ވިޔަރެއާލް ދޫކޮށް އާސެނަލްގެ ކުރީގެ ކޯޗު އެމެރީ ވިލާ އަށް

Oct 24, 2022, 8:25 PM
ވިޔަރެއާލް ދޫކޮށް އާސެނަލްގެ ކުރީގެ ކޯޗު އެމެރީ ވިލާ އަށް

ބާމިންހަމް (އޮކްޓޫބަރު 25) - ހުސްވެެފައިވާ އެސްޓަން ވިލާގެ ކޯޗުކަމާ އާސެނަލަށް ކުރިން އިރުޝާދުދިން ސްޕެއިންގެ ކޯޗު އުނާއި އެމެރީ ހަވާލުވާން ނިންމައިފި އެވެ.

ވިލާގެ ކޯޗުގެ މަގާމު ހުސްވީ 11 މަސް ދުވަހަށް ފަހު ސްޓީވެން ޖެރާޑް އެ ޓީމުގެ ކޯޗުކަމުން ވަކިކުރުމުންނެވެ. ޖެރާޑް ވަކިކުރީ މިދިޔަ ހަފްތާގައި ފުލަމް އަތުން 3-0 އިން ބަލިވި މެޗަށް ފަހު އެވެ. މިދިޔަ އާދިއްތަ ދުވަހު ލީގުގައި ވިލާ އިން ކުޅުނީ ވަގުތީ ކޯޗު ޑޭންކްސްގެ އިރުޝާދުގެ ދަށުންނެވެ. އެ މެޗުން ވަނީ ބްރެންޓްފޯޑް އަތުން 4-0 އިން މޮޅުވެފަ އެވެ.

ވިލާ އިން އެމެރީ ކޯޗަކަށް ގެނައިއިރު، އޭނާއާ އެކު ވިޔަރެއާލުން ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ވަނީ ހަ މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. އެމެރީ ވިޔަރެއާލްގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު، ވިލާ އިން އަވަހަށް އެމެރީ ގެނައުމުގެ ކަންކަން ނިންމައިލީ އެވެ. އެމެރީ އަށް ދޭނީ ކިތައް އަހަރުގެ ކޮންޓްރެކްޓެއް ކަމެއް ވިލާ އިން ހާމަކޮށްފައެއްނުވެ އެެވެ.

މިހާރު އޮތްގޮތުން ރަސްމީކޮށް އެމެރީ، ވިލާއާ ހަވާލުވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގަ އެވެ. އެއީ އޭނާގެ ވޯކް ޕާމިޓްގެ ކަންކަން ފުރިހަމަވުމަށް ފަހު އެވެ.

ބާވީސް އަހަރަށް ފަހު، އާސެން ވެންގާ، 2018 ވަނަ އަހަރު އާސެނަލްގެ ކޯޗުކަން ދޫކޮށްލުމުން ދެން އެ މަގާމަށް ގެނައީ އެމެރީ އެވެ. އެކަމަކު، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާސެނަލުން ވަނީ އެމެރީ މަގާމުން ވަކިކޮށްފަ އެވެ. ދެން، އެމެރީ ހަވާލުވީ 2020 ވަނަ އަހަރު ވިޔަރެއާލާ އެވެ. އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް 2021 ވަނަ އަހަރު ވިޔަރެއާލަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. އެއީ ސެމީ ފައިނަލުގައި އާސެނަލް ވެސް ބަލިކުރުމަށް ފަހު އެވެ.

މީގެ ކުރިން ސެވިއްޔާ އަށް ތިން ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން އެމެރީ ވަނީ މިދިޔަ ސީޒަނުގައި ވިޔަރެއާލް ގޮވައިގެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އާސެނަލް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި 18 މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅެފަ އެވެ.

ފްރާންސްގެ ޗެމްޕިއަންކަން އެއް ފަހަރު ޕީއެސްޖީ އަށް ހޯދައިދިން އެމެރީ ވަނީ މީގެ ކުރިން ރަޝިއާގެ ސްޕާޓާ މޮސްކޯ އާއި ސްޕެއިނުގެ ވެލެންސިއާ އާއި އަލްމޭރިއާ އަދި ލޯކާ ޑިޕޯޓިވާ އަށް ވެސް ކޯޗުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox