ޒިދާނަށް ޕީއެސްޖީ އާއި ޔުވެންޓަސްގެ އޮފާތަކެއް: ރިޕޯޓް

Feb 21, 2023, 9:40 AM
ޒިދާނަށް ޕީއެސްޖީ އާއި ޔުވެންޓަސްގެ އޮފާތަކެއް: ރިޕޯޓް

ޕެރިސް (ފެބްރުއަރީ 21) - މަޝްހޫރު ފުޓްބޯޅަ ތަރި، ޒިނެދިން ޒިދާނަށް އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ ޕީއެސްޖީގެ ކޯޗިން އޮފާތަކެއް ލިބިފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ 18 މަސް ކުރިން ރެއާލް މެޑްރިޑްގެ ކޯޗުކަން ދޫކޮށްލި ޒިދާން ހުރީ އެއްވެސް ޓީމަކާ ހަވާނުލުވެ އެވެ. ޒިދާން، ފްރާންސް ގައުމީ ޓީމާ ހަވާލުވާން އުޅޭ ކަމަށް މީގެ ކުރިން މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް، ފްރާންސްގެ ކޯޗަކަށް ހުރި ޑިޑިއޭ ޑެޝޯމްޕްސް ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ޕީއެސްޖީގެ ކޯޗުކަމާ ޒިދާން ހަވާލުވުމުގެ ފުރުސަތު ބޮޑު ކަމަށް މީގެ ކުރިން ވެސް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ޕީއެސްޖީން ވަނީ އެންމެ ފަހުން ވެސް އެ ޓީމުގެ ކޯޗަކަށް ކްރިސްޓޮފް ގަލްޓިއޭ ހަމަޖައްސައިފަ އެވެ. ގަލްޓިއޭގެ ކޯޗުކަމުގައި ޕީއެސްޖީ އަށް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ނަތީޖާ ނެރެން އުނދަގޫވެފައިވާއިރު، އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ.

މާލީ މައްސަލަަތަކެއްގެ ސަބަބުން ޔުވެންޓަސް އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މި ސީޒަން ނިމުމުން އެ ޓީމުގެ ކޯޗުކަމުން މެސިމޯ އަލެގްރީ ވަކިވާނެ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ޔުވެންޓަސްގެ ވިސްނުމަކީ ކުރިން އެ ޓީމަށް ކުޅުނު ޒިދާނާ ޓީމު ހަވާލުކުރަން ކަމަށް ވެސް އެވެ.

ފްރާންސްގެ ލެ ފިގާރޯ ނޫހަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ ގިނަ ޓީމުތަަކަކާ ހަވާލުވާން ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. އަދި އުންމީދަކީ ވަރަށް އަވަހަށް ކޯޗިން އަށް އެނބުރި އައުން ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

"އަހަންނަށް މިހާރު ވަރަށް ހުސް ވަގުތު ގިނަ. މިހާރު ވިސްނުމަކީ ކިހާ ދުވަހެއް ވަންދެންތޯ މި ގޮތުގައި ދާނީ. ފަަހަރެއްގައި އަންނަ ޖޫން މަހާ ހަމައަށް މިހެން ގޮސްދާނެ. އެކަމަކު، އެ އަށް ވުރެ އަވަސްނުވާނެ އެކޭ ނުބުނެވޭނެ ދޯ،" ރެއާލަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ޒިދާން ބުންޏެވެ.

ރެއާލަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން ޒިދާން، ތިން ވަނަ ފަަހަރަށް އެ ޓީމާ ހަވާލުވުމުގެ ފުރުސަތު އޮތް ކަމަށް ރެއާލްގެ ބޯޑު މެމްބަރަކާ ހަވާލާދީ ސްޕެއިންގެ މީޑިއާ އަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ، މި ސީޒަނަށް ފަހު، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ، ބްރެޒިލް ޓީމުގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވަމުން އަންނާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox