ގޯތީގެ ގުރުއަތަށް ނާންނަ މީހުންގެ ބަދަލުގައި އޮފިޝަލުން ގުރު ނުނަގާނެ

ގޯތީގެ ގުރު މީހަކު ނަގަނީ. އަދިވެސް ގަލޮޅު ދަނޑުގައި ގުރު ނެގުމުގެ ކަންކަން ދަނީ ކުރަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގޯތީގެ ގުރު މީހަކު ނަގަނީ. އަދިވެސް ގަލޮޅު ދަނޑުގައި ގުރު ނެގުމުގެ ކަންކަން ދަނީ ކުރަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތަށް ހާޒިރު ނުވާ މީހެއްގެ ބަދަލުގައި އެއްވެސް އޮފިޝަލަކު ގުރުއަތުު ނުނަގާނެ ކަމަށާއި އެ މީހަކަށް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތީގެ ގުރުއަތު ނެގުމާއި ގުޅޭގޮތުން މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ގުރުއަތު ނެގުމަށް ދީފައިވާ ގަޑިއަށް އެއްވެސް މީހަކު ހާޒިރު ނުވެއްޖެ ނަމަ އެމީހެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ މިނިސްޓްރީގެ އޮފިޝަލެކެވެ. އެއީ ގުރުއަތު ނެގުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.

މިނިސްޓްރީން އެގޮތައް ނިންމާފައިވަނީ ގޯތި ދިނުމުގައި މަކަރު ހަދައި އޮޅުވާލުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް, މިނިސްޓްރީގެ އެ ނިންމުން ބަދަލުކޮށް ގުރުއަތު ނެގުމުގައި އޮފިޝަލުން ބައިވެރިނުވާން ނިންމާފައިވާ ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ރޭ ވިދާޅުވި އެވެ.

އަދި, މިނިސްޓްރީން ކަނޑައަޅާ ގަޑިއަށް މީހަކު ހާޒިރު ނުވާ ހާލަތުގައި އެމީހެއްގެ ގުރުއަތު ނެގުން ރީ ޝެޑިއުލްކުުރުމަށް ފަހު ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި އެގޮތައް ނިންމީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ގުރުއަތު ނެގުމުގެ ކަންތައް ކުރިއަށްގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތީ
ގޯތީ

ގޯތީގެ ގުރުނެގުން ކުރިއަށްދާގޮތާ ގުޅޭގޮތުން އާރިފް މީޑިއާ އަށް މައުލޫމަތު ދެއްވަނީ، ވިދާޅުވީ ގޯތީގެ ގުރުނެގުމަށް ހާޒިރުނުވާ މީހުންގެ ބަދަލުގައި އޮފިޝަލުން ގުރު ނުނަގާނެ ކަމަށް --- ފޮޓޯ:އިޔާން/އަދަދު

"މިއީ ވަރަށް ހައްސާސް މައްސަލައެއް. އަޅުގަނޑުމެން ތިން ސަރަހައްދަކުން ގޯތި މި ދެނީ. އެހެންވެ އަޅުގަނޑުމެން ބޭނުންވީ އިތުރަށްވެސް އެބޭފުޅަކު އައިސް އެ ބޭފުޅެއްގެ އަތުން ގުރުއަތު ނެގުމުގެ ފުރުސަތު ދޭން," އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ މިހާތަނަށް ގުރުއަތު ނެގުމަށް ހާޒިރު ނުވި އެއްވެސް މީހެއްގެ ބަދަލުގައި އޮފިޝަލަކު ގުރުއަތު ނަގާފައި ނުވާނެ ކަމަށާއި ގުރުއަތު ނެގުން ނިމިފައިވާ ސަރަހައްދުތަކުގެ ފޮށިތަކުގައި އެގޮތަށް ހާޒިރު ނުވި މީހުންގެ ގަނޑުކޮޅުތައް މިހާރުވެސް ހުންނާނެ ކަމަށެވެ. އަދި, ގުރުއަތު ނެގުން ކުރިއަށްގެންގޮސް އެންމެ ފަހު ދުވަހު އެ ފަރާތްތަކަށް އަލުން ގުރުއަތު ނެގުމަށް ގަޑިތަކެއް ކަނޑައަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ފުރަަތަމަ ދުވަހުވެސް އަޅުގަނޑުމެން ނާންނަ އެއްވެސް ބޭފުޅެއްގެ ގުރު ނުނަގަން. މިތަނަށް ނާންނަ އެއްވެސް ބޭފުޅެއްގެ ބަދަލުގައި ގުރު ނަގާފައި ނުވާނެ. ހުސްވެފަ ހުރި ފޮށިތަކުން އެ ފެންނަނީ ނާންނަ ބޭފުޅުންގެ ކަރުދާސް" އާރިފް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުނެގުން ގަލޮޅު ދަނޑުގައި މިހާރުވެސް ކުރިއަށްދާއިރު ގުރުއަތުލުން ނިންމާލެވޭނީ މާދަމާ ރޭ 19:00 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ގޯތި ގުރުގައި މަކަރު ހަދަމުންދާ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރިނަމަވެސް ގުރުގައި މަކަރު ހެދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.

އެގޮތުން ގުރުއަތު ކަރުދާސް އަޅާފައި ހުންނަ ފޮށިތަކުގެ ސީލް ކެނޑުމާއި ބަންދުކޮށް އަލުން ސީލްކުރަނީީ އެވަގުތު ތިބި ބައެއްގެ ހާޒިރުގައި ކަމަށާއި ފުލުހުންނާއި މިނިސްޓްރީގެ މުވައްޒަފުން އެ ފޮށިތައް 24 ގަޑިއިރު ބަލަމުންދާ ކަމަށް މިިނިސްޓްރީން ބުންޏެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެއާއިި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox