ރަނގަޅު ތައްޔާރީއާ އެކު ކުޑަ އައްޔަގެ ފޯކަސް މޯލްޑިވްސް ޕްރޯ އަށް

Jul 24, 2023, 6:36 AM
ރާޅު ރާއްޖެ ލޯންޗް ކުރަން ބޭއްވި އިވެންޓްގެ ތެރެއިން ކުޑަ އައްޔަ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާޅު ރާއްޖެ ލޯންޗް ކުރަން ބޭއްވި އިވެންޓްގެ ތެރެއިން ކުޑަ އައްޔަ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އަހަރު ފެށުނީއްސުރެ ތައްޔާރުވަމުން އަންނަނީ ވިޒިޓް މޯލްޑިވްސް ޕްރޯ އަށް ކަމަށާއި، މި އަހަރުގެ މުބާރާތަކީ ވެސް ކާމިޔާބު މުބާރާތަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެއް ވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަލީ (ކުޑަ އައްޔަ) ބުނެފި އެވެ.

އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިޒިޓް މޯލްޑިވްސް ޕްރޯ 2023 އޮންނާނީ އަންނަ މަހުގެ 3-12 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ. މި މުބާރާތުގަައި ދުނިޔޭގެ 18 ގައުމެއްގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަަރުން ބައިވެރިވާނެކަމަށް ބެލެވެ އެވެ.

ބޮޑީބޯޑިންގެ ދުނިޔޭގެ ފަންތީގެ އެންމެ މަތީ މުބާރާތުގައި މިދިޔަ އަހަރު ވާދަކޮށް ރާއްޖޭގެ ޗެމްޕިއަން ކުޑައައްޔަ ވަނީ އޯޕަން ބައިގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. އަދި ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުންވެސް އޭނާ ޖާގަ ހޯދި އެވެ.

މި އަހަރުގެ ތައްޔާރީތަކާ ގުޅޭގޮތުން ކުޑައައްޔަ ބުނީ މި އަހަރު ފެށުނީއްސުރެ އަންނަނީ މުބާރާތަށް ތައްޔާރުވަމުން ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރާޅާ އަޅައި ފިޓްވަމުން އަންނަ ކަަމަށެވެ. މިދިޔަ ހަފްތާއިން ފެށިގެން މިހާރު އަމާޒު ހުރީ ވަޒީފާ ވެސް އެއް ކައިރިކޮށްލާފައި މުބާރާތުގެ ކުރިން މިއޮތް ދެ ހަފްތާ އެއްކޮށް މުބާރާތަށް ފޯކަސްކުރުން ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބޮޑަށް ހަމަ ފިޓުކޮށް މި ހުރީ. ދެން ކުރީބައިގައި ވަޒީފާ ކުޑަކޮށް އެއް ކައިރި ކޮށްލާފައި މިއައީ، މި މުބާރާތަށް ހަމަ ފިޓުވުމުގެ ގޮތުން. އެއީ ދިހަ ދުވަސް ކުރިން މި އައީ. ހަމަ އަޅުގަނޑު ޓްރެއިނިން ފަށާނަން މިކޮޅުގައި. ހީކުރަން މިފަހަރު ވެސް ރަނގަޅު ކާމިޔާބެއް ދިވެހިރާއްޖެ އަށް ލިބޭނެ ކަމަށް." ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު ބުންޏެވެ.

ރާއްޖޭގެ މޫދު ކުޅިވަރުގެ އެތުލީޓުންނަށް ސަޕޯޓްކުރުމަށް ހާއްސަކޮށް ތައާރަފްކުރި "ރާޅު ރާއްޖެ" ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަދައްކަމުން އައްޔަ ބުނީ މިދިޔަ އަހަރުވެސް ސަޕޯޓަރުންގެ އެހީއާއިއެކު ރަނގަޅު ކާމިޔާބެއް ހޯދަން ހިތްވަރު ލިބުނު ކަމަށާއި، މިއަހަރުވެސް ވީހާވެސް ގިނަ ދިވެހިން ސަޕޯޓްކުރަން އަންނާނެކަމަށް އުއްމީދުކުރާކަމަށެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ މިދިޔަ އަހަރުގެ މުބާރާތުގެ ޖޫނިއާ ބައިގައި ވާދަކޮށް ރާއްޖޭގެ އާމިން އުމަރު މޫސާ ދެވަނަ ހޯދި އެވެ.

މިއަހަރުގެ މުބާރާތޓާ ގުޅޭގޮތުން އާމިން ބުނީ މިދިޔަ އަހަރަށްވުރެ ރަނގަޅު ޕާފޯމަންސެއް ދައްކަން މަސައްކަތްކުރާނެކަމަށާއި، ދުރާލާ ތައްޔާރުވަމުން އަންނަކަމަށެވެ.

ވައިލްޑް ކާޑް ދެ އެތުލީޓުންގެ ގޮތުގައި މިފަހަރު އާމިން އާއި ކުޑަ އައްޔައަށް އެޑްވާންޓޭޖެއް ލިބޭނެއެވެ. މިގޮތުން އޯޕަން ބައިގައި އައްޔަ ވާދަކުރަން ފަށާނީ ގަދަ 32 އާ ހިސާބުންނެވެ. އަދި ޖޫނިއާ ބައިގައިވެސް އާމިން ވާދަކުރާނީ ސީޑްކޮށްފައިވާ ބޮޑީބޯޑަރުންނާ ހިސާބުންނެވެ.

މީގެ އިތުރުން ކޮންމެ ކެޓަގަރީއަކުން ހަތަރު އެތުލީޓަކަށް އެމްބީބީއޭ އިން ވަނީ ފްރީ ޕާސް ދީފަ އެވެ. ފިރިހެން ބައިން ފްރީ ޕާސް ލިބުނީ ކުޑަ އައްޔަ، އާމިން، އަޝްރަފް ހަސަން، އަދި އަލީ ޖާވިދު އަށެވެ.

ޖޫނިއާ ބައިން ފްރީ ޕާސް ލިބުނީ އާމިން، އިޔާން އަހުމަދު، މުހައްމަދު ޖަރީޝް ޖިހާދު އަދި މުހައްމަދު ކައިފް އަށެވެ. ފްރީ ޕާސް ދިނުމުގައި ބަލާފައިވަނީ އެންމެ ފަހުން ނިމުނު ބުރުނު ޝިކާރު ޗެލެންޖުގެ ނަތީޖާތަކާއި ގައުމީ ޓީމުގެ ރޭންކިން އަށެވެ.

މި އެތުލީޓުންގެ އިތުރުން ވެސް ރާއްޖޭގެ އިތުރު ބޮޑީބޯޑަރުންވަނީ މިހާތަނަށް މުބާރާތުގައި ރަޖިސްޓްރީވެފަ އެވެ. އެމްބީބީއޭ އިން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ 14 ބޮޑީބޯޑަރަކު މިފަހަރުގެ މުބާރާތުން ފެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox