އިންޓަ މިލާނާ އެކު ކުރިއަށްގެންދިޔަ "ޕްލޭއިން ވިތު ކޮރަލްސް" ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބު

May 13, 2024, 3:57 PM
"ޕްލޭއިން ވިތު ކޮރަލްސް" ގެ އިވެންޓަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"ޕްލޭއިން ވިތު ކޮރަލްސް" ގެ އިވެންޓަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ފ. އަތޮޅުގައި މި މަހުގެ 06-12 އަށް ކުރިއަށް ގެންދިޔަ ޕްލެއިންގް ވިތް ކޮރަލް ޕްރޮގްރާމްގެ ފުރަތަމަ ބުރު ވަރަށް ކާމިޔާބު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

އިޓަލީ ފުޓްބޯޅައިގެ ގަދަބާރު، އިންޓަ މިލާން ފުޓްބޯޅަ ކުލަބާއި, އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ ބިކޯކާ އާއި ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަން ގުޅިގެން ފ. އަތޮޅުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް އެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 200 އެއްހާ ކުދިން ބައިވެރިވި އެވެ.

މިނިސްޓާ ރާފިއު ވިދާޅުވީ, މި ޕްރޮގްރާމާ އެކު, ކުދިންނަށް ކުޅިވަރުގެ ތެރެއިން ތިމާވެއްޓާއި, ފަރުތަކުގެ ވެށި ރައްކާތެރިކޮށްދޭން ދަސްކޮށްދޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް އޮތް ދެ އަހަރުގެ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި, މި ޕްރޮގްރާމްގެ ދަށުން 8,000 މުރަކަ, ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން އިންދުމަށް ނިންމާފައިވާ ކަމަށެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާފިއު ވިދާޅުވީ, ރާއްޖޭގެ ފަރުތައް އަލުން އިއާދަކުރުމަކީ ފަރުދުންގެ ޒިންމާ އެއް ކަމަށާއި, މިކަން އެކަނި ކުރުމަކީ ކުދިންގެ ޝައުގުވެރިކަން ޖައްސުވަން އުނދަގޫ ކަމެއް ކަމަށެވެ. އެހެންވެ, މި ޕްރޮގްރާމްގެ ދަށުން ފުޓުބޯޅައިގެ ތެރެއިން ކުދިންނަށް ފަރުތަކުގެ މުހިންމުކާއި, އެކަމުގެ އިލްމު އުނގަންނައިދޭން ދަސްކޮށްދޭނެ ކަމަށެވެ.

މި ޕްރޮގްރާމް އިތުރު އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ވެސް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ރާފިއު ވަނީ ވިދާޅުވެފަ އެވެ.

އިންޓަ މިލާނުން މިހާރުވެސް އަންނަނީ ދުނިޔޭގެ 30 ގައުމެއްގައި ޔޫތު ލެވަލްގެ ކުޅުންތެރިން ތަމްރީނު ކުރަމުންނެވެ. ރާއްޖޭގައި މި ފެށި ޕްރޮގްރާމްއާ އެކު, އެ ކުލަބުން ތަމްރީނުކުރާ ގައުމުތަކުގެ އަދަދު 31 އަށް އަރާނެ އެވެ.

"ޕްލޭއިން ވިތު ކޮރަލްސް" ދެ ބަޔަކަށް ބެހޭނެ އެވެ. އެ ގޮތުން ފުރަތަމަ ބަޔަކީ، ކަނޑުފަޅާއި އެ ތަންތަނުގެ ދިރުންތަށް ހިމާޔަތްކުރުމާއި ރައްކާތެރިކޮށް ދިރުވާއާލާކުރުމާއި ގުޅޭގޮތުން ކުދިންގެ މެދުގައި، ހޭލުންތެރިކަން އިތުރުކޮށްދޭން ކުރެވޭ ކަމެކެވެ.

ދެ ވަނަ ބައި ބިނާވެފައި އޮތީ، އިންޓަގެ މައިގަނޑު އެއް ފޯކަސް ކަމަށްވާ ފުޓްބޯޅައާ އެވެ. އެ ގޮތުން، ފުޓްބޯޅަކުޅުމުގެ ހުނަރުތަށް ކުދިންނަށް ދަސްކޮށްދިނުމާއި ކުޅިވަރުގެ ތެރެއިން ފަރުދީ އަދި އިޖުތިމާޢި ކަންކަން އަށަގެންނެވުމަށް މަސައްކަތް ކުރުމެވެ.

މީގެ އިތުރުން "ޕްލޭއިން ވިތު ކޮރަލްސް"ގެ ތެރެއިން، ފ. އަތޮޅުގެ ކޮންމެ ރަށަކުން ހަތަރު ޓްރެއިނަރުން ތަމްރީން ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން، ބިކޯކާ ޔުނިވާސިޓީ އާއި އިންޓަގެ ރޭވުމާ އެއް ގޮތަށް، ޕްރޮރާމްތަކެއް ބައްޓަންކޮށް، އެކި ރަށްރަށުން ނަގާފައިވާ ކުދިންނަށް ޓްރެއިނަރުން މެދުވެރިކޮށް ތަމްރީނުތައް ދިނުމެވެ.

އިންޓަގެ ކެމްޕަސްގެ ހާއްސަ ކަރިކިއުލަމްގެ ތެރެއިން ތައްޔާރުކޮށްފައިވާ މި ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން ކޮންމެ އަހަރަކު ކޮންމެ ރަށަކުން 20 ކުދިން ބައިވެރިކުރާނެ އެވެ. އެއީ ދެ ޖިންސުން ވެސް ކުދިންނަށް ފުރުސަތު ފަހިވާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox