ތާރު އަޅައިގެން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

އަމީނީ މަގު ހެދުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އާރުޑީސީ

އަމީނީ މަގު ހެދުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އާރުޑީސީ

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން, ތާރު އަޅައިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފި އެވެ.

ޖުލައި ތިންވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން އާރުޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ މަގުގެ ހެންވޭރުކޮޅުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އިތުރަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 84 މިލިއަން ރުފިޔާއަށެވެ.

މަޝްރޫއު ފެށުމުގެ ގޮތް ބޭއްވި ރަސްމިއްޔާތުގައި މޫސާ ވިދާޅުވީ ވިއްސާރަ ދުވަސްވަރު އަމީނީ މަގު ފެންބޮޑުވެ ހަލާކުވެފައި އޮންނަ އޮތުމަށް ނިިމުމަކަށް ގެންނަން އާރުޑީސީން ހަވާލުވި މަޝްރޫއަކީ އެ ކުންފުނިން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރއެވެ.

"އަދުގެ ސަރުކާރުން އާރުޑީސީއާ ހަވާލުކުރެއްވި މި މުހިންމު މަޝްރޫއާއެކު އަޅުގަނޑުމެން މި ފަށަނީ ބޮޑު ގޮންޖެހުމާއި އެ ނުތަނަވަސް ޝަކުވާތަކަށް ނިންމުން ގެނެސްދޭން،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގު ހެދުމުގެ މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާއިރު މަސައްކަތުގެ ވައްޓަފާޅި އާއި ފެންވަރު ހިފެހެއްޓުމަކީ އެ ކުންފުނިން އަބަދުވެސް އެންމެ ބޮޑު ސަމާލު ކަމެއް ދޭނެ ކަންތައްތައް ކަމަށެވެ.

އެކަމަކު މަގުތައް ހެދުމުގެ މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ވެސް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭ ބައެއް މަގުތަކުގައި ކޭބަލްތަކާއި ހޮޅިތަކާއި އެނޫން ވެސް ބައެއް ތަކެތި ވަޅުލާފައި ހުންނަ ގޮތުން މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ގޮންޖެހުން ކުރިމަތިވޭ،" މޫސާ ވިދާޅުވި އެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު މިއަދު ފެށިއިރު، މި މަސައްކަތް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ މަހު ވަނީ ހުށަހަޅާފަ އެވެ.

މައްސަލަ އޭސީސީއަށް ހުށަހެޅީ ކުރިން 39 މިލިއަން ރުފިޔާއަށް ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަން އުޅެނިކޮށް، ސަރުކާރުން 84 މިލިއަން ރުފިޔާއަށް އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމުންނެވެ.

އޭސީސީން އެ މައްސަލަ ބަލަން ފެށި ނަމަވެސް މަޝްރޫއު ހުއްޓާލުމަށް އަންގާފައެއް ނުވެ އެވެ. އެހެންވެ އާރުޑީސީން ވެސް ވަނީ މަޝްރޫއު ފަށައިގެން ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox