17 އަހަރަށް ފަހު ރެއާލް ބެޓިސް އިން ކޮޕަ ޑެލް ރޭ ތަށި އުފުލާލައިފި

Apr 24, 2022, 12:04 AM
ބެޓިސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބެޓިސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެވިލް، ސްޕެއިން (އޭޕްރީލް 23) - ޕެނަލްޓީ ޖަހައިގެން 5-4 އިން ވެލެންސިއާ ބަލިކޮށް ރެއާލް ބެޓިސް އިން 17 އަހަރަށް ފަހު ކޮޕަ ޑެލް ރޭ (ސްޕެނިޝް ކަޕް)ގެ ތަށި އުފުލާލައިފި އެވެ.

މިރޭގެ ފައިނަލުގައި ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ބެޓިސްގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބެވެ. އެކަމަކު، ވެލެންސިއާގެ ޔޫނުސް މޫސާ ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، ބެޓިސް އަށް ތަށި ލިބުނީ އެވެ.

ވެލެންސިއާ އިން ފައިނަލުގެ ޖާގަ ހޯދީ ސެމީގައި އެތުލެޓިކް ބިލްބާއޯ ބަލިކޮށްފަ އެވެ. ބިލްބާއޯ ވަނީ މި ފަހަރުގެ މުބާރާތުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކަޓުވާލައިފަ އެވެ. ބެޓިސް އިން ސެމީގައި ބަލިކުރީ ރަޔޯ ވަޔެކާނޯ އެވެ. މިއީ 2010 ވަނަ އަހަރަށް ފަހު ބާސެލޯނާ އާއި ރެއާލް ނުލައި ކުޅުނު ދެ ވަނަ ކޮޕަ ޑެލް ރޭ ފައިނަލެވެ.

ފައިނަލުގައި މިރޭ ވެލެންސިއާގެ މައްޗަށް ކުރިހޯދައި، ބެޓިސް އިން ކޮޕަ ޑެލް ރޭ މި ހޯދީ އެ ކްލަބް ތާރީހުގައި ތިން ވަނަ ފަހަރަށެވެ. މީގެ ކުރިން ހޯދީ 1977 އާއި 2005 ގަ އެވެ.

ލަ ކަރްޓޫހާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލްގެ 11 ވަނަ މިނިޓްގައި ބެޓިސް އިން ލީޑުނެގީ ހެކްޓަ ބެޔެރިން ނެގި ހުރަހަކުން ބޯހާ އިގްލީސިއަސް ބޮލުން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ އިން އެއްވަރުކުރި އެވެ. މި ގޯލު ޖެހީ އިލައިޝް މޮރީބާ ދިން ބޯޅައަކުން ހޫރޯ ޑޫރޯ އެވެ. ބެޓިސް އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދޭން ނަބީލް ފެކީރާއި އިގްލީސިއަސް، ހުއާންމީ އަދި ސާޖިއޯ ކަނަލެސް ޖެހި ބޯޅަތައް ކާމިޔާބެއްނުވި އެވެ.

ބެޓިސްގެ ވިލިއަން ހޯސޭ، ވަކީން، ޔޯސޭ ގުއަޑާޑޯ، ކްރިސްޓިއަން ޓެލޯ އަދި ހުއާން މިރަންޑާ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ. ވެލެންސިއާ އިން ފުރަތަމަ ތިން ޕެނަލްޓީ ޖެހި ކާލޮސް ސޮލާ، އުރޯސް ރަޗިޗް އަދި ގޮންކާލޯ ގުއޭޑޭޝް ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ދެން ޕެނަލްޓީ ފޮނުވާލި މޫސާ އަތުން ވީ ނާކާމިޔާބެވެ. ވެލެންސިއާގެ ހޯސޭ ގާޔާ ފަހު ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް ނަތީޖާ އަނބުރާނުލެވި ބަލިވީ އެވެ.

މިއީ ބެޓިސްއާ ހަވާލުވެ ހުރި ތަޖުރިބާކާރު ކޯޗު މެނުއަލް ޕެލެގްރީނީ 2016 ވަަނަ އަހަރުގެ ފަހުން ހޯދި ފުރަތަމަ ތަށްޓެވެ. ކުރިން ރެއާލް މެޑްރިޑާއި ވިޔަރެއާލަށް ވެސް ކޯޗުކޮށްދިން ޕެލެގްރީނީ އެންމެ ފަހުން ހޯދި ތަށްޓަކީ 2016 ވަނަ އަހަރު ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ސިޓީ އަށް ކާމިޔާބުކޮށްދިން 2016 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox