ގެދޮރުވެރިޔާ ފްލެޓުތަކަށް އަންނަ އަހަރުގެ ނިޔަލަށް ވަދެވޭނެ: ހައުސިން މިނިސްޓްރީ

Nov 7, 2023, 3:52 PM
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް. ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް. ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ ފްލެޓުތަކަށް އަންނަ 2024 ވަނަ އަހަރުގެ ނިޔަލަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ފްލެޓުތަކާ ގުޅިގެން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ފްލެޓުތަކުގެ މަސައްކަތްތައް ނިމެމުންދާ ވަރަކުން ފްލެޓުތައް ހަވާލުކޮށް މީހުންނަށް އެތަންތަނަށް ވަދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"2024 ނިމޭ ތަނުގައި ހުރިހާ ފްލެޓަކަށް ވަދެވޭނެ. މިއަންނަ އަހަރު ނިމޭ އިރަށް ހުރިހާ ފްލެޓަކަށް ވަދެ ނިމޭނެ. އެކި ބައިބަޔަށް ނިމެމުން އެދަނީ. ނިމުނު ވަރަކަށް ވަދެވޭ ގޮތަށް ހަމަޖައްސާފައި އޮންނާނީ," ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާމަން ކަން ވެސް ކުރައްވާ އަކްރަމް ވިދާޅުވި އެވެ.

Advertisement

އޭގެ އިތުރުން, މި ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރިއިރު ރަށްރަށުގައި ދިރިއުޅުމުންދާ މީހުންނަށް ވެސް ފްލެޓު ލިބިފައިވާ ކަމަށް ބުނެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވެސް ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވެސް ވާހަކަ ދެއްކެވި އެވެ.

"މާލޭގައި 15 އަހަރު ދިރިނޫޅުއްވާ ބޭފުޅަކަށަ ނުވަތަ ރަށްފުށުގައި ދިރިއުޅުއްވާ ބޭފުޅަކަށް ފްލެޓް ދެވިފައި އޮތް ކަމަށް ވާނަމަ އެކަން ވެސް އިސްލާހު ކުރާނަން," މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވި އެވެ.

އެގޮތުން, ސްކީމު ފަރުމާކޮށްފައިވާ ގޮތުން ދަފްތަރުގައި 15 އަހަރު ޖެހިފައިވާ މީހަކު ރަށްފުށުގައި ދިރިއުޅުނު ނަމަވެސް އެ މީހަކަށް ކުރިމަތިލުމުގެ ހުރަހެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި, އެހެން ހުރި ޝަކުވާތަކާއި އެހެނިހެން ޝަކުވާތައް ވެސް އެ މިނިސްޓްރީން ބަލާނެ ކަމަށް އާރިފް ވިދާޅުވި އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓު އެކުލަވާލުމުގައި އިހުމާލުވެފައި ނުވާނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓްރީން މިއަދު އަނެއްކާ ވެސް ދީފައިވެ އެވެ. އެގޮތުން, އަކްރަމް ވިދާޅުވީ ފްލެޓް ދިން ގޮތާއި މެދު, އާ ސަރުކާރުން އައިސް ފިޔަވަޅު އަޅާނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

"އެ ގެރެންޓީ އެބަ އޮތް. އިއްޔެ އޭސީސީގެ ބޭފުޅުން ވަޑައިގެން ބެއްލެވި އެއްޗެހި. އަޅުގަނޑަށް ފެންނަ ގޮތުގައި އެބޭފުޅުން ވަރަށް ހިތްހަމަޖެހިވަޑައިގެންނެވި. ނުދައްކާ އެއްވެސް އެއްޗެއް ނޯންނާނެ, ހުރިހާ އެއްޗެއް ބެއްލެވި," އަކްރަމް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނާ ނަމަވެސް ފުރަތަމަ ދޭ 4000 ފްލެޓުގެ ތެރޭގައި ނުހިމެނޭ މީހުންނަށް ވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ.

ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox