އަމީނީ މަގު އަވަސްކުރަން ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

Feb 11, 2023, 2:13 AM
އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް އާރުޑީސީން ކުރިއަށް ގެންދަނީ. -- ފޮޓޯ: އަދަދު

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް އާރުޑީސީން ކުރިއަށް ގެންދަނީ. -- ފޮޓޯ: އަދަދު

އަމީނީ މަގު އަވަހަށް ނިންމުމަށްޓަކައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އާރުޑީސީން ބުނީ އަމީނީ މަގުގައި ހޮޅިވަޅުލައި، އެހެން މަސައްކަތް ނިމިފައިވާ ބައިތަކުގައި ތާރުޅުމުގެ މަސައްކަތް ބުރާސްފަތި ދުވަހު އެމްޓީސީސީއާ ހަވާލުކުރީ އެ ކުންފުނިން ގެނެސްފައިވާ މެޝިންތައް ބަހައްޓާނެ ބިމެއް ހަމަޖެހިފައި ނެތުމާއި، އެމްޓީސީސީން މިހާރު ވެސް ތާރުއެޅުމުގެ މަސައްކަތްތަކެއް އެއާޕޯޓުގައި ކުރިއަށް ގެންދާތީއާއެކު އަމީނީ މަގުގެ މަސައްކަތް ހަލުވި ކުރުމަށް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް އާއި އާރުޑީސީގެ މެނޭޖިން ޑިރެކްރު މޫސާ އަލިމަނިކު ރޭގެ ވަގުތެއްގައި އަމީނީ މަގުގައި. -- ފޮޓޯ: ހުސައިން ޝާފިއު
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް އާއި އާރުޑީސީގެ މެނޭޖިން ޑިރެކްރު މޫސާ އަލިމަނިކު ރޭގެ ވަގުތެއްގައި އަމީނީ މަގުގައި. -- ފޮޓޯ: ހުސައިން ޝާފިއު

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް (ވ) އާއި އާރުޑީސީގެ މެނޭޖިން ޑިރެކްރު މޫސާ އަލިމަނިކު (ކ) ރޭގެ ވަގުތެއްގައި އަމީނީ މަގުގައި. -- ފޮޓޯ: ހުސައިން ޝާފިއު

"ނުވެގެން އެއްވެސް މަސައްކަތެއް އެއްވެސް ބަޔަކާ ހަވާލު ކޮށްފައި ނުވާނެ. މާލޭގެ އަމީނީމަގުގައި ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް އަދި މެޓީރިއަލް މުޅި މަގަށް ބޭނުންވާ ވަރަށް އާރުޑީސީގައި އެބަހުރި. ޝެޑިއުލް އާ އެއްގޮތަށް ތާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިވަގުތަށް އޮތް ދައްޗަކީ [މެޝިނަރީޒް ބެހެއްޓުމަށް] ބިމުގެ ދަތިކަން،" އާރުޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އާރުޑީސީގެ މެޝިންތައް ބަހައްޓާނެ ބިން ހަމަޖެހުނުހާ އަވަހަކަށް އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ކުންފުނިން ކަމަށެވެ.

އަމީނި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެހެންކަމުން މެއި 28، 2023 އަށް އެ މުއްދަތު ހަމަވާނެ އެވެ.

ތާރު އަޅައިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ތާވަލު ކުރި ދުވަހަށް ނުނިމޭނެ ކަމަށާއި ނިމޭނެ ކަމަށް މިހާރު ލަފާ ކުރެވެނީ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބުދަ ދުވަހު މަޖިލީހުގައި ވިދާޅުވި އެވެ.

ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox