ކުލަގަދަކޮށް ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ފަށައިފި

Aug 5, 2023, 6:07 AM
ވިޒިޓް މޯލްޑިވްސް ޕްރޯ ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި ބޮޑީބޯޑިން ހަރަކާތް ކަަމަށްވާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގެ އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތްކަމަށްވާ ވިޒިޓް މޯލްޑިވްސް ޕްރޯ ކުރިއަށްދާނީ މިމަހުގެ 3-12 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ.

16 ގައުމަކުން 80އަށްވުރެ ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަޒްނާ އަހުމަދު ވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުންނާއިއެކު ވާދަކޮށް ރާއްޖޭގެ އެތުލީޓުން ހޯދަމުން އަންނަ ކުރިއެރުން ފާހަގަކުރައްވާފަ އެވެ. ގިނަ ބަޔަކު ރާޅާ އެޅުމުގެ ތެރެއަށް ވަންނަކަން ފާހަގަކުރައްވާ އެކަމަނާ ވަނީ ޖޫނިއާ ގިނަ ބޮޑީބޯޑަރުން މި ކުޅިވަރުން ފެނުމަކީ މި ކުޅިވަރުގެ ކުރިމަގަށް ކުރެވޭ އުއްމީދު ބޮޑުވާ ކަމެއްކަމަށެވެ.

މިއަހަރުގެ މުބާރާތަކީ ރާއްޖޭގައި މިދިޔަ އަހަރު ބޭއްވުނު ވިޒިޓް މޯލްޑިވްސް ޕްރޯއަށްވުރެ ފޯރިގަދަ އަދި ވާދަވެރި މުބާރާތަކަށްވާނެކަމަށް ބެލެވެ އެވެ. މިގޮތުން މިއަހަރު މިދިޔަ އަހަރަށްވުރެ ބައިވެރިން ވާދަކުރާ އަދަދު ދެ ގުނަ ބޮޑެވެ.

މިއަހަރުގެ މުބާރާތުގައިވެސް ހަތަރު ކެޓަގަރީއެއް އޮންނާނެ އެވެ. އެއީ މެންސް އޯޕަން، ވިމެންސް އޯޕަން، ޑްރޮޕް ނީ އަދި ޖޫނިއާ ކެޓަގަރީ އެވެ. ހަތަރު ކެޓަގަރީގައިވެސް މިދިޔަ އަހަރަށްވުރެ ބައިވެރިން އިތުރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އެންމެ މަދުން ބައިނަލްއަގްވާމީ ސާފަރުން ވާދަކުރީ ޖޫނިއާ ބައިގަ އެވެ. އެހެންނަމަވެސް މިފަހަރު އެހެން ޑިވިޝަންތަކެކޭ އެއްގޮތަށް ޖޫނިއާ ބަޔަށްވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

މިއަހަރުގެ މުބާރާތް ރާއްޖޭގެ ބޮޑީބޯޑިންއަށް ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މިދިޔަ އަހަރަށްވުރެ ފުރިހަމަ މުބާރާތެއް މިއަހަރު ގެނެސްދޭން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މަސައްކަތްކުރަމުން އަންނައިރު، މިފަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ ހަތަރު ޖަޖުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި އަންހެން ޖަޖެއްވެސް ހިމެނެ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ 14 ބޮޑީބޯޑަރަކު ވާދަކުރާނެ އެވެ. ވައިލްޑް ކާޑް ދެ އެތުލީޓުންގެ ގޮތުގައި މިފަހަރު އާމިން އުމަރު މޫސާ އާއި އަލީ ހުޝްރުވާން އަހުމަދުއަށް އެޑްވާންޓޭޖެއް ލިބޭނެއެވެ. މިގޮތުން އޯޕަން ބައިގައި އައްޔަ ވާދަކުރަން ފަށާނީ ގަދަ 32 އާ ހިސާބުންނެވެ. އަދި ޖޫނިއާ ބައިގައިވެސް އާމިން ވާދަކުރާނީ ސީޑްކޮށްފައިވާ ބޮޑީބޯޑަރުންނާ ހިސާބުންނެވެ.

މީގެ އިތުރުން ކޮންމެ ކެޓަގަރީއަކުން ހަތަރު އެތުލީޓަކަށް އެމްބީބީއޭ އިން ވަނީ ފްރީ ޕާސް ދީފަ އެވެ. ފިރިހެން ބައިން ފްރީ ޕާސް ލިބުނީ ކުޑަ އައްޔަ، އާމިން، އަޝްރަފް ހަސަން، އަދި އަލީ ޖާވިދު އަށެވެ.

ޖޫނިއާ ބައިން ފްރީ ޕާސް ލިބުނީ އާމިން، އިޔާން އަހުމަދު، މުހައްމަދު ޖަރީޝް ޖިހާދު އަދި މުހައްމަދު ކައިފް އަށެވެ. ފްރީ ޕާސް ދިނުމުގައި ބަލާފައިވަނީ އެންމެ ފަހުން ނިމުނު ބުރުނު ޝިކާރު ޗެލެންޖުގެ ނަތީޖާތަކާއި ގައުމީ ޓީމުގެ ރޭންކިން އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox