ވިޒިޓް މޯލްޑިވްސް ޕްރޯ 2023: މި އަހަރުގެ މުބާރާތް ދެ ގުނަ ފޯރިގަދަވާނެ ކަމަށް ޗިކޯ އުންމީދުކުރޭ

Jul 29, 2023, 5:18 AM
ޗިކޯ، "އަދަދު" އަށް އިންޓަވިއު ދެނީ: ވިޒިޓް މޯލްޑިވްސް ޕްރޯ މި ފަހަރު ވެސް ފެންވަރު ރަނގަޅުވާނެ ކަމަށް އޭނާ ގަބޫލުކުރޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަަދަދު

ޗިކޯ، "އަދަދު" އަށް އިންޓަވިއު ދެނީ: ވިޒިޓް މޯލްޑިވްސް ޕްރޯ މި ފަހަރު ވެސް ފެންވަރު ރަނގަޅުވާނެ ކަމަށް އޭނާ ގަބޫލުކުރޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަަދަދު

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގެ އެންމެ މުހިންމު މުބާރާތަކީ ރާއްޖޭގައި ބާއްވާ މޯލްޑިވްސް ޕްރޯ ކަމަށާއި މިއީ ދުނިޔޭގެ ޗެމްޕިއަން ކަނޑައެޅުމުގައި މުހިންމު މުބާރާތެއްކަމަށް އައިބީސީގެ ހެޑް ޖަޖް ބްރެޒިލްގެ ޗިކޯ ގަރިޓާނޯ ބުނެފި އެވެ.

އައިބީސީ ވޯލްޑް ޓޫއާގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" އަންނަ މަހުގެ 3-12 އަށް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި އޮންނާނެ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ފަށާފައިވާއިރު، މިއީ އައިބީސީގެ ވޯލްޑް ޓުއާގެ މުބާރާތެއް ބާއްވާ ދެ ވަނަ ފަހަރެވެ.

އައިބީސީގެ ހެޑް ޖަޖްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޗިކޯ ވަނީ މި އަހަރުގެ މުބާރާތަަކީ މިދިޔަ އަހަރަށް ވުރެ ދެ ގުނަ ފޯރިގަދަ އަދި "ބޮޑު" މުބާރާތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އޭނާ ބުނީ ރާއްޖެއިން މި މުބާރާތަށް ތައްޔާރުވާ މިންވަރާ އެއްވަރަށް އެތުލީޓުންނާއި އައިބީސީ އިން ވެސް މި މުބާރާތަށް ތައްޔާރުވާ ކަމަށެވެ.

"ރާއްޖެ އެނބުރި އާދެވުމަކީ ތަފާތު އުފާވެރި އިހުސާސެއް ކުރެވޭކަމެއް. މިދިޔަ އަހަރަށްވުރެ މިފަހަރު މި މުބާރާތުގެ ފޯރިގަދަވާނެ. ފެންވަރު ރަނގަޅުވާނެ. އަނެއްކާ މިހާރުވެސް މި މުބާރާތް އަހަރުމެންނަށް މި ފެންނަނީ ވަރަށް ބޮޑުކޮޮށް. ވަރަށް ބުރަ މަސައްކަތެއް އެމްބީބީއޭއިން މި ކުރަނީ. މިދިޔަ އަހަރަށްވުރެ ދެ ގުނަ ބޮޑުކޮށް މިފަހަރު މި މުބާރާތް ފެންނާނީ." ބްރެޒިލްގެ ޗިކޯ ބުންޏެވެ.

ރާއްޖޭގެ ޖަޖުންނަށް ބޭއްވި ސެމިނާގެ ތެރެއިން ޗިކޯ ބުނެދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭނާ ބުނީ ރާއްޖޭގެ މުބާރާތް މިދިޔަ އަހަރު ބެލި މީހުން ވެސް މިގައުމަށް އަންނަން ބޭނުންވި ކަމަށާއި، ރާއްޖޭގެ އިންތިޒާމުތަކާއި ކަންކަމަށް ބަލާއިރު މިދިޔަ އަހަރު ބޭއްވުނީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށެވެ. އޭނާ ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތުގައި ވެސް އިންތިޒާމްތަކުގެ ކޮލިޓީކަމާއި، ފެންވަރު ރަނގަޅުކަން ފެންނާނެ ކަމަށެވެ.

"އަހަރެން މިދިޔަ އަހަރުވެސް މުބާރާތް ފެށުމުގެ ކުރިން ބުނިން އައިބީސީ ޓުއާގެ އެންމެ ފެންވަރު ރަނގަޅު އެންމެ ސަޅި މުބާރާތަށް ރާއްޖޭގެ މުބާރާތް ވާނެއޭ. އެކަން ފެނުނު މުބާރާތް ނިމުނުއިރުވެސް." އައިބީސީ ވޯލްޑް ޓުއާގެ ހުރިހާ މުބާރާތެއްގައި ވެސް އިސް ޖަޖުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޗިކޯ ބުންޏެވެ.

އޭނާ ބުނީ ޓުއާގެ މެދުތެރެއިން ރާއްޖޭގައި މި މުބާރާތް އޮތުމަކީ މި މުބާރާތުގެ ފޯރިގަދަވާ އެއް ސަބަބުކަމަށެވެ. މިގޮތުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ބޮޑީބޯޑަކަރަކަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުވާކަމަށާއި، ދުނިޔޭގެ ތަށި ހޯދަން ބޭނުންވާ ނަމަ މި މުބާރާތުގައި ވާދަކޮށް ކާމިޔާބީ ހޯދުން މުހިންމު ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި މިދިޔަ އަހަރަށްވުރެ ގިނަ އެތުލީޓުން ވާދަކުރުމަކީ މިކަމުގެ ހެއްކެއްކަމަށްވެސް އޭނާ ބުންޏެވެ. މިގޮތުން މިދިޔަ އަހަރު ވާދަނުކުރާ ދުނިޔޭގެ ރޭންކިންގެ މަތީގައި އުޅޭ ގިނަ ބޮޑީބޯޑަރުންތަކެއް މިފަހަރުގެ މުބާރާތުގައި ވާދަކުރާކަން އޭނާ ފާހަގަކުރި އެވެ.

ޗިކޯ އިސްވެ، ބޭއްވި ޖަޖިން ކޯހުގެ ތެރެއިން އަންހެން ބޮޑީބޯޑަރު، ލުޖެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޗިކޯ ވަނީ ރާއްޖޭގައި ތިބި ބޯޑަރުންގެ ފެންވަރު ރަނގަޅުކަންވެސް ފާހަގަކޮށްފަ އެވެ. މިގޮތުން އެ ބޮޑީބޯޑަރުންނަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޯޑަރުންނާ ވާދަކޮށް ކާމިޔާބު ހޯދޭނެ އެތުލީޓުންކަންވެސް އޭނާ ފާހަގަކުރި އެވެ.

"ދިވެހިންގެ ފެންވަރުވެސް އަންނަނީ ރަނގަޅުވަމުން. މިއަހަރު އަހަންނަށް ޔަގީން އިތުރު ކާމިޔާބީ ހޯދާނެކަން. އަހަނަށް ބުނަން ކެރިދާނެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑީބޯޑަރެއް ދުނިޔޭގެ ތައްޓަށް ވާދަކުރާނެއޭ. މިއީ ޓުއާގެ މެދުތެރެ. އެހެންވީމަ މިއީ އެންމެ މުހިންމު މުބާރާތް. މި މުބާރާތް ކާމިޔާބުކުރާ މީހަކަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ބޮޑު. މިއީ އެންމެ ފުރިހަމަ އެންމެ ފޯރިގަދަ އެންމެ ވަރުގަދަ އިވެންޓަށްވާނެ." އޭނާ ބުންޏެވެ.

ޗިކޯ ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މުބާރާތް ފެށުމުގެ ކުރިން ބާއްވާ އައިބީސީ ޖަޖިން ކޯސް މި އަހަރު ވެސް ކުރިއަށްގެން ގޮސްފަ އެވެ. މާލޭގައި ކުރިއަށްދިޔަ މި ކޯހުގައި ރާއްޖޭގެ ގިނަ ޖަޖުންތަކެއް ބައިވެރިވިއިރު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ބައިވެރިއަކު ވެސް ޖަޖިން ސެމިނާ ފުރިހަމަކުރި އެވެ. އެއީ 2022 ވަނަ އަހަރުގެ ބުރުނު ޝިކާރު ޗެލެންޖުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ލުޖެއިން ހަސަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox