2017ގެ ދުނިޔާގެ ޗެމްޕިއަން އިއާން ކެމްބެލް ފުރަތަމަ ފަހަރަށް މޯލްޑިވްސް ޕްރޯގައި ވާދަކުރަނީ

2017ގެ ދުނިޔޭގެ ފިރިހެން ޗެމްޕިއަންކަން ހޯދި އިއަން ޗެމްބެލް މިދިޔަ އަހަރުގެ ބޮޑިބޯޑިން ވޯލްޑް ޓުއާގެ އިވެންޓެއްގައި ވާދަކުރަނީ - ފޮޓޯ: އައިބީސީ

2017ގެ ދުނިޔޭގެ ފިރިހެން ޗެމްޕިއަންކަން ހޯދި އިއަން ޗެމްބެލް މިދިޔަ އަހަރުގެ ބޮޑިބޯޑިން ވޯލްޑް ޓުއާގެ އިވެންޓެއްގައި ވާދަކުރަނީ - ފޮޓޯ: އައިބީސީ

މީގެ ފަސް އަހަރު ކުރިން، 2017 ވަނަ އަހަރު ދުނިޔޭގެ ފިރިހެން ބޮޑީބޯޑިން ޗެމްޕިއަންކަން ހޯދާފައިވާ ސައުތު އެފްރިކާގެ އިއަން ކެމްބެލް މިއަހަރުގެ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" ގައި ވާދަކުރާނެކަން އިއުލާންކޮށްފި އެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އޮންނާނީ އޮގަސްޓް 3-12 އަށެވެ. މި މުބާރާތުގައި ދުނިޔޭގެ 20 ގައުމެއްގެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާނެ ކަމަށް ބެލެވެ އެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2023"ގައި ވާދަކުރާނެކަން އެންމެ ފަހުން އިއުލާންކުރި ބޮޑީބޯޑަރުންގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަން 2017ގައި ހޯދި އިއަން ކެމްބެލް ހިމެނެ އެވެ. ދުނިޔޭގެ ޗެމްޕިއަންކަމަށް މިދިޔަ ތިން އަހަރުވެސް ގާތުން ވާދަކުރި އިއަން މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގައި ވާދައެއް ނުކުރެ އެވެ.

އިއަން އަކީ ދުނިޔޭގެ ޗެމްޕިއަނުންގެ ތެރެއިން އޯޕަން ބަޔާއި ޑްރޮޕް ނީ ބައިގައި އެއް ފެންވަރެއްގައި ރާޅާ އަޅާ މަދު ބޯޑަރުންގެ ތެރޭގައި ހިމެނޭ އެއް ބޮޑީބޯޑަރެވެ. އިއަން ވަނީ 2020 ވަނަ އަހަރު ކުރިއަށްދިޔަ ޕައިޕްލައިން މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދާފަ އެވެ.

އިއަންގެ އިތުރުން މިއަހަރުގެ މޯލްޑިވްސް ޕްރޯގައި ވާދަކުރާކަން އިތުރު ތިން ޗެމްޕިއަނަކުވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފިރިހެން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޕިއޭ ލުއިސް ކޮސްޓޭސް ހިމެނެ އެވެ. ކޮސްޓޭ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2011 އަދި 2016ގަ އެވެ. ކޮސްޓޭސް ވަނީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގައިވެސް ވާދަކޮށްފަ އެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ހީޓެއްގައި ވާދަކުރުމަށްފަހު ސަރީ އޮހާރާ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ހީޓެއްގައި ވާދަކުރުމަށްފަހު ސަރީ އޮހާރާ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ހީޓެއްގައި ވާދަކުރުމަށްފަހު ސަރީ އޮހާރާ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަންހެން ބައިވެރިންނަށް ބަލާއިރު މިއަހަރުވެސް ޖަޕާންގެ ސަރީ އޮހާރާ ވާދަކުރާނެ އެވެ. އޭނާ ވަނީ 2019ގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މިވަގުތު ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައިވެސް އުޅެނީ އޮހާރާ އެވެ. މިދިޔަ އަހަރުގެ މުބާރާތުން އޮހާރާ ކަޓާފައިވަނީ ސެމީ ފައިނަލުންނެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ އަންހެން ބައިގެ ފައިނަލުގައި ވާދަކުރި އެލެގްޒަންޑާ ރިންޑާވެސް މިފަހަރު ރާއްޖެ އަންނާނެ އެވެ. ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި އެލެކްސް މިދިޔަ އަހަރު ފައިނަލުގައި ވާދަކޮށް ބަލިވީ އެވެ. ދުނިޔޭގެ އަންހެން ޗެމްޕިއަންކަން އެލެކްސް 2014ގައި ހޯދިއިރު އޭނާއަށް އެންމެ 16 އަހަރެވެ. މިއާއިއެކު އޭނާވެފައިވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން އަންހެން ބޮޑީބޯޑަރަށެވެ. އެލެކްސްގެ ދުނިޔޭގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ 2015ގަ އެވެ.

މި ބޮޑީބޯޑަރުންގެ އިތުރުން މިދިޔަ އަހަރުގެ ފިރިހެން އޯޕަން ބައި އަދި ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ހޯދާފައިވާ ޑޭވިޑް ހަބާޑްވެސް މިއަހަރު ރާއްޖެ އަންނާނެ އެވެ. އަދި 2017ގެ އަންހެން ދުނިޔޭގެ ޗެމްޕިއަން ޖޮއާނާ ޝެންކާވެސް މިއަހަރުގެ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023"ގައި ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox