މޯލްޑިވްސް ޕްރޯގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް މި ފަހަރު ވެސް ވިޒިޓް މޯލްޑިވްސް

Jul 26, 2023, 7:18 AM
ވިޒިޓް މޯލްޑިވްސް ޕްރޯގެ ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ވިޒިޓް މޯލްޑިވްސް އިއުލާންކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯގެ ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ވިޒިޓް މޯލްޑިވްސް އިއުލާންކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިންޓަނޭޝަނަލް ބޯޑީބޯޑިން ކޯޕަރޭޝަންގެ ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް މިފަހަރުވެސް ވިޒިޓް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މާލޭގައި އަންނަ މަހުގެ 3-12 އަށް އޮންނަ މޯލްޑިވްސް ޕްރޯގެ އެންމެ މައި ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ހަމަޖެއްސުމާއިއެކު މިއަހަރުގެ މުބާރާތުގެ ޓަައިޓް ނަމަކަށް ވާނީ "ވިޒިޓް މޯލްޑިވްސް ޕްރޯ" އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ މައި ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ހަމަޖެއްސި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރުކުރުމުގައި މިކަހަލަ މޫދު ކުޅިވަރުގެ މުބާރާތްތަކުން ގިނަ އެހީތެރިކަން ލިބޭކަމަށެވެ. އަދި މިދިޔަ އަަހަރުގެ މުބާރާތުގެ ކާމިޔާބަށް ބަލާއިރު މިފަހަރު އިތުރަށް މި މުބާރާތުން ރާއްޖޭ ޕްރޮމޯޓްކުރުމަށް މަގުފަހިވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތުގެ ކާމިޔާބީ އެންމެ ބޮޑަށް ފެންނަން އޮތީ ދުނިޔޭގެ އެކިއެކި މީޑިއާތަކުގައި މިދިޔަ އަހަރުގެ މުބާރާތަށް ލިބުނު ސަމާލުކަމުގެ ސަބަބުން ކަަމަށާއި، މިފަހަރު މުބާރާތް މިދިޔަ އަހަރަށްވުރެ ފޯރިގަދަ އަދި ކާމިޔާބު މުބާރާތަކަށް ވާނެކަމަށް ޔަގީންކުރައްވާކަމަށެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ ފޯރިގަދަ ބޮޑީބޯޑިން މުބާރާތުގެ ސްޕޮންސަރުންނާއި ޕާޓްނަރުން ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާާޓްނަރަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓެވެ. ކޯ ސްޕޮންސަރުގެ ގޮތުގައި މިއަަހަރު މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ބައިވެރިވާނެ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ދިރާގަކީ މިއަހަރުގެ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ލޯކަލް މުބާރާތްތަކުގެވެސް މުހިންމު ބައިވެރިއެކެވެ. ޕްރިންޓިން ޕާޓްނަރަކީ އެމްބީބީއޭ އުފެދުނީއްސުރެ އެ އެސޯސިއޭޝަންގެ ޕާޓްނަރުގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޕްރިންޓް ލެބެވެ. މޯލްޑިވްސް ޕްރޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އަދަދު އޮންލައިން އެވެ. އިވެންޓް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ.

ކޭޓަރިން ޕާޓްނަރަކީ ބުރުޒު ކޭޓަރިން އެވެ. އެޕަރަލްސްގެ ޕާޓްނަރުގެ ގޮތުގައި އައިލެންޑް އެޕަރަލްސް ބައިވެރިވާއިރު، މާޗަންޑައިޒް ނުވަތަ ޓްރޮފީ އާއި ކިޓްތަކުގެ ލޯގޯތައް ޑިޒައިންކޮށްދެެނީ މުޖާސް އާޓް ބޮކްސް އިންނެވެ. މިފަހަރުގެ މުބާރާތް ބްރޯޑްކާސްޓްކޮށްދޭނީ އައިސް ނެޓްވޯކުންނެވެ. އެކޮމޮޑޭޝަން ޕާޓްނަރަކީ މޫކައި ހޮޓެލް އެވެ. އިވެންޓުގެ އެކި ކަންކަމުގައި ބޭނުންކުރާ ޖެޓްސްކީތައް ފޯރުކޮށްދިނުމުގައި ޑީޓެކް ބައިވެރިވާއިރު، ޖިމް ޕާޓްނަރުގެ ގޮތުގައި ޓީއެފްޖީ ބައިވެރިވާނެ އެވެ.

މުބާރާތުގެ އެހެނިހެން ސަޕޯޓިން ޕާޓްނަރުންނަށް ބަލާއިރު، ސްޓެލްކޯ، މާލޭ ސިޓީ ކައުންސިލް، އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އިން ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox