މޫދު ކުޅިވަރުތަކުގެ ގައުމީ ޓީމްތަކަށް ސަޕޯޓްކުރުމަށް "ރާޅު ރާއްޖެ" ކެމްޕެއިން!

Jul 20, 2023, 2:14 PM
"ރާޅު ރާއްޖެ" ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"ރާޅު ރާއްޖެ" ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މޫދު ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރާ ގައުމީ ޓީމުތަކަށް ހިތްވަރުދީ ސަޕޯޓްކުރުމުގެ ގޮތުން "ރާޅު ރާއްޖެ" ނަމުގައި ހާއްސަ ކެމްޕެއިނެއް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ފަށައިފި އެވެ.

އަންނަ މަހު ވަރުނުލާ ރާޅުގަނޑުގައި ފަށާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023 އާ ދިމާކޮށް އެމްބީބީއޭއިން ފެށި "ރާޅު ރާއްޖެ" ކެމްޕެއިން ރަސްމީކޮށް ފައްޓައިދިނީ ރާއްޖޭގެ އެންމެ ކާމިޔާބު ސާފަރު ހުސައިން އަރީފް (އިބޫ) އެވެ.

"ރާޅު ރާއްޖެ" ކެމްޕެއިނު ތެރޭގައި މޫދު ކުޅިވަރު އެތުލީޓުންނަށް ސަޕޯޓްކުރުމަށް ހާއްސަ ޓީޝާޓާއި، ސްޓިކާ ޕެކްސް އަދި ގައުމީ ދިދަ އާއި އެހެނިހެން ސާމާނު ހިމެނެ އެވެ. މި ގޮތުން މިއަދު ދައްކާލި ޓީޝާޓުގައި ރަތް ކުލައާއި ހުދު ކުލަ ހިމެނޭއިރު "ރާޅު ރާއްޖެ" މި ކެމްޕެއިންގެ ރަސްމީ ލޯގޯ އަދި ބްރޭންޑިން ހިމަނާފައިވެ އެވެ.

މި ބްރޭންޑިން ހެދުމުގައި ރާއްޖޭގެ ރާޅާ އަޅާ ސަރަހައްދުތަކުގެ ނަންތައް ހިމަނާފައިވެ އެވެ. "ރާޅު ރާއްޖެ" ކެމްޕެއިނަށް ހާއްސަ ޖާޒީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޕްރީ އޯޑަކުރެވޭނެ އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން އިބޫ: ރާއްޖޭގެ މޫދު ކުޅިވަރު ޕްރޮމޯޓް ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އިވެންޓުގައި ވާހަކަ ދައްކަމުން ހުސައިން އަރީފް (އިބޫ) ބުނީ މި ހަރަކާތަކީ ޤައުމީ ޓީމުގެ އެތުލީޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށްވާނެ ކަަމަށާއި، ބައިނަލްއަގްވާމީ މުބާރާތްތަކަށްދާއިރު ސަޕޯޓަރުންގެ ސަޕޯޓް ވަރަށް މުހިންމު ވާނެކަމަށެވެ.

މިއަދު ބޯޅަގޭގައި އޮތް ރަސްމިއްޔާތުގައިވަނީ އަންނަ މަހު އޮންނަ އައިބީސީ ވޯލްޑް ޓުއާގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރާ އެތުލީޓުން އިއުލާންކޮށްފަ އެވެ. އެ ގޮތުން ފްރީ ޕާސް ލިބޭ އެތުލީޓުންނާއި ވައިލްޑް ކާޑް އެންޓްރީގެ ގޮތުގައި ޖާގަ ލިބޭ އެތުލީޓުން ވަނީ އިއުލާންކޮށްފަ އެވެ.

ރާއްޖެއިން ވައިލްޑް ކާޑް ލިބުނު ދެ އެތުލީޓުންނަކީ ފިރިހެން ބައިން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި ޖޫނިއާ ބައިން އާމިން އުމަރު މޫސާ އަށެވެ. މި ދެ އެތުލީޓުން ވެސް ވާދަކުރާނީ ސީޑްކޮށްފައިވާ ބޮޑީބޯޑަރުންނާއިއެކު ގަދަ 32އާ ހިސާބުންނެވެ.

މީގެ އިތުރުން ކޮންމެ ކެޓަގަރީއަކުން ހަތަރު އެތުލީޓަކަށް އެމްބީބީއޭ އިން ވަނީ ފްރީ ޕާސް ދީފަ އެވެ. ފިރިހެން ބައިން ފްރީ ޕާސް ލިބުނީ ކުޑަ އައްޔަ، އާމިން، އަޝްރަފް ހަސަން، އަދި އަލީ ޖާވިދު އަށެވެ.

ޖޫނިއާ ބައިން ފްރީ ޕާސް ލިބުނީ އާމިން، އިޔާން އަހުމަދު، މުހައްމަދު ޖަރީޝް ޖިހާދު އަދި މުހައްމަދު ކައިފް އަށެވެ. ފްރީ ޕާސް ދިނުމުގައި ބަލާފައިވަނީ އެންމެ ފަހުން ނިމުނު ބުރުނު ޝިކާރު ޗެލެންޖުގެ ނަތީޖާތަކާއި ގައުމީ ޓީމުގެ ރޭންކިން އަށެވެ.

މި އެތުލީޓުންގެ އިތުރުން ވެސް ރާއްޖޭގެ އިތުރު ބޮޑީބޯޑަރުންވަނީ މިހާތަނަށް މުބާރާތުގައި ރަޖިސްޓްރީވެފަ އެވެ. އެމްބީބީއޭ އިން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ 14 ބޮޑީބޯޑަރަކު މިފަހަރުގެ މުބާރާތުން ފެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox