ޒިދާން ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވާން މަޝްވަރާކުރަނީ: ރިޕޯޓް

Jun 10, 2022, 11:49 AM
ޒިދާން ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވާން މަޝްވަރާކުރަނީ: ރިޕޯޓް

ޕެރިސް (ޖޫން 10) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗުކަމަށް ޒިނެދިން ޒިދާން ހަމަޖައްސަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިމިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވި، ދެ ވަނަ ބުރުން ކެޓި ހިސާބުން ޕީއެސްޖީގެ ކޯޗު މައުރީސީއޯ ޕޮޗެޓީނޯ އަށް ޕީއެސްޖީގެ ކޯޗުކަމުގައި ދެމިނުހުރެވޭނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރެން ފަށައިފަ އެވެ.

ޕީއެސްޖީން އެ ކްލަބްގެ ތަރި، ކީލިއަން އެމްބާޕޭ އަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރިއިރު، އޭނާ އެދެނީ ޕީއެސްޖީގެ ކޯޗުކަމަށް ޒިދާން ގެންނަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފްރާންސްގެ ލެކިއުޕޭ ނޫހަށް ދާދި ފަހުން، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕީއެސްޖީގެ ކޯޗެއްގެ ގޮތުގައި ޒިދާން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ޑިޑިއޭ ޑެޝޯމްޕްސް އަށް ފަހު ފްރާންސް ގައުމީ ޓީމާ ހަވާލުވާނެ ކޯޗަކީ ޒިދާން ނޫންތޯ މީޑިއާ އިން ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

ސްޕެއިނާއި ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ޒިދާން، 49، ވަނީ ދާދި ފަހުން ފްރާންސްގައި ޕީއެސްޖީގެ ބައެއް އޮފިޝަލުންނާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ގަތަރަށް ޒިދާން ދާނެ ކަމަށާއި އަދި ދޯހާގައި ޕީއެސްޖީގެ ރައީސް ނާސިރު އަލް-ހެއްލާފީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އިއްޔެ ސްޕެއިނުގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ގަތަރުން އަންނަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އިޓަލީގެ މާކޯ މަޓެރާޒީ މޭމަތީގައި ޒިދާން ބޮލުން ޖެހި މަންޒަރު ރަމްޒުކޮށްދޭ ސްޓެޗޫއެއް ބަހައްޓަން މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ ގަތަރު ވޯލްޑް ކަޕް ކޮމިޓީގައި ހިމެނޭ، ޕީއެސްޖީގެ ރައީސް ހެއްލާފީ ހުށަހެޅުއްވި ކަމެކެވެ.

ޕީއެސްޖީގެ ކޯޗުކަމުގައި ހުރި ޕޮޗެޓީނޯގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތް ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފަ އެވެ. ޕޮޗެޓީނޯގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ޕީއެސްޖީ ކުޅުންތެރިއެއްގެ ގޮތުގައި މީގެ ކުރިން ކުޅުނު މެޗުތަކުގެ ފޮޓޯތައް ހިއްސާކުރަމުން އަންނައިރު، ރިޕޯޓްތައް ބުނާގޮތުން ޕޮޗެޓީނޯ އެ ޕޯސްޓްތައް ކުރަން ފެށީ ޕީއެސްޖީން އޭނާ ވަކިކުރާނެކަން ޔަގީންވެފައިވާތީ އެވެ.

ޒިދާން އަށް މިދިޔަ ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަން ވެސް ހުށަހެޅި އެވެ. އެކަމަކު، އޭނާ އެ ޕްރޮޕޯސަލް ގަބޫލުކުރަން ބޭނުމެއްނުވި އެވެ. ރެއާލް މެޑްރިޑް ކޯޗުކަން ދެ ފަހަރެއްގެ މަތިންކުރި ޒިދާން ދެން ކޯޗިން ވަޒީފާއަކާ ހަވާލުވާނީ ފްރާންސްގައި މަސައްކަތް ކުރެވޭ ގޮތަށް ކަމަށް އޭނާގެ ގާތް ފަރާތްތަކާ ހަވާލާދީ ފްރާންސްގެ ރޭޑިއޯ ވަން ސްޓޭޝަން އިން މި އަހަރުގެ ކުރީކޮޅުގައި ރިޕޯޓްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox