199 މިލިއަން ރުފިޔާގެ ހަ މަޝްރޫއުއެއް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި

އިއްޔެ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ނަރުދަމާގެ މަޝްރޫއެއް ފެނަކައާ ހަވާލުކުރުމަށްފަހު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އިއްޔެ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ނަރުދަމާގެ މަޝްރޫއެއް ފެނަކައާ ހަވާލުކުރުމަށްފަހު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ޖުމްލަ އަގު 199 މިލިއަން ރުފިޔާއަށް އަރާ ހަ މަޝްރޫއެއް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.

އިއްޔެ ހަވާލުކުރި މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ނަރުދަމާ ނިޒާމުގެ ތިން މަޝްރޫއަކާއި، ބަނދަރުގެ ދެ މަޝްރޫއެއްގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެކެވެ. އެ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއި އެމްޓީސީސީގެ އިތުރުން ސާސް-އީ ކޮންސްޓްރަކްޝަނާ އެވެ.

މީގެ ތެރެއިން ވެސް އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ. އެގޮތުން، އެ ކުންފުންޏަށް ވަނީ ސ. ހިތަދޫ، ގއ. ވިލިނގިލި އަދި ފ. ނިލަންދޫގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފަ އެވެ.

Advertisement

ސ. ހިތަދޫ ފެނާއި ނަރުދަމާގެ މަޝްރޫއު

ހިތަދޫ އަލަށް އާބާޑުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ފެނަކައަށް ހަވާލުކުރީ 21.5 މިލިއަން ރުފިޔާއަށް 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިންމާ ހަވާލުކުރަން ޖެހޭ ފަހު ތާރީހަކީ 2024, ޖެނުއަރީ 10 އެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ނަރުދަމާ ހޮޅި އެޅުމާއި، ޖަންކްޝަން ބެހެއްޓުމާއި، ފެނުގެ ވިއުގައެއް އަޅާ، ފެން މީޓަރުތައް ބެހެއްޓުމުގެ އިތުރުން މިހާރު އައްޑޫގައި ހިދުމަތް ދެމުންނދާ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅާލާނެ އެވެ.

ގއ. ވިލިނގިލި ނަރުދަމާގެ މަޝްރޫއު

ވިލިނގިލީގައި އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް 43.8 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކުރީ 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިންމާ ހަވާލުކުރަން ޖެހޭ ފަހު ތާރީހަކީ 2024, މެއި 19 އެވެ.

މި މަޝްރޫއުގެ ދަށުން ވިލިނގިލީގައި އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ ހޮޅި އަޅާ، ޕަމްޕް ސްޓޭޝަން ބަހައްޓާ، ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ އިތުރުން ސީ އައުޓްފޯލްއެއް އަޅާނެ އެވެ.

ފ. ނިލަންދޫ ނަރުދަމާގެ މަޝްރޫއު

ނިލަންދޫގައި މިހާރު ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރުމަށް 42.3 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކޮށްފައި ވަނީ 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިންމާ ހަވާލުކުރަން ޖެހޭ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ 24 އެވެ.

މި މަޝްރޫއުގެ ދަށުން ނިލަންދޫގައި 2008 ވަނަ އަހަރު ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހަދާ، ޕަމްޕުތަކާއި އެހެނިހެން ތަކެތި ބަދަލުކޮށް، ސީއައުޓްފޯލްއެއް އަޅާ، ސްވާ ޖެޓިން މެޝިނެއް ފޯރުކޮށްދޭނެ އެވެ.

އއ. ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުން

ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 20.3 މިލިއަން ރުފިޔާއަށް ސާސް-އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިންމާ ހަވާލުކުރަން ޖެހޭ ފަހު ތާރީހަކީ 2024, ޖެނުއަރީ 25 އެވެ.

މި މަޝްރޫއުގެ ދަށުން 750 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓެއް ގާއިމުކުރުމާއި 17،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރާނެ އެވެ. މިއީ ތޮއްޑޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށް ހިންގާ މަޝްރޫއެކެވެ.

ރ. ދުވާފަރު ބަނދަރުގެ މަޝްރޫއު

ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު 11.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިންމާ ހަވާލުކުރަން ޖެހޭ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ 24 އެވެ.

މި މަޝްރޫއުގެ ދަށުން، ދުވާފަރު ބަނދަރުގެ މެދު ދިޔައިން ފެށިގެން -3.0 މީޓަރު ހަމަވާ ވަރަށް 39،135 ކިއުބިކް މީޓަރު ބަނދަރު ފުންކުރާނެ އެވެ. އަދި 1.5*154 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހަދާނެ އެވެ.

ބ. ދަރަވަންދޫ ބަނދަރުގެ މަޝްރޫއު

ދަަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު 59.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިންމާ ހަވާލުކުރަން ޖެހޭ ފަހު ތާރީހަކީ 2024، ޖެނުއަރީ 25 އެވެ.

މި މަޝްރޫއުގެ ދަށުން 1،843 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، އަލަށް އިތުރުކުރާ ބަނދަރުގެ ބޭސިން 30،504 ކިއުބިކް މީޓަރަށް ފުންކުރުން ހިމެނެ އެވެ. އަދި ބޮޑުހިލައިގެ ބޭރުތޮށި ރިވެޓްމަންޓް، ގްރޮއިން ޖަހާ، އެއްގަމު ތޮށިލާ، ސްކޯރިން އެޕްރޮން ޖަހާ މޫރިން ރިންގާއި ބޮއި ވެސް ހަރުކުރާނެ އެވެ.

މީގެ އިތުރުން، ދެ ނެވިގޭޝަނަލް އެއިޑް ގާއިމުކޮށް، އެކްސެސް ޕްލެޓްފޯމު އަޅާ، ކޮންކްރީޓް ޖެޓީ ހަދާ، ޕޭވްމަންޓް ހެދުމުގެ އިތުރަށް 10 މަގު ބައްތި ހަރުކުރުމަކީ ވެސް މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox