"ވިޒިޓް މޯލްޑިވްސް ޕްރޯ 2023" ރަސްމީކޮށް ލޯންޗްކޮށްފި

ވިޒިޓް މޯލްޑިވްސް ޕްރޯގެ ރަސްމީކޮށް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯގެ ރަސްމީކޮށް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

އިންޓަނޭޝަނަލް ބޯޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

އޮގަސްޓް 3-12 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ބޮޑީބޯޑިން އިވެންޓު ރަސްމީކޮށް ލޯންޗްކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު އެވެ.

އައިބީސީ ވޯލްޑް ޓުއާގެ ދެވަނަ އަށް އެންމެ އަގުބޮޑު މުބާރާތް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގަ އެވެ. މިދިޔަ އަހަރުގެ ޖުލައި 29 އިން އޮގަސްޓް 7 މާލޭގައި ކުރިއަށްދިޔަ "މޯލްޑިވްސް ޕްރޯ"ގައި ދުނިޔޭގެ 15 ގައުމަކުން ގިނަ ބޮޑީބޯޑަރުންތަކެއް ބައިވެރިވި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބޮޑިބޯޑަރުންވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ލަފާ ކުރާ ގޮތުގައި މިއަހަރު ދުނިޔޭގެ 20 ގައުމަކުން 100 އަށްވުރެ ގިނަ ބޮޑިބޯޑަރުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ކުރީގެ ޗެމްޕިއަނުންނާއި މިހާރުގެ ޗެމްޕިއަނުންގެ އިތުރުން ކުރިއަރަމުން އަންނަ ޒުވާން ގިނަ އެތުލީޓުން ހިމެނެ އެވެ.

މިދިޔަ އަހަރާ ހިލާފަށް މި އަހަރުގެ މުބާރާތުގެ ފިރިހެން އޯޕަން ބައިގެ އެއް ވަނަ އަށް 3000 ޕޮއިންޓް ލިބޭނެ އެވެ. މިއީވެސް މިއަހަރު ރާއްޖޭގައި ބާއްވާ މުބާރާތަށް ދުނިޔޭގެ މަތީ ފަންތީގެ ގިނަ ބޮޑީބޯޑަރުންތަކެއް އަންނާނެކަމަށް އެމްބީބީއޭ އިން ލަފާ ކުރާ އެއް ސަަބަބެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ ލޯންޗިން އިވެންޓުގައި އެމްބީބީއޭގެ ފަރާތުން ރަޝް ވާހަކަދައްކަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯގެ ލޯންޗިން އިވެންޓުގައި އެމްބީބީއޭގެ ފަރާތުން ރަޝް ވާހަކަދައްކަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯގެ ލޯންޗިން އިވެންޓުގައި އެމްބީބީއޭގެ ފަރާތުން ރަޝް ވާހަކަދައްކަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

"މިފަހަރު އޮސްޓްރޭލިއާގެ މޮޅެތި ބޮޑީބޯޑަރުން އަންނާނެ، ދެން މެލޭޝިއާއިންވެސް މިފަހަރު އަންނާނެ. ކުރީގެ އެންމެ މަތީ ފަންތީގެ ބޯޑަރުންނާ މިހާރުގެ މަޝްހޫރު ޗެމްޕިއަނުން އަންނާނެ. އަސްލު މި މުބާރާތުގެ ޕޮއިންޓްސް އަށް ބަލާއިރު ވޯލްޑް ޗެމްޕިއަންކަން ލިބެން އަންނަނީ ރާއްޖޭގެ މުބާރާތުގައި އަޅައިގެން. އެހެންވީމަ މިދިޔަ އަހަރަށް މާ ބޮޑަށްވެސް ޕާޓިސިޕޭޝަން އިތުރުވާނެ" އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވި އެވެ.

އައިބީސީ ވޯލްޑް ޓުއާގެ "މޯލްޑިވްސް ޕްރޯ" އާ ގުޅޭގޮތުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މިއަހަރަކީ ބައިނަލްއަގްވާމީ ގިނަ އިވެންޓްތަކެއް ބާއްވާ އަހަރަކަށްވެފައި ގިނަ ކާމިޔާބީތަކެއް ކުޅިވަރުތަކުން ހޯދާއިރު މިއީވެސް ކާމިޔާބު މުބާރާތަކަށްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭނާ ބުނީ ކުޅިވަރުގެ ތެރެއިން ރާއްޖެ އިސްތިހާރު ކުރަން ކުރާ މަސައްކަތުގައި މި މުބާރާތަކީވެސް ފާހަގަކޮށްލެވޭ މުބާރާތެއްކަމަށެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ ލޯންޗިން އިވެންޓުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަދައްކަވަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯގެ ލޯންޗިން އިވެންޓުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަދައްކަވަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯގެ ލޯންޗިން އިވެންޓުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަދައްކަވަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

ރާއްޖޭގައި މިއަހަރުވެސް "މޯލްޑިވްސް ޕްރޯ" ބޭއްވުމަށް ދިވެހި ސަރުކާރުންނާއި ޔޫތު މިނިސްޓްރީން ވެދެއްވާ އެހީތެރިކަން އެމްބީބީއޭ އިން ފާހަގަކުރި އެވެ.

މިދިޔަ އަހަރުގެ "މޯލްޑިވްސް ޕްރޯ" ދިވެހި އެތުލީޓުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. މިގޮތުން ޖޫނިއާ ބައިގެ ފައިނަލްގައި އާމިން އުމަރު މޫސާ ވާދަކުރިއިރު، ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުގައި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ވާދަކުރި އެވެ. މި ނަތީޖާތަކާ އެކު ދުނިޔޭގެ ރޭންކިންގައި ވެސް މި ދެ ކުޅުންތެރިން ހިމެނުނެވެ. އަހަރު ނިންމާލިއިރު، ކުޑަ އައްޔަ އޮތީ ޑްރޮޕް-ނީ ބައިގެ 12 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox