ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ނުލިބޭނެ

May 2, 2024, 4:22 AM
ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ނުލިބޭނެ

ލަންޑަން (މެއި 2) - އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ވަނައިގައި ނިންމާ ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބުމަށް އޮތް ދޮރު ބަންދުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ރޭ ޕީއެސްޖީ އަތުން މޮޅުވުމާ އެކު، މި ނަތީޖާ އިން ޔޫރަޕްގެ މުބާރާތަކުގައި ޖަރުމަނުގެ ކްލަބްތަކުގެ އިންޑެކްސް ވަނީ މައްޗަށް ޖެހިލައިފަ އެވެ. މިއާ އެކު، އިޓަލީ އެކޭ އެއް ގޮތަށް ޖަރުމަނަށް ވެސް ވަނީ ޗެމްޕިއަންސް ލީގުން ފަސް ވަނަ ޖާގައެއް ލިބިފަ އެވެ.

ޖަރުމަނަށް އިތުރު ޖާގައެއް ލިބުމާ އެކު، ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ދާ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގަ ލިބެން އޮތް މަގު ބަންދުވީ އެވެ. އެއީ، ޑޯޓްމަންޑުން ރޭ ހޯދި ނަތީޖާއާ އެކު، ޖަރުމަނު ކްލަބްތަކުގެ އިންޑެކްސް ވަނީ 18.356 އަށް އަރައިފަ އެވެ. ޔޫރަޕްގައި މި ވަގުތު އޮތް ހަމައެކަނި އިނގިރޭސި ކްލަބް، އެސްޓަން ވިލާ އިން ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި ހޯދިޔަސް، އިނގިރޭސި ޓީމުތަކަށް ހޯދޭނެ އިންޑެކްސް އަކީ، 18.25 އެވެ. އެހެންކަމަށް ވުމާ އެކު، ދެން އިނގިރޭސި ޓީމުތަކަށް އިތުރަށް ޔޫރަޕްގެ މަތީ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތުން ލިބޭނެ ޖާގައެއް ނެތެވެ.

އިޓަލީ އާއި ޖަރުމަނަށް ޗެމްޕިއަންސް ލީގުގެ ހަ ވަނަ ޖާގައެއް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ، ޑޯޓްމަންޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ޖަރުމަނު ލީގުގެ ގަދަ ފަހަކުން ބޭރުން ސީޒަން ނިންމުމާއި، އެޓަލަންޓާ ނޫނީ ރޯމާ އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ އެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން، އޮޓޮމެޓިކުން ޖެހިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox