ނަޝީދަށް އިންޒާރު ދިން ޔާފިސްގެ ނަފްސާނީ ހާލަތުގެ އެސެސްމެންޓެއް ހަދަން އަމުރެއް

ރައީސް ނަޝީދަށް އިންޒާރު ދިން އިސްމާއިލް ޔާފިސް: ޔާފިސްގެ ނަފްސާނީ ހާލަތުގެ އެސަސްމަންޓްއެއް ހަދަން ގާޒީ އަމުރެއް ނެރެދެއްވި

ރައީސް ނަޝީދަށް އިންޒާރު ދިން އިސްމާއިލް ޔާފިސް: ޔާފިސްގެ ނަފްސާނީ ހާލަތުގެ އެސަސްމަންޓްއެއް ހަދަން ގާޒީ އަމުރެއް ނެރެދެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ފޭސްބުކްގައި ލިޔުނު، އިސްމާއިލް ޔާފިސްގެ ނަފްސާނީ ހާލަތުގެ އެސެސްމެންޓެއް ހެދުމަށާއި އެ އެސެސްމެންޓަށް ފަހު ޝަރީއަތް ކުރިއަށް ގެންދިއުމުގެ އަމުރެއް ނެރެދޭން އެ މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހުމީ މިއަދު ނިންމަވައިފި އެވެ.

އެންމެ ފުރަތަމަ މި މައްސަލަ ޔާފިސް ކުރިއަށް ގެންދިޔައީ ވަކީލަކާ ނުލަ އެވެ. ވަކީލަކު ބޭނުން ނުވާ ކަމަށް ވެސް ބުންޏެވެ. ފުރަތަމަ ހައްޔަރުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ވެގެން ބޭއްވި މަޖިލީހެއްގައި ނަޝީދަށް އިތުރަށް އިންޒާރު ދީގެން ކޯޓުގެ ހުރުމަތް ކަނޑާލީތީ ޖަލު ހުކުމް ވެސް އޭނާއަށް އިއްވާފައިވެ އެވެ.

ނަމަވެސް، ފަހުން ބޭއްވި އަޑުއެހުމެއްގައި ޔާފިސްގެ ފަރާތުން އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރިކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނަ އެވެ. ދައުވާތަކަށް ފުރަތަމަ އެއްބަސްވި ޔާފިސް ދައުވާތަކަށް އިންކާރުކޮށް، ވަކީލަކު ބޭނުންވާ ކަމަށް ވެސް ބުނުމުން އެ ފުރުސަތު ދޭން ގާޒީ ނިންމެވި އެވެ.

މިއަދު ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވީ ދިފާއީ ވަކީލަކާ އެކުގަ އެވެ. ޔާފިސްގެ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ ގާނޫނުލް އުގޫބާތުގައިވާ ގޮތުން މައާފު ލިބިދެނިވި ދިފާއު ޔާފިސްއަށް ހައްގުވާ ކަމަށާއި ބުއްދީގެ އުނިކަމެއް ފާހަގަވާތީ ނަފްސާނީ ހާލަތުގެ އެސެސްމެންޓެއް ހެދުމުގެ އަމުރެއް ނެރެދޭން އެދޭ ކަމަށެވެ.

އެކަމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރެ އެވެ. އެކަމަކު ދައުލަތުގެ ވަކީލު އަހްމަދު ޝަފީއު ވިދާޅުވީ ދައުލަތުން ގަބޫލު ކުރާ ގޮތުގައި އެ ގޮތަށް ހުށަހެޅޭނީ މަދަނީ މިންގަނޑުން މައްސަލަ ގެންދެވޭނެ ކަމާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް ފަހު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގަ އެވެ.

ދައުލަތުން އެ ގޮތަށް ފާހަގަ ކުރުމުން ގާޒީ ދީބަނާޒް ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފަ އެވެ. ހުށަހެޅުުންތަކުގައި ވަގުތު ބޭކާރު ކުރުމަށްފަހު އެ ކަމުގައި ގޮތެއް ނިންމަވަން ދައުލަތުން ބޭނުންވާ ސަބަބަކީ ކޮބައިތޯ ގާޒީ އެއްސެވި އެވެ. ދައުލަތުން އެ ކަމަށް އިއުތިރާޒް ނުކުރައްވާނަމަ އިތުރަށް ހުށަހަޅުއްވަން ބޭނުންވަނީ ކޮން ކަމެއްތޯ ވެސް އެއްސެވި އެވެ. އަދި، އެސެސްމެންޓުގެ ނަތީޖާ އަންނަ ގޮތަކުން ދިފާއަށް ދެވަނަ ފަހަރަށް ކަމެއް ހުށަހަޅަން މަޖުބޫރުވާނެ ހާލަތެއް އައިސްދާނެތޯ ވެސް އެއްސެވި އެވެ.

އޭގެ ޖަވާބުގައި ދައުލަތުގެ ވަކީލް ޝަފީއު ވިދާޅުވީ އެ ގޮތަށް ދައުލަތުން އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ތަރުތީބުން ކަންކަން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު ހަމަ އެ ގާނޫނުގައި ވެސް މައާފު ލިބިދެނިވި ދިފާއު ޝަރީއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ނެގެން އޮތުމުގެ ޖާގަ ލިބިދޭތީ، އެ ކަމުގައި ގާޒީ ގޮތެއް ކަނޑައެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ޔާފިސްގެ ނަފްސާނީ ހާލަތުގެ މައްޗަށް މެޑިކަލް އެސެސްމެންޓެއް ހެދުމުގެ އަމުރެއް ނެރެދޭން ނިންމެވުމަށް ފަހު، ގާޒީ ދީބަނާޒް ވަނީ އެ އަމުރުގައި ހިމަނަން ދިފާއުންނާއި ދައުލަތުން ބޭނުންވާ ހާއްސަ ކަމެއް އޮތްނަމަ، އެ ކަމެއް ފާހަގަކޮށްދެއްވަން ފުރުސަތު ދެއްވައިފަ އެވެ.

ދިފާއީ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ ދާއިމީ ގޮތެއްގައި ބޭސްކުރަން ޖެހޭ ނަފްސާނީ ބައްޔެއް ހުރިއިރު، އެއަށް ބޭސްނުކޮށް ފަރުވާ ނުހޯދާ މުއްދަތުގައި އޭނާގެ ނަފްސާނީ ހާލަތު ހުންނާނެ މިންވަރު ދެނެގަންނަން ބޭނުންވާ ކަމަށެވެ. އަދި، އެ ހާލަތުގައި އޭނާ ކުރާ ކަންކަމުގެ ޒިންމާވެވޭނެ މިންވަރާއި ކުރެވޭ ނުކުރެވޭ ކަންކަން އޭނާއަށް އެނގޭ މިންވަރު ބެލުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އޭގެ އިތުރަށް ޔާފިސްގެ ބަންދާ މެދު ގޮތެއް ނިންމައިދޭން އޭނާ އެދުމުން ބަންދުގައި ބެހެއްޓޭ ވަރަށް ޔާފިސްގެ ނަފްސާނީ ހާލަތު ތަންދޭތޯ ބެލުމަށް ވެސް އަމުރުގައި ހިމަނަން ގާޒީ ނިންމެވި އެވެ.

ޓެރަރިޒަމްގެ އަމަލެއްގެ އިންޒާރު ދިނުމާއި އެފަދަ އަމަލަކަށް ހިތްވަރު ދިނުމާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އުފުލާފައިވާ ޔާފިސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ގާޒީ ދީބަނާޒް ވިދާޅުވީ މެޑިކަލް އެސެސްމެންޓު ހެދުމުގެ އަމުރެއް ނެރެނީ ޔާފިސްގެ މައްޗަށް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. މި ފަހުން ވެސް ކޯޓަށް ހާޒިރުވާން ބައެއް ފަހަރު ޔާފިސް ދެކޮޅު ހަދާ ކަމުގެ މައުލޫމާތު ލިބޭތީ، އެސެސްމެންޓު ހެދުމަށް އެއްބާރުލުން ދިނުމަށާއި އެސެސްމެންޓު ހެދުމަށް ދާން އެންގުމުން ދާން އަންގާ ވަގުތަކަށް އެ ތަނަކަށް ދިއުމަށް ގާޒީ ތަކުރާރުކޮށް އިލްތިމާސް ކުރެއްވި އެވެ. އެ އެސެސްމެންޓު ހަދާނީ އައިޖީއެމްއެޗުންނެވެ.

ޝަރީއަތުން ކުރާ ސުވާލުތަކަށް ހިމޭނުން ޖަވާބު ދެމުންދާ ޔާފިސް، މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި އެއްވެސް ވަރަކަށް ވާހަކަ ނުދައްކައި ހުރުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ކުރިން ބަންދުގެ މުއްދަތަށް ހާޒިރު ކުރި އަޑުއެހުމެއްގައި ނަޝީދަށް މަރުގެ އިންޒާރުދީ އަޑުގަދަކުރުމުން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 30 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

ޔާފިސް ހައްޔަރުކުރިއިރު ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ވެސް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވެ އެވެ.

ނަޝީދަށް ޔާފިސް އިންޒާރު ދިނީ އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ބޮމެއް ގޮއްވާލުމުން ލިބުނު ޒަހަމްތަކަށް ބޭސްފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނަވަނިކޮށެވެ. ހަމަލާއަށްފަހު ނަޝީދު ދުވަސްކޮޅަށް ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި އެމަނިކުފާނަށް ހާއްސަ ގެއެއްވެސް އަންނަނީ ތައްޔާރުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox