އޮކްޓޯބަރުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެ: ބޮސްކާލިސް

ހިއްކުމުގެ މަސައްކަތް ކުރަމުންދާ ގިރާވަރުފަޅު -- ފޮޓޯ: މިރާޝް/ އަދަދު

ހިއްކުމުގެ މަސައްކަތް ކުރަމުންދާ ގިރާވަރުފަޅު -- ފޮޓޯ: މިރާޝް/ އަދަދު

އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމުގެ ޔަގީންކަން އެ މަސައްކަތް ކުރާ ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުނިން ދީފި އެވެ.

ގިރާވަރުފަޅުން ހިއްކާ ބިމުގައި ހުންނަވައި ސީއެމްސީ-ބޮސްކާލިސް ޖޮއިންޓް ވެންޗާގެ ޕްރޮޖެކްޓު މެނޭޖަރު، ހޫގޯ ވޭން ކުއީޖްލް އިއްޔެ ހަވީރު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި 24 ގަޑިއިރު ކުރިއަށް ގެންދާނެ ކަމަށެވެ. އެ ފަޅުން ހިއްކާ 169 ހެކްޓަރުގެ ބިން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. އެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ މޭ މަހު އެވެ.

ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނުން ތަރައްގީ ކުރާ ގިރާވަރުފަޅުން ބިންވެރިޔާ ސްކީމުގެ ދަށުން ދޭން ނިންމާފައިވާ 5,433 ގޯއްޗަށް ބޭނުންވަނީ 73 ހެކްޓަރުގެ ބިމެވެ.

ބޮސްކާލިސްގެ މެނޭޖަރު އަދި އަކްރަމް ކަމާލުއްދީން, ގިރާވަރުގެ ހިއްކި ބިމުގައި -- ފޮޓޯ: މިރާޝް/ އަދަދު
ބޮސްކާލިސްގެ މެނޭޖަރު އަދި އަކްރަމް ކަމާލުއްދީން, ގިރާވަރުގެ ހިއްކި ބިމުގައި -- ފޮޓޯ: މިރާޝް/ އަދަދު

ބޮސްކާލިސްގެ ޕްރޮޖެކްޓް މެނޭޖަރު އަދި އަކްރަމް ކަމާލުއްދީން, ގިރާވަރުގެ ހިއްކި ބިމުގައި -- ފޮޓޯ: ޝަހުޒާން/ އަދަދު

އެ ވާހަކައަށް ބާރުދެއްވައި ހައުސިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ، އަކްރަމް ކަމާލުއްދީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ހުރިހާ އެންމެންނަށް މި ދައުރު ނިމުމުގެ ކުރިން ގޯތިތައް ކަނޑާ ރެޖިސްޓަރީ ހަވާލުކުރާނެ ކަމަށެވެ.

"މިހާރު އެދަނީ ހިއްކަމުން ހިއްކަމުން. ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތުން ނޮވެމްބަރު 11ގެ ކުރިން ގޯތި ކަނޑާ, ގޯތީގެ ރަޖިސްޓްރީ ކޮންމެ ބިންވެރިއަކަށް ދޭނެ،" އަކްރަމް ވިދާޅުވި އެވެ.

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް  ކުރިއަށް ދަނީ -- ފޮޓޯ: މިރާޝް/ އަދަދު
ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: މިރާޝް/ އަދަދު

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: މިރާޝް/ އަދަދު

ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.

ގިރާވަރުފަޅުގެ އިތުރުން ގުޅީފަޅުން ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ގުޅީފަޅުން ހިއްކާފައިވާ ބިމުން ގާތްގަނޑަކަށް 400 އެއްހައި ގޯތި މިހާރު ވެސް ދެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތަށް ފަހު، ގިރާވަރާ ބްރިޖު ގުޅާލުން ވަކި މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox