭގެ މެޗަށް ރެއާލުން ނުކުތްއިރު, މި ސީޒަނުގެ ބޮޑުބައިގައި އަނިޔާގައި ތިބި އެޑާ މިލިޓާއޯ އާއި, ކީޕަރު ކޯޓުއާ ވަނީ މި މެޗުގައި ފުލްކޮށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox