ހުދު ފޮނުގެ ފެށުން ދުނިޔޭގެ ދެ ޗެމްޕިއަނުންނާ އެކު

Jul 30, 2023, 4:54 AM
ހުދު ފޮނުގެ ފެށުން ދުނިޔޭގެ ދެ ޗެމްޕިއަނުންނާ އެކު

ބޮޑީބޯޑިން އަށް ޝައުގުވެރިވާ ޒުވާން ބޮޑީބޯޑަރުން އުފެއްދުމުގެ މަގުސަދުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މުޅިން އަލަށް ކުރިއަށްގެންދާ ޕްރޮގްރާމް "ހުދު ފޮނު" ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބޮޑީބޯޑަރުންނާއިއެކު ކުރިއަށްގެންދާ ގޮތަށް ނިންމައިފި އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް އަމާޒުކޮށް އެމްބީބީއޭ އިން މިއަހަރު ކުރިއަށްގެންދަން ނިންމި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް "ހުދު ފޮނު" ޕްރޮގްރާމްގައި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންނަށް ބައިވެރިވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮގްރާމްގައި އަންހެން ކުދިންނަށް ވައިޑީޕީ ކްލިނިކް ހިންގައިދޭނީ ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލްގެ ނޭމަރާ ކަވާލިއޯ އެވެ. އަދި ފިރިހެން ކުދިންނަށް ކްލިނިކް ހިންގައިދޭނީ ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފްރާންސްގެ އަމައުރީ ލެވާން އެވެ.

2022ގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ތެރެއިން އަމައުރީ ކުރިއަށްދިޔަ ކޯޗިން ކްލިނިކްގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް/އަދަދު
2022ގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ތެރެއިން އަމައުރީ ކުރިއަށްދިޔަ ކޯޗިން ކްލިނިކްގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް/އަދަދު

2022ގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ތެރެއިން އަމައުރީ ކުރިއަށްދިޔަ ކޯޗިން ކްލިނިކްގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ނޭމަރާ އާއި އަމައުރީ އަކީ އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ފަށާ އައިބީސީ ވޯލްޑް ޓުއާގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރާ ދެ ބޮޑީބޯޑަރުންނެވެ. މީގެ ތެރެއިން އަމައުރީ އަކީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ އޯޕަން ބަޔާއި ޑްރޮޕް ނީ ބައިގެ ފައިނަލުގައިވެސް ވާދަކުރި ބޮޑީބޯޑަރެކެވެ.

ނޭމަރާ ވަނީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.

އަމައުރީ އާއި ނޭމަރާ ވަނީ މިދިޔަ އަހަރުވެސް ވައިޑީޕީ ކްލިނިކެއް ހިންގާފަ އެވެ. މާލޭގައި ކުރިއަށްދިޔަ މި ކްލިނިކްތަކުގައި ގިނަ ކުދިންތަކެއް ބައިވެރިވި އެވެ. މި ދެ ބޮޑީބޯޑަރުންގެ އިތުރުން ދުނިޔޭގެ ޑްރޮޕް ނީ ޗެމްޕިއަން ޑޭވިޑް ހަބާޑްވެސް ވަނީ މިދިޔަ އަހަރު ގައުމީ ޖޫނިއާ ޓީމަށް ކޯޗިން ކްލިނިކެއް ކުރިއަށްގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox