ސީދާ ރައީސްއާ ސުވާލު ކުރެވޭ "ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހުކޮށްފި

ރައީސް މުއިއްޒުއާ ސުވާލު ކުރެވޭ ޕަބްލިކް ފޯރަމްގެ ތެރެއިން. -- ފޮޓޯ؛ ރައީސް އޮފީސް

ރައީސް މުއިއްޒުއާ ސުވާލު ކުރެވޭ ޕަބްލިކް ފޯރަމްގެ ތެރެއިން. -- ފޮޓޯ؛ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ސީދާ ސުވާލު ކުރެވޭ "ރައްޔިތުންގެ އަޑު" ޕޯޓަލް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޕަބްލިކް ފޯރަމްގައި އިފްތިތާހުކޮށްފި އެވެ.

އީފާސް ބޭނުންކޮށްގެން ލޮގިން ކުރެވޭ މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކާއި، ޝަކުވާތަކުގެ އިތުރުން ބޭނުންވާ ހިޔާލުތައްވެސް ސީދާ ރައީސްއަށް ހުށަހެޅެ އެވެ.

ޕޯޓަލް އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހާދިމެއް ގޮތަށް މަސައްކަތް ކުރާއިރު ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް މަގު ފަހި ކުރަން ޖެހޭނެ ކަމަށާއި، އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއް އެމަނިކުފާނު ކައިރިން އެއްސެވޭނެ ކަމަށެވެ.

"ޕޯޓަލްއަށް ފޮނުވާ ސުވާލުތަކަށް ޖަވާބު ދޭނީ އަޅުގަނޑު. ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ގާއިމުކުރާނެ ކަމަށް އަޅުގަނޑު ވައުދުވީ. ޖަވާބު ދޭނަން އިރާދަކުރެއްވިޔާމުން. ޖަވާބު ނުދީ ކަންކަން ވާނުވާ ނޭގޭ ގޮތަކަށް އޮތުމަކީ އަޅުގަނޑު ކުރާ ހަމައެއް ނޫން," ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ފުރުސަތުގެ ބޭނުން ހިފުމަށް އެދޭކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ފުރުސަތުގެ ބޭނުން ހިފައިފިނަމަ އޮޅުން ނުފިލައި އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ލިބޭނީ ހަގީގީ ތެދު މައުލޫމާތު ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސްއަށް ހުށަހެޅޭ ގޮތަށް ހާއްސަ ޕޯޓަލްއެއް ހަދަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މި މަހު ރިޔާސީ ބަޔާން އިއްވަމުންނެވެ.

ރިޔާސީ ބަޔާނުގައި ރައްޔިތުންނާ އަދި މީޑިއާތަކާ ވީހާވެސް ގާތުން މަސައްކަތް ކުރަން ބޭނުންވާކަން ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނެއް ނެތި 50 އަށްވުރެ ގިނަ ދުވަސް ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ނޫސްވެރިން އަންނަނީ ފާޅު ކުރަމުންނެވެ.

މީގެއިތުރުން ނޫސްވެރިން ބޭނުންވާ ސުވާލުތަކަށް މިނިސްޓްރީތަކުން އަދި ރައީސް އޮފީހުން ލިބުމަށް ދަތިތައް ކުރިމަތިވާއިރު، ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޭނުންވާ ސުވާލުތަކަށް ޖަވާބު ލިބޭތީވެސް ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox