ކޭއެލް ރާހުލް އަށް ފުރުސަތެއް ނެތް، ޕާންޓް ވޯލްޑް ކަޕް ސްކޮޑަށް

May 1, 2024, 5:57 AM
ކޭއެލް ރާހުލް އަށް ފުރުސަތެއް ނެތް، ޕާންޓް ވޯލްޑް ކަޕް ސްކޮޑަށް

ނިއު ދިއްލީ، އިންޑިއާ (މެއި 1) - އަންނަ މަހު ފަށާ ޓީ20 ކްރިކެޓް ވޯލްޑް ކަޕަށް އިންޑިއާ އިން ނެގި ސްކޮޑުން، ދިއްލީ ކެޕިޓަލްސްގެ ކެޕްޓަން، ރިޝަބް ޕާންޓް އަށް ފުރުސަތު ދިންއިރު، ލަކްނައު ސުޕަ ޖަޔަންޓްސްގެ ކެޕްޓަން، ކޭއެލް ރާހުލް ސްކޮޑުން ބާކީކޮށްފި އެވެ.

ވިކެޓްކީޕަރެއްގެ ގޮތުުގައި ވެސް ތަފާތު ދައްކާ، ޕާންޓް، 26، ސީރިއަސް އަނިޔާތަކަކަށް ފަހު، ކުޅުމަށް އެނބުރި އައީ މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގަ އެވެ. އެއީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގެ ސަބަބުން ލިބުނު އަނިޔާ އިން ރަނގަޅުވާން ނެގި އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު އެވެ.

ޕާންޓް ވަނީ، މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގައި ކުޅުނު 11 މެޗުން 398 ލަނޑު ހަދައިފަ އެވެ.

އިންޑިއާ ސްކޮޑާއި ރިޒާވް ކުޅުންތެރިންގެ ތެރެއިން ވެސް ފުރުސަތު ނުލިބުނު މަޝްހޫރު ކުޅުންތެރިއަކީ، ކޭއެލް ރާހުލް އެވެ. އިންޑިއަން ޕްރިމިއާ ލީގުގައި މި ފަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޭއެލް ރާހުލްގެ ބަދަލުގައި އިންޑިއާ ސްކޮޑަށް ނެގީ، ރާޖަސްތާން ރޯޔަލްސްގެ ކެޕްޓަން، ސަންޖޫ ސެމްސަން އެވެ.

ސަންޖޫގެ ކެޕްޓަންކަމުގައި ރާޖަސްތާން މި ވަގުތު އޮތީ އިންޑިއަން ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނައިގަ އެވެ.

އަމިއްލަ ސަަބަބުތަކާ ހުރެ، އެންމެ ފަހުން ނެގި އިންޑިއާ ސްކޮޑުން ވަކިވި، ވިރާތު ކޯލީ އަށް މި ފަހަރުގެ ޓީމުން ވަނީ ފުރުސަތު ދީފަ އެވެ. އެކަމަކު، ގުޖުރާތު ޓައިޓަންސްގެ ކެޕްޓަން، ޝުބްމަން ގިލް ލައްވާލީ ރިޒާވް ކުޅުންތެރިންގެ ތެރޭގަ އެވެ.

އިންޑިއާ ޓީމުގެ ކެޕްޓަނަކަށް ރޯހިތު ޝަރްމާ ހަމަޖެއްސިއިރު، ވައިސް ކެޕްޓަނަކީ، 10 އަހަރަށް ފަހު ރޯހިތު އަތުން މުމްބައި އިންޑިއަންސް ކެޕްޓަންކަން ނެގުމަށް ފަހު، އެ މަގާމު ދިން، ހާޑިކް ޕާންޑްޔާ އެވެ.

ވެސްޓް އިންޑީސް އާއި އެމެރިކާގައި ކުރިއަށްދާ މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން ފަސް ވަނަ ދުވަހު އަޔަލެންޑާ ދެކޮޅަށެވެ. އިންޑިއާގެ އެންމެ ފޯރިގަދަ ކުރިމަތިލުމަކަށް ވާނީ ޖޫން ނުވަ ވަނަ ދުވަހު ޕާކިސްތާނާ ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox