ވިޒިޓް މޯލްޑިވްސް ޕްރޯ: ދިޔަވަރު ބޮޑުކަމުން މެންދުރު ފަހު ހީޓުތައް ކުރިއަށް ނުގެންދެވުނު!

Aug 6, 2023, 3:56 AM
ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ހީޓެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ހީޓެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގައި މިއަދު ފެށި ވިޒިޓް މޯލްޑިވްސް ޕްރޯގެ މެންދުރު ފަހުގެ ހީޓުތައް ދިޔަވަރު ބޮޑުވެ ކުރިއަށްނުގެންދެވޭ ވަރުވުމުން ހުއްޓާލަން ޖެހިއްޖެ އެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ މުހިންމު މުބާރާތް މިއަދު ހެނދުނު ފެށީ ޖޫނިއާ ބައިގެ ހީޓުތަކުންނެވެ. ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހަތަރު ހީޓެއް މިއަދު ކުރިއަށްދިޔަ އެވެ.

ފުރަތަމަ ބުރުގެ ހީޓުތަކަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދައި ތިން ވަނަ ބުރުން ޖާގަ ހޯދީ މިދިޔަ އަހަރު ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ޚޯރްހޭ ހެނާންޑޭޒް އެވެ. އޭނާ ވަނީ ދެވަނަ ހީޓުގައި ސްޕެއިންގެ ގެބްރިއެލް މެންޑޯޒާ އާއި ހަވާއީގެ ކައިނަލޫ ޝިމް ބަލިކޮށްފަ އެވެ. ހޯރްހޭ 14.75 ސްކޯއެއް ހޯދިއިރު, މެންޑޯޒާ އަށް ހޯދުނީ 10.90 ގެ ސްކޯއެކެވެ. ޝިމް އަށް ލިބުނީ 9.35ގެ ސްކޯއެކެވެ.

ޖޫނިިއާ އެހެން ހީޓުތަކަށް ބަލާއިރު އޮސްޓްރޭލިއާގެ ރްޔާން ހިލް-ސްމިތު އާއި ސައުތު އެފްރިކާގެ ހޫގޯ ނައުޑޭ ވަނީ ފުރަތަމަ ހީޓުން ކުރި ހޯދައި ތިންވަނަ ބުރުން ޖާގަ ހޯދާފަ އެވެ. މި ހީޓުން ފަހަތަށް ދިޔަ ރާއްޖޭގެ އާމިން އުމަރު މޫސާ އާއި މުހައްމަދު ޖަރީޝް ދެން ވާދަކުރާނީ ދެވަނަ ބުރުގަ އެވެ.

ހީޓު ތިނަކުން ކުރި ހޯދައި ސްޕެއިންގެ އެލެގްޒަންޑާ މޮންޓޭސް އާއި ގަޑިއެލް ރުއާނޯ ތިންވަނަ ބުރުން ޖާގަ ހޯދިއިރު, ރާއްޖޭގެ މުހައްމަދު ޝިބްތު އާއި މޮރޮކޯގެ ސަލޭ ބެލްހާޖް ވާދަކުރަން ޖެހެނީ ދެވަނަ ބުރުގަ އެވެ.

ހީޓު ހަތަރެއްގައި ވާދަކޮށް ބްރެޒިލްގެ ގުއިލަމޭ މޮންޓެނީގްރޯއާއިއެކު ރާއްޖޭގެ އިޔާން އަހުމަދު ތިންވަނަ ބުރަށް ކޮލިފައިވި އެވެ. މި ހީޓުގެ ތިންވަނަ ޕޯޗުގަލްގެ އެޑުއާޑޯ މަކޭޑޯ އަށް ލިބުނުއިރު ފުލަށް ދިޔައީ ރާއްޖޭގެ މުހައްމަދު އަޒާން އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ތިންވަނަ ބުރުން ޖާގަ ހޯދުމަށްފަހު ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އިޔާން އަހުމަދު އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ތިންވަނަ ބުރުން ޖާގަ ހޯދުމަށްފަހު ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އިޔާން އަހުމަދު އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ތިންވަނަ ބުރުން ޖާގަ ހޯދުމަށްފަހު ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އިޔާން އަހުމަދު އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަންހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ ކޮންމެ ހީޓަކުން ކުރި ހޯދި ދެ ބައިވެރިން ވަނީ ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ. މިގޮތުން ހީޓު އެކަކުން ބްރެޒިލްގެ ލޫނާ ހާޑްމަން, ޕޯޓޯރިކޯގެ މަރީ ގްރާންޑޭ ދެވަނަ ބުރަށް ކޮލިފައިވިއިރު, ފްރާންސްގެ އެމިލީން ލުއީސީ ވަނީ ކަޓާފަ އެވެ.

ހީޓު ދޭކުން ސައުތު އެފްރިކާގެ ޕަމޭލާ ބައުރެން އާއި ޖަޕާންގެ ޔޫކާ ނިޝިމޫރާ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ. މި ހީޓުން ކެޓީ ބްރެޒިލްގެ މޭލާ ވެންޓޫރިން އެވެ.

ހީޓު ތިނަކުން ދެވަނަ ބުރުގެ ޖާގަ ހޯދީ ޕޯޗުގަލްގެ މަރިއާނާ ރޯސާ އާއި ޖަޕާންގެ ނަމިކާ ޔަމަޝީޓާ އެވެ. މި ހީޓުން ފުލަށްގޮސް ކެޓީ ކައިރާ ޝިރަހާސޭ އެވެ.

ޑްރޮޕް ނީ ބައިގައި މިއަދު ފުރަތަމަ ބުރުގެ ހަތަރު ހީޓެއް ކުރިއަށްދިޔަ އެވެ. މި ހީޓުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޗެމްޕިއަން ޑޭވިޑް ހަބާޑް ފެނުނީ ވަރުގަދަކޮށެވެ. ދުނިޔޭގެ މަޝްހޫރު ބޮޑީބޯޑަރު އިއާން ކެމްބެލް އާއި ފްރާންސްގެ އޮލިވިއާ ވާދަކުރި ހީޓުން ޑޭވިޑް އެއްވަނަ ހޯދީ 15.00ގެ ސްކޯއަކުންނެވެ.

ޑްރޮޕް ނީ ބައިގައި ދެން އެންމެ ބޮޑު ތަފާތެއް ދެއްކީ ފްރާންސްގެ އަމައުރީ ލެވާން އެވެ. އޭނާ ވަނީ 12.00ގެ ސްކޯއެއް ހޯދާފަ އެވެ. މީގެ އިތުރުން ހީޓު ތިނެއްގައި ހަވާއީގެ ސެމީ މޮރިއެންޓޯ އާއި ފުރަތަމަ ހީޓުގައި ފްރާންސްގެ ޒިގީ ކަވިއާ ރަނގަޅު ހުނަރުތަކެއް ދެއްކި އެވެ.

ފިރިހެން އޯޕަން ބައިގައި މިއަދު ކުރިއަށްގެންދެވުނީ އެންމެ ހީޓެކެވެ. އެ ހީޓުން ކުރި ހޯދީ އޮސްޓްރޭލިއާގެ ކޭން ބްރޫވާ އާއި ފްރާންސްގެ ކްލެމެންޓް ކްލޯޑް އެވެ. ތިންވަނަ އަށްދިޔައީ ފްރާންސްގެ އޮލިވިއާ މަރިމޯޓޫ އެވެ.

ފިރިހެން ބައިގެ ފުރަތަމަ ހީޓަށްފަހު ދިޔަވަރު ބޮޑުވެ ހީޓުތައް ކުރިއަށް ނުގެންދެވޭ ވަރުވުމުން މިއަދަށް ނިންމާލި އެވެ.

ބްރިޖް ހިމެނޭ ސަރަހައްދުން ބޮޑު ތަކުރުފާނު މަގުން އުދަ އަރަމުންދާއިރު, ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މުބާރާތަށް ތައްޔާރުކޮށްފައި ހުރި ހިސާބުތަކަށްވެސް މިކަމުގެ ސަބަބުން އުނދަގޫތަކާ އަންނަނީ ކުރިމަތިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox